hassan saeed siyaasee party eh hadhan hushalhaifi news by mush
ބަދަލެއް ބޭނުންވަނީ ކީއްވެ؟

މައުމޫނަށް ވޯޓު ނުލުމަށް ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން މިއެދެނީ ވަރަށް ގިނަ ސަބަބުތަކެއް އަދި ހެކި ތަކެއް ހުރުމުންނެވެ.
މައުމޫން އަކީ ދިވެހި ރއްޔިތުންގެ ހިތްހެއޮކަމާއި މަޑުމައިތިރިކަން އަދި ކިއަމަންތެރިކަމުގެ ފައިދާ ނަގައިގެން ރައްޔިތުންގެ ލޮލުގައި ދަޅަދެއްކުމުގެ އަނދުން އަޅުވާފައިވާ ވެރިއެއް. މިކަމުގެ ހެކިތައް ތިޔަބޭފުޅުންނަށް ހާމަކޮއްދިނުމަކީ މިއަދު އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ދެކެމެވެ. މައުމޫން ޢާއްމުގޮތެއްގައި ކަމެއްކޮއްދިނުމަށް ވަޢުދުވެ ނުވަތަ ފަށާފައިވާނީ އިލެކްޝަން ކައިރިވީމައެވެ. މިގޮތަށް ފަށާ ކަމެއްވެސް އެކަމަކުން ލިބެންވާ ފުރިހަމަ ޚިދުމަތް ލިބޭގޮތަށް ކޮއްދީފައެއް ނުވާނެއެވެ. މިސާލުތައް ގިނަގުނއެވެ.
އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ލިބެންހުރި ކަމަށް ދަޢުވާ ކުރާއިރު އެއީ މަތިއޮމާން ކޮއްފައިވާ ދެކޮޓަރިއާ ކިރިއާކަށިގަނޑު ޖައްސާލަން އެނގޭވަރުގެ ޑަކްޓަރަކާ (ފަސްޓް އެއިޑް) ފޮއްޓެކެވެ.މިދެވުނީ ސިއްހީ ޚިދުމަތްތޯއެވެ. މިއިން ތަނަކުން އެކްސްރޭނެގުން ސްކޭންކުރުން އިމަރޖެންސީ ހާލަތަކައް ފަރުވާއެއް ދިނުން ރަނގަޅު ފެންވަރެއްގެ ބޭހެއްލިބުން................................މިފަދަ އަސަސީ ޚިދުމަތެއްވެސް އެންމެ ކުޑަވެގެން ލިބެން ނުހުންނައިރު ސިއްހީޚިދުމަތް ދިނުމުގައި އަޅުގަނޑުމެންގެ ލޮލުގައި އަނދުން އެޅުވީމާ އެކަން ގަބޫލުކޮއް ސިކުނޑީގެ ބޭނުން ނުކޮއްއަޅާނުލާ ތިބުމަކީ އަޅުގނޑުމެންގެ ދަރިގެންގެ މުސްތަގުބަލައްޓަކާ ކުރެވޭ އިންސާފެއްނެތް އަނިޔާ އެކެވެ.
ތައުލީމަށް ބަލާއިރު ރާއްޖެތެރޭގެ ހާލަތަކީ ބޭރުގެފަރާތްތަކުން ދިންއެހީ ޝަރުތުކޮއްފައި ދީފައިވާތީ ތަންހެދުމަށްފަހު ކައިރި ގައުމުތަކުގައި ތިބި ކުޑަމުސާރައަކަށް އަންނަ ތާކުންތާކު ނުޖެހޭ މީހުން ގެނަސް ރާއްޖެތެރެއައް ސްކޫލްތަކަށް ފޮނުވީމާ ،ބެލެނިވެރިން އެގޮތް މިގޮތުން ޖާނާއި މާލު ގުރުބާންކޮއްގެން އިތުރު ބުރައާއި މަސައްކަތުން ކިއަވާދިނީމާ މިވަނީ ސަރުކާރުން ކިއަވާދީގެން މައުމޫނުކޮއްދިން ކަމަކަށެވެ. އަދި ރަނގަޅު ތަޢުލީމެއް ދޭންބޭނުންނަމަ މިޖެހެނީ ލިބޭހާ އެއްޗެއް ހޭދަކޮއްފައި ދަރިފުޅު ލައްވާ މާލޭގެ ކޮންމެވެސް ގެއެއްގައި ގުލާނު ކުރުވައިގެން މިކަން ކުރުވާށެވެ މިއީ ތަޢުލީމުގެ ހަގީގީ ކުރިއެރުންތޯއެވެ. މިއީ މައުމޫން އަޅުވާ އަނދުނެވެ. ހަގީގަތުގއި މާލޭގައިވެސް ދަރިންނަށް ކިއަވައި ދެނީ މައިން ބަފައިންނަށް ލިބޭހާ އެއްޗެއް ޓިއުޝަނަށް ޚަރދު ކޮއްގެންނެވެ. ސްކޫލްތަކުގައި ރަގަޅަށް ކިއަވާނުދޭތީއެވެ. ހަމަ އެބޭފުޅާގެ އާދަކާދައިގެ މަތިން އޮޅުވާލުމެގެ ޕްލޭންގެ ދަށުން ކަންތަށް ކޮއްދޭކަމުގައި ގަބޫލު ކުރުވުމުގެ ގޮތުން ތާއަބަދަށް ވަގުތީ ބިންގާ އަޅައިދިނީއެވެ.
ބޯހިޔާ ވަހިކަންވެސް ހަމަ މިފަދައެވެ. ހުޅުމާލޭން ފްލެޓް އަދި ގޯތި ދިނީ ރައްޔިޔުންނަށް ލިބޭހާ އެއްޗެއް އެތަށްއަހަރު ތަކެއް ވަންދެން ދައްކާ ދައްކާ ގޮސް މީހާ ހުސްވާއިރުވެސް ސަލާމަތް ނުވާވަރު ކޮއްފެއެވެ. ދައްކަންޖެހޭ ޑައުންޕޭމަންޓް ދައްކާ ވަރުބަލިވީމާ ނޫނީ އަދި ތަންހެދުމަށް އަތް ލެވޭކަށްނެތެވެ. އަސާސީ ޚިދުމަތް ފަދަ ފާހާނާކުރުން ފެންލިބުން ........މިއިން އެއްވެސް ކަމެއް ކޮއްދީފައި ނުވާތާގައި ކުރެވޭނެ ގޮތަކަށް މަގުފަހިކޮއްދީފައިވެސް ނެތެވެ. ގޯތި ލިބުނު ނިކަމެތިން ތިބީ މާލޭގައި ތިބިތަނައް ކުލިދައްކަމުން ޕޭމަންޓު ދައްކަމުން އަނބިދަރިންގެ ޚަރަދު ބަލަހަށްޓަމުން "ފަހިކޮއްދެއްވި ގޯތި ގެދޮރުގެ ފަސޭހަ" ލިބިގަންނާނެ އެއްވެސް ތަދުބީރެއް ހިކުމަތެއް ނެތިފައެވެ.މިވެސް އަނދުނެކެވެ.
މިހުރިހާ ކަމަކާއި އެކު ރައްޔިތުންގެ ހައްގު ބަހަނީ މައުމޫނައް މަދަހަކިޔާ މައުމޫނު ބުނާބަސް އަހާ(އެއީ ދީނީގޮތުން ނަހީކުރައްވާފައިވާ ކަމަކައްވިއަސް، ﷲދެއްވި ނަފުސުގެ އަގާއި މީހާގެ ކަރާމަތާއި ،ދީނާއި ،ޢިއްޒަތާއި އަބުރު ނަގާލައިގެންވެސް ތަބައަ ވާ މީހަކަށެވެ.) ބޭނުންޖެހިފައިވާކަން އިހުސާސް ވަނީ އަމިއްލަ އާއިލާގެ މެންބަރުންނާއި އިސްވެ ދެންނެވުނު މީހުންގެ މައްޗަށެވެ.
އަޒުހަރުން ކިއަވާފައިވާތީ ގަބޫލު ކުރެވެނީ ވަރަށް ދީންވެރިވާނެ ކަމަށްތޯއެވެ. އެއީވެސް ހަމަ ދަޅަ އެކެވެ. މިކަމުގެ ހެއްކަކީ ދީންކިއަވައިގެން އަތުވެއްޖެނަމަ ގެންގޮސް ފުރަތަމަ ދެނީ އިންޒާރެވެ. ވަޒީފާގައި ހުންނަން ބޭނުންނަމަ ބުރުގާގެ ވާހަކަ ދެއްކުމާއި މައުމޫން އަންގަވާގޮތް ނޫން ގޮތަކައް ދީނީއެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެވެ. ދީނީއެއްވެސް ފޮތެއް އެތެރެ ކުރުން މަނަލެވެ. ހިސާބަށްވުރެ ބޮޑަށްނިވާކުރުން މަނަލެވެ.
ރިސޯޓުގައި ހުކުރު ދުވަހު ހުކުރު ވަގުތު އިންނަވަނީ ތާސް ކުޅުއްވާށެވެ. މީހުންގެ ލޮލުގައި އަނދުން އެޅުވުމަށް ދީން އެނގިހުރެ މިފަދަ ހުރިހާ ޢަމަތަކެއް ކުރައްވަމުން އައިސް މިހާރު އެންމެފަހުން ކީރިތިޤުރުއާން ވެސް އެއުޅުއްވަނީ މީހުންނަށް އޮޅުވާލައްވާށެވެ.
ދިވެހިރާއްޖޭގެ މީހުންނަކީ ކުރީގައި އޮރިޔާން ނިވާނުވާ އެއްޗެހި ލާ ބައެއް ނޫނެވެ.މައިން ބަފައިންގެ ކުރިމަތީގައި ޒުވާބު ކުރާ މީހުންނަށް އިހުތިރާމު ނުކުރާ ބައެއްވެސް ނޫނެވެ. ނަމަވެސް މިހާރު،.........ހިތާމަހުއްޓެވެ!
މައުމޫނަކީ ރައްތިތުންގެ ހައްގުތަށް ފޯރުކޮއްދޭ ކަމުގެ ކޮޅުމަތި ދެއްކުމަށްފަހު އަމިއްލައަށް އަރާމާއި މޮޅުގައި ދުވަސްތަށް ހޭދަކުރުމައް ކޮންމެފަދަ ނުބައި ނުލަފާ ކަމެއްކުރުމައްވެސް ޖެހިލުން ނުވާ ބޭފުޅެކެވެ. މިހާރުވެސް ކެންޕޭން ބޮޑު އަގުގައި އެކުރައްވަނީ ކޮންތާކުން ހޯއްދަވާ ފައިސާއަކުންތޯ ދިވެހި ކޮންމެ ރައްޔިތަކު ވިސްނާލުން ރަނގަޅު ދެއްތޯއެވެ.
ކޮންމެ ދިވެހި ރައްޔިތަކުވެސް ރަނގަޅަށް ފުންކޮށް ވިސްނާލައްވާށެވެ. ކަންތަށްތަށް ހުރީ މިގޮތަކަށް ނޫންތޯއެވެ. މުޅިންވެސް ހުންނާނީ" ނަމަކަށް ކަމެއް" ކޮއްދެއްވާފައެވެ. ހަގީގީ ޙިދުމަތާއި ފަސޭހަ ލިބޭގޮތައް އެކަމެއް ފުރިހަމަވާ ގޮތައް ކޮއްދެއްވާފައިވަ ހަމަ އެއްވެސް ކަމެއް ނުފެންނާނެއެވެ. ތިރީސްއަހަރު ރައްޔިތުންނައް އޮޅުވާލެއްވި ބޭފުޅަކު ފަސްއަހަރު ތެރޭގައި ފުރިހަމަ ކޮއްދެއްވާނީ އިތުރު ކޮން މޮޅުތަކެއްތޯއެވެ. އެއުޅުއްވަނީވެސް ކޮނމެވެސް އަމިއްލަ ބޭނުންފުޅެއް ފުރިހަމަ ނުކުރެވި އޮތީމައި އެބޭނުމެއް ފުރިހަމަ ކުރެއްވުމުގެ މަޤޮސަދުގައި ކަން ޔަގީނެވެ. މިއިން އެއްވެސް ކަމަކަކީ އަޅުގަނޑު އަމިއްލައަށް ދައްކާ ވާހަކައެއް ނޫނެވެ. ތިޔަބޭފުޅުންގެ ވަށައިގެން ބައްލަވާލެއްވި ކޮންމެ ދިމާއަކުންވެސް ފެންނަން ހުންނާނެ ކަންތަށްތަކެކެވެ.
ވީމާ، ބަދަލެއްގެނެސް ހައްޤު ހޯދައިދިނުމުގެ ފުރުސަތު އެހެންފަރާތަކާ ހަވާލު ކުރުމަށް އެންމެން އެއްބާރު ލަމާތޯއެވެ. މި ހުރިހާ ކަންތައްތަކަށް އަޅުގަނޑުމެން ނިކަމެތިކާއި ނޭގުމުގެ ތެރޭގައި ތިއްބާ ލޯ ހުޅުވައިދިން ހައްޤުވާ ފަރާތް ކަމުގައިވާ އެމްޑީޕީއަށް، އަންނިއަށް އެއް ފުރުސަތު ދެމާތޯއެވެ؟ެ
މިސައީޓު ވަނީ މިއަދު މެންދުރު ގެ ވަގުތެއްގާ ހެކް ކޮހލެވިފައެވެ!
HACKED AND OWNED BY Blackposse & SilverBlood Ozai Naanu
SPECIAL THANKS TO Devildavid ;)
IF YOU WANT THIS SITE BACK JUST CONTACT BLACKPOSSE FROM HIS MSN
iblackposse@gmail.com =P
އިބްރާވެސް އައްނިއަށް އެހީތެރިވެދޭނެ ކަމަށް އިއުލާން ކުރައްވައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްނިއަށް ތާއީދު ކުރައްވާނޭ ކަމަށް ޝޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން އިބްރާ ހާމަ ކުރައްވައިފިއެވެ.މިކަން ހާމަ ކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލް ވުމެއްގައެވެ.
އިބްރާ މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ މިކަމަކީ މާކުރިންވެސް ގައުމީ އިއްތިހާދުގެ ބައިވެރިން މާކުރިންވެސް ނިންމަވާފައިވާ ނިންމުމެކެވެ.އެ ނިންމުމުގައިވަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދަން ޖެހިއްޖެނަމަ އިއްތިހާދުގެ ހުރިޙާ ބައިވެރިންވެސް ދެވަނަ ބުރައްދާ އިއްތިހާދުގެ ކެނޑިޑޭޓަށް ދާއީދުކުރާ ގޮތަކަށެވެ.އިބްރާ މިކަން އިއުލާން ކުރމުގެ ކުރިން ޑރ.ހަސަންވެސްވަނީ އައްނިއަށް ތާއީދުކޮއް އަމަލީގޮތުން މަސައްކަތް ކޮއްދެއްވާނެ ވާހަކަ އިއުލާން ކުރައްވާފައެވެ.
މިބައްދަލް ކުރެއްވުމުގައި އިބްރާގެ ސިޔާސީ ކުރިމަގާ ބެހޭގޮތުން ވިދާޅުވީ ގޮތެއް ނިންމެވުމުގެ ކުރިން ވަރައްބޮޑުކޮއް ވިސްނަވާނެކަމަށެވެ.އެގިވަޑައި ގަންނަވާނޭ ފަދައިން އިބްރާ އެމްޑީޕީ ދޫކުރައްވާ ވަޑައިގެން އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވި ހިސާބުން ފެށިގެން އިބްރާގެ މަގްބޫލްކަން ދިޔައީ ދުވަހެއް ދުވަހެއް ދަށަށެވެ.އޭގެ ހެއްކެއްގެ ގޮތުން 3000 މީހުންގެ ސޮއި ހޯދުމަށް އިބްރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.
ޑރ.ހަސަނަށް ސާބަހޭ
އިއްޔެ ރާއްޖޭގައި ބޭއްވުނު ރިޠސީ އިންތިހާބުގައި އަމިއްލަ ކެނޑިޑޭޓެއް ގޮތުގައި ވާދަ ކުރައްވާ 3 ވަނަ ހޯއްދެވި ޑރ.ހަސަނުގެ ތިޔަ އިސްނެގުމަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ.
އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހުމުން ޑރ.ހަސަން ސައީދު އައްނިއަށް ތާއީދުކޮއް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮއްދެއްވާނެކަން އިއުލާން ކުރުމާއި ގުޅިގެން މާމެންދޫ ލައިވްގެ ފަރާތުން ޑރ.ހަސަން ސައީދަށް މަރުހަބާ އާއި ސާބަސް ރައްދު ކުރަމެވެ.މާމެންދޫ ލައިވް އިން އެދެނީ އިންތިހާބުގައި ވާދަކުރެއްވި އަނެއް 4 ކެނޑިޑޭޓްންވެސް ހަސަން ސައީދު މިސާލަކަށް ނަންގަވައިގެން މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރިންވެސް އެއްބަސް ވެފައިވާ ގޮތުގެ މަތިން އައްނިއާއި އެކުވެގެން އެއްމުން އަތްގުޅާލައިގެން މަސައްކަތް ކުރުމަށެވެ.
މައުމޫނާ ދެކޮޅަށް އައްނި ހަސަން އަދި ގާސިމް ހޯދި ކާމިޔާބަށް މަރުހަބާ ކިޔަން
ރިޔާސީ އިންތިހާބު 2008 ގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިހާރު ހުއްނެވި މައުމޫނާއި ވާދަކުރައްވާ ތިޔަ ހޯއްދެވި ކާމިޔާބީ އަށް ވަރައްހޫނު މަރުހަބާއެއް އައްނި، ހަސަން އަދި ގާސިމް އިބްރާހިމް އަށް ވަރަށް ހޫނު މަރުހަބާއެއް މާމެންދޫ ލައިވް އިން ކިޔަމެވެ.
ކާމިޔާބީ އެކޭ މިދަންނަވާލީ ވަރަށް ގިނަ ގުނަ ހުރަސް ތަކާއެކުވެސް މައުމޫން 50 އިންސައްތަ ވުރެ ދަށައް ދުއްވާލެވުނީމައެވެ.އެގިވަޑައި ގަންނަވާނޭ ފަދައިން މައުމޫން ވެރިކަމުގައި ހުރެ ވަނީ މި އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒް ފޯރުވާ، އަދި ނުފޫޒް ފޯރުވުމަށް މަސައްކަތް ކޮއްފައެވެ.އޭގެ ތެރޭގައި ރަށްރަށުގެ ވަރައްގިނަ މީހުންގެ އައިޑީ ކާޑް އާކުރުމުގެ ނަމުގަ ގެނސް ވަނީ ހިފަހައްޓާފައެވެ.އެއްކޮޅު މީހުންގެ ކާޑް ތައް ކަމާލުއްދީން ރޭގަނޑު ދަންވަރު ހޭލާ ހުންވައިގެން ވަނީ ހަދާފައެވެ.އަދި އިދިކޮޅު ފަރާތް ތަކަށް ވޯޓް ލުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ވަނީ މައުމޫންގެ ކޮންޓްރޯލް އޮންނަ އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮއްފައެވެ.
މިހުރިހާ ގޮންޖެހުމަކާއި ދެކޮޅައް މަސައްކަތް ކުރައްވާ ވަނީ މައުމޫން އިތުރު ދައުރަކަށް އެހާ ފަސޭހައިން ނުހޮވޭނެކަން ސާބިތު ކޮއްދީފައެވެ.އަދި މި އިންތިހާބުގައި ވޯޓްލި ރައްޔިތުންގެ ގާތް ގަޑަކްށް 59% މީހުން ވަނީ މައުމޫން ދެން ބޭނުންނުވާކަން ސާބިތު ކޮއްދީފައެވެ.
ރިޔާސީ އިންތިހާބު 2008 ؛ އެއްވެސް ކެންޑިޑޭޓަކަށް އަގްލަބިއްޔަތު ނުލިބުމުން ގަދަ ހިފުމަކަށް
އިއްޔެ މުޅި ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބް އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން ކާމިޔާބް ނުކުރެވި މައުމޫނާއި އަންނި ގަދަ ހިފުމަކަށް ދާން ޖެހިއްޖެއެވެ.އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތަކީ؛
ގާސިމް އިބްރާހިމް 27،128 ވޯޓް % 15.35
މައުމޫން އަބްދުލް ގައްޔޫމް 71،774 ވޯޓް % 40.61
ޑރ. ހަސަން ސައީދު 29،656 ވޯޓް % 16.78
މުހައްމަދު ނަޝީދު (އަންނި) 44،315 ވޯޓް % 25.08
އިބްރާހިމް އިސްމާއީލް 1382 ވޯޓް % 0.78
އުމަރު ނަސީރު 2472 ވޯޓް % 1.4
ޖުމްލަ: 1،76،727
ވޯޓް ފޮށީގެ އަދަދު: 395
ބާތިލް ވޯޓް:
އައްނިއަށް މަރުހަބާ
ރާއްޖޭގައި އިއްޔެބޭއްވުނު ރިޔާސީ އިންތިހާބުގައި ދެވަނަ ހޯއްދަވާ ދެވަނަ ބުރުގައި މައުމޫނާއި ވާދަ ކުރައްވާ ކެނޑިޑޭޓަކަށް ހޮވި ވަޑައި ގަތުމާއި ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް މުހައްމަދު ނަޝީދު(އައްނި) އަށް ކިޔަމެވެ.
މާމެންދޫ ލައިވްއިން މިފުރުސަތުގައި އައްނިއަށް މި ގޮވާލަނީ މައުމޫނާއި ވާދަކުރެއްވި އެހެން ހުރިހާ ބޭފުޅުންނާއި ގުޅިވަޑައިގެން މައުމޫންގެ ވެރިކަން ނިންމެވުމަށް މަސައްކަތް ގަދަ އަޅައި ކުރުމަށެވެ.މައުމޫން ބަލި ކުރެއްވުމަށް އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށެވެ.
ލ.އަތޮޅުގައިވެސް ވޯޓްލުން ކުރިއަށް
ލ.އަތޮޅުގައިވެސް ވޯޓްލުމުގެ ކަންތައް މިއަދު ހެދހުނު 9 ފެށިގެން ކުރިއަށް އެބަދެއެވެ.މިއަދު މި އަތޮޅުގައި 6 ރޯދަ އީދާއެކު ވަރަށް ފޯރީގައި ވޯޓްލުމުގެ ކަންތައް ކުރިއަށް އެބަދެއެވެ.
މާމެންދޫގައި ވަރަށް އަމާން އޮމާން ކަމާއެކު ކުރިއަށް އެބަދެއެވެ.މިއަދު ކެމްޕޭން ކުރުގެ އެއްވެސް މައްސަލައެއް އަދި ވޯޓްލާ މީހުންގެ ލިސްޓްގައި އަދި މައްސަލައެއް ޖެހިގެން އުޅޭ ކަމެއް ފާހަގައެއް ނުވެއެވެ.އެހެންނަމަވެސް މާމެންދޫ ލައިވް އަށް ވަނީ މައްސަލައެއް ފާހަގަ ވެފައެވެ.އެއީ މާލޭގައި ރަޖިސްޓްކޮއް ކާޑް ލިބިފައިވާ މީހެއްގެ ނަން މާލޭގައި ނެތި ރަށުގައި އޭނާގެ ނަން އޮތުމުގެ މައްސަލައެވެ.
މާމެންދޫގައި މައްސަލަ އެއް އަދި ފާހަގަ ނުވިޔަސް އަވައްޓެރި ހިތަދޫގައި މައްސަލަ ޖެހިގެން ވަނީ ވޯޓްލުން ހުއްޓުވާލާފައެވެ.ރައްޔިތުން ނުކުމެ ވޯޓްލުން ހުއްޓުވާލީ ލިސްޓްގައި ރަޖިސްޓްރީ ކުރަން ހުށައެޅި ގިނަބައެއްގެ ނަން ނެތުމާއި ވޯޓްލެވޭނެ ކަމަށް ކުރިން ހާމަ ކޮއްފައިވާ ލިސްޓާ މިހާރު ގެން ގުޅޭ ލިސްޓާ ދިމާނުވެ ބޮޑެތި ތަފާތުތަކެއް ހުރުމުގެ ސަބަބުންނެވެ.
ޖުމްހޫރީގުޅުމުގެ ވެރިކަމެއްގައި ހައްދުންމަތި އޮންނާނެގޮތުގެ ތަސައްވުރު ޤާސިމް އިބްރާހިމް ހާމަކޮށްދެއްވައިފި

ހާމަ ނޫސް
އަރބަން ސެންޓަރަކާއި، އިންޓަނޭޝަނަލް އެއަރޕޯޓަކާއި، ފެންވަރު ރަނގަޅު ހޮސްޕިޓަލަކާއި، ޔުނިވަރސިޓީއަކާއި، ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދުންމަތީގައި ގާއިމްކުރެވޭނެ
ޤާސިމް އިބްރާހިމް ހިމެނޭ ޖުމްހޫރީގުޅުމުގެ ވެރިކަމެއް ނޮވެމްބަރު 11 ގައި ރައްޔިތުންގެ ތާއީދާއެކު ގާއިމްކުރެވިއްޖެނަމަ ހައްދުންމައްޗަށް އަންނާނެ ތަރައްގީއާއި، އެއަތޮޅު އޮންނާނެގޮތުގެ ތަސައްވުރު ކެންޑިޑޭޓް ޤާސިމް އިބްރާހިމް ހާމަކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިތަސައްވުރު ހާމަކުރެއްވީ، ހައްދުންމަތީ މުކުރިމަގު ރައްޔިތުންނާއި ބައްދަލުކުރައްވާ، ތާއީދު ހޯއްދެވުމުގެ ގޮތުން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ހަތަރު އަރބަން ސެންޓަރު އެކުލަވާލާއިރު، އެތަނުން އެއް ސެންޓަރު ގާއިމްކުރެވޭނީ ހައްދުންމަތީގައި ކަމަށެވެ. މީގެއިތުރުން ކައްދޫ އެއަރޕޯޓް، އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރައްވާ، އެއަރޕޯޓްގެ ފެންވަރު މަތިކުރުމުގެގޮތުން މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް ދެވޭނެކަމަށް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު، މިހާރު މާލޭގައި ގާއިމްކުރެވިފައިވާ އައިޖީއެމް ހޮސްޕިޓަލަށްވުރެ ފެންވަރު ރަނގަޅު ހޮސްޕިޓަލެެއް ހައްދުންމަތީގައި ގާއިމްކުރައްވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. މިހޮސްޕިޓަލުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭނެ ނިޒާމާއި، ވަސީލަތްތައް ގާއިމްކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ކިރިޔާ ބައްޔެއް ވާއިރަށް މާލެ ދިއުމުގެ ބަދަލުގައި، ކައިރި ރަށްތަކާއި އަތޮޅުތަކުގެ ރައްޔިތުންނަށްވެސް މިހޮސްޕިޓަލުން ފަރުވާ ލިބިގަނެވޭނެ ފަސޭހަ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. ތައުލީމަށް ބަލާއިރު، ހައްދުންމަތީގައި ޔުނިވަރސިޓީގެ ފެކަލްޓީއެއް ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ގާއިމްކުރާނެކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަކީ ފަރުދީގޮތުން، އެކަކު އެކަނި އެންމެގިނަ ދަރިވަރުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމަށް ސްކޯލަރޝިޕް ދެއްވާ ތައުލީމް ކުރިއެރުވުމަށް މާލީ އެހީ ދެއްވާ ބޭފުޅާއެވެ.
މަސްވެރިކަމާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޤާސިމް އިބްރާހިމް ވިދާޅުވީ، މަސްވެރިކަމުގެ ބޭނުމަށް ގެނެވޭ ތަކެތީގެ ޑިއުޓީ ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި މައާފްކުރައްވާނެކަމަށާއި، މީގެއިތުރުން ހައްދުންމަތީ ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވައި، އެބަނދަރުން ދިވެހި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ފަހި މަގުތަކެއް ހުޅުއްވައިދެއްވާނެކަމަށެވެ. މިހާރުމިއޮތް ސަރުކާރަށްވެސް މިކަންތައް ދިވެހި ރައްޔިތުންނަށް ކޮށްދެވިދާނެކަމަށާއި، ނަމަވެސް މިހާތަނަށް ދިވެހިރާއްޖެއަށް ކުރިއެރުން ލިބިފައިނުވަނީ ވެރިކަން ހިންގުމުގެ ނިޒާމް، ސަރުކާރު ހިންގުމުގެ ވިސްނުން ހުންނަގޮތުންކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ކުޑަނަމަވެސް އިޚްލާސްތެރިކަމެއް ރައްޔިތުންގެ މައްޗަށް ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތެރެއިން ނުކުތް އިޚްލާސްތެރި، ހިތްވަރުގަދަ ބައެއްގެ މަސައްކަތުން މިއަދު ދިވެހިންނަށް މިވަނީ ފަރުދީ މިނިވަންކަން ލިބިފައިކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. "ރައްޔިތުންނަށް ކުރިމަތިވި ނޭއްގާނީ ދުވަސްތައް މިހާރު މިދަނީ މާޒީވަމުން. އެއް އުސޫލަކުން އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ ބަޔަކަށް ވީހިނދު، މިރާއްޖެ ކުރިއަށްގެންގޮސް ތަރައްގީކުރުމަކީ ވަރަށް ފަސޭހަ ކަމެއް" ހައްދުންމަތީ މުކުރިމަގު ރައްޔިތުންނާއި ބައްދަލުކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޤާސިމް އިބްރާހިމް ވިދާޅުވީ، ކޮންމެގޮތަކަށް ވޯޓް ދެއްވިޔަސް ސިވިލް ސާވިސްގެ މުވައްޒަފުން ކަންބޮޑުވެ ބިރުގަންނަން ނުޖެހޭނެކަމަށެވެ. އަދި ވަކިގޮތަކަށް ވޯޓް ނުދެއްވައިގެން ވަޒީފާ ގެއްލިދާނެތީ ޖެހިލުންވެ ބިރު ނުގަތުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިޖަލްސާގައި ވާހަކަދެއްކެވި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވީ، ހައްދުންމަތީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވަމުން ގެންދަވާ ރީކޯ މޫސާ މަނިކުވެސް ތާއީދުކުރައްވަނީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ކަމަށެވެ. އަދި މޫސާމަނިކު މިވަގުތު ހުންނެވީ ސިންގަޕޫރުގައިކަމަށާއި، ނަމަވެސް އޭނާ ޤާސިމަށް ތާއީދުކުރައްވާކަމުގެ މެސެޖް ރައްޔިތުންނަށް ދެއްވުމަށް ޖާބިރު އަރިހުގައި އެދިވަޑައިގަތްކަމަށް ވިދާޅުވިއެވެ.
އިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ހާމަވެއްޖެ
ޖަޒީރާ ނޫސް
އިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ފަޅާއަރައިފި އެވެ. ކަސްޓަމްސްއިން މި މުދާތައް ބޭރުކުރި ގްޑްސް ޑެކްލަރޭޝަން ފޯމްތަކުގެ ކޮޕީއެއް މިއަދު ވަނީ ޖަޒީރާއަށް ލިބިފަ އެވެ. މި ތަކެތި ބޭރުކޮށްފައި ވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހު އެވެ.
ޑީއާރުޕީގެ ރިޔާސީ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފުގެ ނަމުގައި ގެނައި ކެމްޕެއިން މެޓީރިއަލްގެ އިންވޮއިސް ހަދާފައިވި ނަމަވެސް މިތަކެތި ނެރެފައި ވަނީ އިނަރ މޯލްޑިވްސް ހޮލިޑޭގެ ނަމުގަ އެވެ. އިބާރާކީ ލަންކާ ޕްރައިވެޓް ލިމިޓެޑްން ޕްރިންޓް ކޮށްފައިވާ ބެނާތަކުގެ ޖުމްލަ އަދަދެއްކަމަށް އެ އިންވޮއިސްގައި ވަނީ 450 އެވެ. މުޙައްމަދު ހުސައިން ޝަރީފުގެ ނަމުގައި އެކުންފުނިން ހަދާފައިވާ އިންވޮއިސްގެ މަތީގައި އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ނަން ލިޔެފައި ވަނީ ވެސް އަތުންނެވެ.
ކަސްޓަމްސްގެ ގުޑްސް ޑިކްލަރޭޝަން 43844 އާރު, ފޯމުން އިތުރުވި މުދަލުގެ ގޮތުގައި 300 ބެނާ އާއި 5922ފޮތް މެނިފެސްޓޯ އެތެރެކޮށްފައިވާ ކަމަށް 43859 އާރު ފޯމުން އެނގެން އެބައޮތެވެ. ކަސްޓަމް ޑިއުޓީގެ ގޮތުގައި ދައްކާފައިވާ ކަމަށް އެ ފޯމުން އެނގެން އޮތީ 450 ބެނާއަށްވާ 5695.13ރ އެވެ. އަދި މީގެ އިތުރުން އިންވޮއިސްއަށްވުރެ އިތުރުވި 300 ބެނާއަށާއި 5922 މެނިފެސްޓޯއަށް ވެސް 2976.10ރ ވަނީ ޑިއުޓީގެ ގޮތުގައި ފަހުން ދައްކާފަ އެވެ. މި ފައިސާ ދައްކާފައި ވަނީ ހުސްވި މަހުގެ 27 ވަނަ ދުވަހު އެވެ.
އިންވޮއިސްގައި ބުނާ އަދަދަށްވުރެ އިތުރަށް އެތެރެކުރި 300 ކްލޯތް ބެނާއާއި އިންވޮއިސްގައި ނުހިމަނާ އެތެރެ ކޮށްފައިވާ މެނިފެސްޓޯތައް ނެރެފައި ވަނީ މަތީ ފަރާތުން އަންގައިގެން ކަމަށް މުދާ ދޫކުރުމަށްފަހު ނޯޓް ކުރާ ފޮތުން އެނގެން އެބައޮތް ކަމަށް ކަސްޓަމްސްގެ އޮފިސަރަކު ވަނީ ޖަޒީރާއަށް ޔަގީންކޮށް ދީފަ އެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ގަވާއިދަށް ބަލާއިރު, އިންވޮއިސްގައި ހިމަނާފައިވާ މުދަލަށްވުރެ އިތުރަށް އެ އިންވޮއިސްގެ ވެލިއުގެ ދިހަ އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 30 އިންސައްތަ ދައްކަންޖެހެ އެވެ. މިއަދަދު 30 އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 50 އިންސައްތަ ދައްކަންޖެހެ އެވެ. 50 އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 100 އިންސައްތަ ދައްކަންޖެހެ އެވެ.
މެނިފެސްޓޯއާއި އިތުރަށް އެތެރެކުރި ބެނާތަކުގެ އަގަށް 18،739.16ރ ޖެހޭ ކަމަށް ކަސްޓަމްސްގެ 43859 އާރުފޯމުން އެގެން އެބައޮތެވެ. މިއީ އޮޅުވާލައިގެން އިތުރަށް އެތެރެކުރި މުދާކަމަށް ވެފައި މި މުދަލުގެ އަގު 82.3އިންސައްތަ އިތުރުވާތީ ޖޫރިމަނާގެ ގޮތުގައ މިފޯމްގައިވާ އަގުގެ 100 އިންސައްތައަށްވާ 18،739.16ރ އިނަރ މޯލްޑިވްސް ހޮލިޑޭސްއިން ޖޫރިމަނާގެ ގޮތުގައި ކަސްޓަމްސްއަށް ދައްކަން ޖެހެ އެވެ. މި މުދާ ނެރެފައި ވަނީ މި ފައިސާ ކަސްޓަމްސްއަށް ނުދައްކަ އެވެ.
66 ސަފްޚާގެ ކަލަރ އޮފްސެޓް ޕްރިންޓް ކޮށްފައިވާ ފެނިފެސްޓޯއެއްގެ އަގު ކަސްޓަމްސްއިން ފާސްކޮށްފައި ވަނީ އިނަރ މޯލްޑިވްސްއިން ހުށަހެޅި އަގުކަމަށް ވާ ކޮޕީއަކަށް 15 ސެންޓް (1.93ރ ) އަށެވެ. ވިހި އިންޗި 30 އިންޗީގެ ބެނާއެއްގެ އަގު ފާސްކޮށްފައި ވަނީ ހުށަހެޅި އަގުކަމަށްވާ 1.90 ޑޮލަރު (24.40 ރ) އަށެވެ.
ގާސިމް އިބްރާހިމް މާމެންދުއަށް ވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ވާދަ ކުރައްވާ އަލްފާޟިލް ގާސިމް އިބްރާހިމް މިއަދު މާމެންދުއަށް ވަޑައިގެންފިއެވެ.މިއަދު ހަވީރު ގާސިމް ވަޑައި ގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަބަޔަކު ރަށުގެ ބަނދަރު ހަދާ ސަރަހައްދަށް އެއްވިއެވެ.
ގާސިމް އަށް މަރުހަބާ ކިޔުމަށް ޖުމްހުރީ ޕާޓީގެ ކުލައިގައި ގިނައިން ގޮސްތިބީ ރަށުގެ ކުޑަ ކުތިންނާއި އަންހެނުންނެވެ.އެހެންނަމަވެސް ފިރިހެނުންވެސް ގޮސް ތިއްބެވެ.ގާސިމް އިބްރާހިމްގެ މި ދަތުރުފުޅުގައި އެސަރަހައްދަށް އެއްވެފައިވާ މީހުންނާއި ބައްދަލްކޮއް ވަނީ ގާސިމް އެހެން ރަށްރަށުގައިވެސް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.މިދަތުރުފުޅުގައި އަދާލަތު ޕާޓިގެ ފަރާތުން ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ނެޝަނަލް ކޮންގްރެސްގެ ފަރާތުން މޮނާޒާ ނައީމް ވެސް ވާހަކަ ދެއްކެވިއެވެ.
ގާސިމްގެ މި ބައްދަލް ކުރެއްވުން އަޑު އަހަން ތިބި މާމެންދޫގެ ބައެއް ރައްޔިތުން ބުނަނީ ގާސިމަކަށް ރައްޔިތުން އެދޭ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.ސަބަބެއް ކަމަށް އެމީހުން ބުނަނީ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ދަނޑި ވަޅެއްގައި މައުމޫން ގެ ސަރުކާރާ ގުޅި އެސަރުކާރު ދެމެހެއްޓުމަށް ނުހަނު އިސްސަފުގައި މަސައްކަތް ކޮއް ރައްޔިތުންގެ އިހްސާސްތައް ފަހަތަށް ޖައްސާފައެވެ.ސަރުކާރުގައި އުޅުއްވި 3އަހަރުވަނީ އަމިއްލަ މަސްލަހަތު ކުރިއައްނެރެ ރައްޔިތުންގެ އިހްސާސްތައް އެއްފަރާތް ކޮއްފައެވެ.އިންޝޯރެންސް ސްކީމް ހުއްޓުވާލާފައެވެ.އަމިއްލަ ފައިދާ އައްޓަކައި ރެސޯޓްތައް މިލްކުވާގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހަށް 2 ފަހަރަކު ހުށަހަޅާފައެވެ.މިފަދަ މީހަކު ވެރިކަމަށް އިސްވެއްޖެނަމަ ކަންވާނެ ގޮތް މާމެންދޫގެ ގިނަބަޔަކަށް ވިސްނެއެވެ.
ޖުމްހޫރީ ގުޅުމުގެ ޓީމް މާމެންދުއަށް ޒިޔާރަތް ކުރުމުގެ ކުރިންވަނީ ހިތަދުއަށްވެސް ޒިޔާރަތްކޮއްފައެވެ.ހިތަދޫން ގާސިމް އިބްރާހިމަށްވަނީ ނުރުހުމުގެ މަންޒަރުތަކެއް ދައްކާފައެވެ.މިއީ މައުމޫންގެ ސަޕޯޓަރުން ހިންގި އަމަލެއް ކަމަށްވެއެވެ.އެއީ މައުމޫންގެ ކެމްޕޭން ޓީމް ހިތަދުއަށް ދިއުމުން ހުރަސް އެޅީ ގާސިމްގެ ސަޕޯޓަރުން ކަމައްވާތީއެވެ.
މާމެންދޫއަށް މިއަދު އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަސީރުވެސ ވަޑައިގެންވަނީ އެބޭފުޅާގެ ޝިޔާރުވެސް ހާމަކޮއްފައެވެ.އުމަރު ނަސީރުގެ ވާހަކަފުޅު އަދު އެހުމަށްވެސް ގިނަބަޔަކު ހާޒިރުވިއެވެ.
މައުމޫނާއި އޭނާގެ ކެމްޕޭން ޓީމް އެދިޔައީ ރާޑިވެގެން

ލ.އަތޮޅަކީ މައުމޫންގެ ވެރިކަމުގައި ވަރަށް ބޮޑަށް ބާކީ ކޮއްލާފައިވާ އަތޮޅެކެވެ.އެހެންކަމުން އަތޮޅުގެ ރައްޔިތުން ތިބެނީ މައުމޫންގެ ވަކި ތަކުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.އެހެންނަމަވެސް ހަށި ފޮޅާލާފައި ނުކުންނަން ނުކެރިފައެވެ.މިހެން ތިއްބާ ޕާޓީ ސިސްޓަމް އުފެދި ރައްޔިތުން ބޭނުންވާ ވެރިއެއް ހޮވުމުގެ އިހްތިޔާރު ރައްޔިތުންނަށް ލިބޭ ގޮތައް ގާނޫން އަސާސީ އިސްލާހު ކުރެވި މިހާރު ވަނީ ގިނަ ކެންޑިޑޭޓްން ތަކެއް ރައީސްކަމަށް ކެމްޕޭން ކުރަން ފެށިއެވެ.
ކެންޑިޑޭޓްންގެ ނަންތައް އިލެކްޝަނުން އިއުލާނު ކުރި ފަހުން ލ.އަތޮޅަށް ފުރަތަމަ ވަޑައިގަތީ މައުމޫނެވެ.މާމެންދޫ ލައިވް އިންވާނީ މައުމޫން ވަޑައި ގަތުމުގެ ކުރިން މައުމޫންގެ ދަތުރު ޝެޑިއުލް ކިޔުންތެރިންނާ ހަމައައް ގެނެސް ދީފައެވެ.އެހެންނަމަވެސް ރައްޔިތުންވަނީ ދެން މައުމޫން ބޭނުން ނުވާކަން މައުމޫން ވަޑައި ގަތުމުގެ ކުރިން ސާބިތު ކޮއްދީފައެވެ.މައުމޫން މި އަތޮޅުގެ ފުރަތަމަ މަންޒިލަކަށް ހަމަޖައްސާފައިވާ މާވަށައް ކާރުކޮޅު ބޭލުނީ ތިން ހަތަރު ދުވަހު އުޅެގެން ސިފައިންގެ އެހީގައެވެ.މާވަށު ޒުވާނުން ބުނަމުން ދިޔައީ ކެމްޕެއިނަށް އެރަށައް ވަޑައިގެންނެވި އެހެން ބޭފުޅުންވެސް ހާއްސަކޮއް އަސާ ގަނޑު ހިފައިގެން އައި އިބްރާ ވެސް އުޅުއްވީ ހިންގަވާފައި ކަމަށާއި މައުމޫންވެސް ޖެހޭނީ އެގޮތައް އަމަލް ކުރަން ކަމުގައެވެ.ނަމަވެސް ސިފައިން ގަދަކަމުން ވަނީ ކާރު އަރުވާފައެވެ.
މައުމޫންގެ ކާރުކޮޅު މާވަށައް ނޭރުވުމުން ދަތުރުގެ ޝެޑިއުލް ބަދަލްކޮއް ފުރަތަމަ ވަޑައިގަތީ މާބައިދޫ އަށެވެ.މާބައިދޫ އަކީ މައުމޫނަށް ލ.އަތޮޅުން އެއްމެ ބޮޑު ސަޕޯޓެއް ލިބޭނެ ރަށެވެ.މާބައިދު އަކީ އިލްޔާސް އިބްރާހިމް އަމިއްލަ އެދުމަކައްނަމަވެސް ވަރައްގިނަ ކަންތައްތަކެއް ކޮއްދީފައިވާ ރަށެކެވެ.މާބައިދޫން މައުމޫން ވަޑައިގަތީ ކައްދު އަށެވެ.އެއަށްފަހު ވަޑައި ގަތީ ޖަލްސާ ބޭއްވުމަށް ގަމު ގަތަރު ސްކޫލަށެވެ.ގަމުންވެސް މައުމޫނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނެވެ.އިސްތިއުފާގެ އަޑާއި ނުރުހުމުގެ ބަސްތަކެވެ.ފޮނަދޫންވެސް މައުމޫނަށް ކުރިމަތިވީ ހަމަ މިބަސްތަކެވެ.ސިވިލް ސާވިސްގެ މީހުނާއެކު ޖަލްސާ ބެއްވިޔަސް އިސްތިއުފާ އައް ގޮވާނެގެއެވެ.
ދެން މައުމޫން ބެލީ އަނެއްކާވެސް ގަދަކަމުން ކާރުކޮޅު އެރުވި މާށަށް އެރޭތޯއެވެ.މައުމޫން ލޯންޗު ކޮޅުގައި މާވަށުގެ ނެރާއި ކައިރި ކުރި އިރު ކަމަކު ދާކަށްނެތެވެ.ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ލަޓިބުރި ހިފާލާފައެވެ.މައުމޫން އެއްމެ ޖެހިލުންވާ ކުލަކުލައިގެ ބެނާތައް ހިފައިގެނެވެ.ރަށުގެ ކުދިބޮޑު ގިނަބަޔަކު ބަނދަރު މަތީގައި ތިބީ މައުމޫން ވަޑައި ގަންނަވާތީ ނުރުހުންފާޅު ކުރުމުގެ ގޮތުންނެވެ.މިކަމާ ގަންނާ ކުރެއްވި ބިރުން މައުމޫން ދަތުރު ކުރެއްވި ލޯންޗްވެސް ނެރުން ނުވަދެ އަބުރާލާފަ ދިޔައީއެވެ.
މައުމޫނަށް މިފަދަ ހާލެއް މި އަތޮޅުގަ ޖެހުނު އިރު މައުމޫނާއި ވަކިން،މި އަތޮޅުގައި ހަރަކާތްތެރިވި މައުމޫންގެ ކެމްޕޭން ޓީމަށްވެސް ޖެހުނީ މިފަދަ ހާލެކެވެ.މައުމޫން މާވަށަށް ވަޑައިގެންނެވުމުގެ ކުރިން ރަށް އަމާންތޯ ބަލާ،ރަށުގެ ސަޕޯޓް އޮތްވަރު ބަލާ ވަކަރަށް ޖަހަންދިޔަ ޓީމުގެ އިސްމީހަކަށް ހުރިމީހާއައް ވަރަށް ލޯބިން ފިރުމާލާފަ މަރުހަބާ ކިޔާފައެވެ.އަދި ޕީއޭގެ މާއްޓޭ އިސްވެހުރެ ހިތަދުއަށް އެރިޓިމަށް ވަނީ ވެލީގެ މަރުހަބާއެއް ކިޔާފައެވެ.މިކަމެއް ހިންގީ ގާސިމްގެ ސަޕޯޓަރުންކަމަށްބުނެ މިއަދު ގާސިމް އެރަށަށް ވަޑައި ގަތުމުން ވަނީ ބަދަލް ހަމަލާ ދީފައެވެ.
މާމެންދުއަށް މިޓީމު ދިއުމުން ވަނީ ރަށުން ބާލާފައެވެ.އެއްމެ ފާހަގަ ކޮއްލެވުނު ކަމަކީ މާއްޓޭއަށް މާމެންދޫގަ މައުމޫނަށް ކެމްޕޭން ކުރަން ނުކެރުނު ކަމެވެ.އަދި މާއްޓޭގެ ވާހަކަ ހުރިގޮތުން އޭނަގެ ތާއީދުވެސް މައުމޫނަކަށް ނެތެވެ.މާއްޓޭ އަކީ ކުރިއްސުރެވެސް މާމެންދޫ ޒުވާނުންގެ ތާއިދު އޮތްމީހަކަށް ވާތީ އޭނައަށް ރަށުގައި މަޑުކޮއްލުމުގެ ފުރސަތު ދިންނަމަވެސް ކެންޕޭން ޓީމް ވަނީ ފަހާލާފައެވެ.މިހުރިހާ ކަމަކަށް ބަލާ އިރު މައުމޫނާއި އޭނާގެޓީމު ލ.އަތޮޅުން އެދިޔައީ ރާޑިވެގެންނެވެ.
ކުއްލި ހަބަރު؛ ރޭ މާމެންދުއަށް އައި ގަދަ ކޮޅިގަނޑެއްގައި ދޯންޏެއް ލައްގައިފި

ރޭ ދަންވަރު މާމެންދުއަށް އައި ކޮޅިގަނޑެއްގައި ދޯންޏެއް ގޮނޑު ދޮށަށް ލައްގައިފިއެވެ.މި ދޯންޏަކީ މިރަށު ބިންބިމާގޭ އަހުމަދުގެ "ކަނޑު ރޯދި"ނަމަކަށް ކިޔާ ދޯންޏެވެ.ދޯނި ލެއްގި އިރު އަޅާފަ އޮތީ ރަށުގެ ދެކުނު ފަރާތު ކަނޑު ތެރޭގައެވެ.
ކަނޑުރޯދި ދޯނި އެއްގަމަށް ލެއްގީ ރޭ ގާތްގަޑަކަށް 2 ޖަހާ އެހާކަންހާއިރުއެވެ.ދޯނި ލައްގަން މެދުވެރިވީ ރޭ ދަންވަރު ވައިގަދަވެ،ކަނޑު ގަދަވުމުގެ ސަބަބުން ދޯނީގ ނަގިލި ކަހާލައިގެނެވެ.މި ދޯންޏަކީ 105 ފޫޓްގެ ފައިބަރ ދޯންޏެކެވެ.މިދޯނި ބަނދެގެން މަހަށް ފުރަންފެށި މީގެ 4 އަހަރު ކުރިނެވެ.މާމެންދޫގައި އެންމެ ރަނގަޅައް މަސްބާނާ އެއްދޯންޏަކީވެސް މިދޯންޏެވެ.
ދޯނި ފުންކުރުމެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.މިކަމުގައި މާމެންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އަމީން ކޮންސްޓްރަކްޝަން އެއްބާރުލުން ވަރަށް ފުރި ހަމަޔަށް ދަނީ ލިބެމުންނެވެ.ހައިމާކުގެ އެހީގައި ދޯނި ފުން ކުރެވޭތޯ ވަރަށް ހެދުނާ ފަށައިގެން ދަނީ ކުރަމުންނެވެ.ލަފާ ކުރެވޭ ގޮތުގައި މި ދޯނި ފުންކުރެވޭ އިރު ވަރަށް ބޮޑެތި ގެންލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.ސަބަބަކީ ދޯނި ލައްގާފައި އޮތީ ރަށުގެ ދެކުނު ފަރާތައް ކަމައް ވެފައި އެފަރާތަކީ ވަރަށް ބޮޑެތި ގިނަ ގާ އެކުލެވިގެންވާ ފަރެއް އޮންނަ ފަރާތަކަށް ވާތީއެވެ.
މާމެންދޫގެ ގިނަ ދޯނި ފަހަރު އަޅަނީ ކަނޑުގައެވެ.ދޯނި ފަހަރު ބޮޑެތި ކަމުން ފަޅުތެރޭގައި ނުބޭއްވޭތީއެވެ.މޫސުމަށް އަންނަ ބަދަލާ އެކީ ރަށުގެ އެކި ފަރާތް ފަރާތަށް ދޯނިފަހަރު ގެންދަން ޖެހެއެވެ.މިކަމަކީ އޮޑިވެރިންނާއި މަސްވެރިންނަށް އަބަދުވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމެކެވެ.މަސްކޮޅު ރަށައް ބާލާއިރު ކިތައްމެ ދުވަހަކު މަހާއެކު ކަނޑު ތެރެއަށް ޑިންގީ ބަންޑުން ޖަހާލާފަ އެބަހުއްޓެވެ.ކިތައްމެ މަސްވެރިއެއްގެ ފޯނެއް ވަނީ ހަލާކުވެގެން ގޮސްފައެވެ.ވިއްސާރަ ވެއްޖިއްޔާ އޮޑިވެރިން ޖެހެނީ ހޭލާ ދަމަށް ތިބޭށެވެ.
ހިތާމަޔާ އެކީ ދަންނަވަން ޖެހެނީ މިހުރިހާ ކަމެއްވެގެންދާއިރު އަދުގެ ސަރުކާރު އޮތީ ނިދާކަމެވެ.މިހާ ބޮޑެތި އުޅަދުފަހަރުގައި މިހާލުގައި މާމެންދޫ މަސްވެރިން މަހައް ފުރާތާ މިހާރު 11 ވަރަކަށް އަހަރު ވެދާނެއެވެ.މަސްވެރިންދެކެ ލޯބިފުޅުވާކަމަށާއި މަސްވެކުރާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށް ދައުވާ ކުރައްވާ ޒައީމުގެ ސަރުކާރަށް މާމެންދޫ މަސްވެރިން އުޅޭ ހާލެއް ނުފެނެއެވެ.ބަނދަރު ވެސް ހަދަން އެފެށީ ދެން އެހެން ގޮތެއް މިފަހަރު ނެތްކަން ޔަގީން ވުމުނެވެ.ރައްޔިތުން ދެން އިތުރައް ނުހެއްލޭނެކަން ޔަގީންވުމުނެވެ.















