މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

ކުރުމަހުގެ މަސްވެރިކަން ކުރަން އުޅުނު ބަޔަކު ގެއްލިގެން ހޯދަމުން އެބަދޭ

ދިވެހި
ކުއްލި ހަބަރު
ލ. މާމެންދޫ އިން ކުރުމަހަށް ނިކުމެ އުޅުނު ކުޑަ ބައްތެއްޔެއް ގެއްލިގެން ހޯދަމުން އެބަދޭ.... ރޭގެ ފަތިހުގެ ވަގުތެއްގައި މަސްވެރިކަމުގައި ނިކުމެ އުޅުނީ ބިންބިމާގޭ އަހުމަދު (51) އަހަރު އަދި ލުބޯމާގޭ އަލީ ހަސަން (71) އެވެ. އަދިވެސް އިރު އޮއްސުނު އިރުވެސް ހަބަރެއް ނުވުމުން ކޯސްޓްގާޑާއި ރަށުގެ ދެދޯނީގެ އެހީގައި އެސަރަހައްދު ބަލަމުން ގެންދާކަމައް މިހާރު ވަނީ މައުލޫމާތްވަނީ ލިބިފައެވެ. އިތުރު މައުލޫމާތު ލިބޭ ވަރަކައް ގެނެސް ދެވޭނެ

އިތުރު ތަފްސީލް

މާމެންދޫގައި ބަދަރުހެދުމުގެ މަސައްކަތް ހިގަމުން އެބަދޭ

ހައްދުންމަތީ މާމެންދޫގެ ރައްޔިތުން މިހާރު ތައްޔާރުވަމުން އެދަނީ 30 އަހަރުގެ ވެރިކަން ކުރެއްވިއިރު މއ. ކިބިގަސްދޮށުގޭ މައުމޫނު އަބުދުލްޤައްޔޫމު ކޮށްދެއްވާނެކަމަށް ތަކުރާރުކޮށް އެތަށް ފަހަރަކު ވިދާޅުވެފައިވާ ކަމެއް ކުރެވެން އުޅޭ ކަމުގެ އުފާވެރިކަން ލިބިގަތުމަށް ތައްޔާރު ވަމުންނެވެ. އާދެ އެއީ މާމެންދޫގެ ބަދަރު ހައްދަވައިދެއްވާނެކަމަށް މައުމޫނުގެ ސަރުކާރުގެ އެކިފެންވަރުގެ އެކިބޭފުޅުން އެތައް ފަހަރަކު ވިދާޅު ވެފައިވެއެވެ.މިގޮތުން 2003 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހައްދުންމަތީގެ އަތޮޅުވެރިޔަކަށް ހުންނެވި މޫސާ އަލީ ކަލޭފާނު މާމެންދޫގެ ރައްޔިތުންގެ ކުރިމަތީގައި ތަކުރާރު ކޮށް ވިދާޅުވެފައިވަނީ މާމެންދޫ ރައްޔިތުން މިފަހަރު މައުމޫނަށް ވޯޓުލައިފި ނަމަ މާމެންދޫގެ ބަދަރު ވަރަށް ވަރަށް އަވަހަށް ހައްދަވައި ދެއްވާނެކަމަށެވެ. ފަޅު ކޮނުމާއި ބަދަރު ހެދުމަކީ ވޯޓާއި ގުޅުވައިގެން ވާނެ ކަމެއްނޫން ކަމުގައި ވިޔަސް އެފަހަރު މަކަރާ ހީލަތުން ވޯޓު އޮޅޫވާލައިގެން މާމެންދޫ ވޯޓު ފޮށިން މައުމޫނަށް 100ޕަސެންޓު ވޯޓު ލިބުނުކަމަށް ނަތީއްޖާ ވަނީ އިއުލާނު ކޮށްފައެވެ. ވޯޓު އޮޅުވާލުމުގެ ތެރޭގައި ލ. މާމެންދޫ ގުލްހަޒާރުގޭ އަބޫބަކުރު އަހުމަދު ވޯޓޫ ކަރުދާސް ކޮޅުގައި ނުބައި ފާހަގަ ޖެހިކަން އެގިގެން ކުޑަކަތީބު ޢަބުދުﷲ ވަހީދު ވޯޓު ފޮށްޓަށް އެކަރުދާސްކޮޅު ނުލެވޭނެކަމަށް ބުނެ ވޯޓޫ ފޮށި މަތީގައި އޮށޯވެފައިވެއެވެ.އަދި ވޯޓުލާން ހާޒިރު ނުވާ މީހުންގެ ކަރުދާހުގައި ވޯޓު ފޮށި ދަށުގައި ތިބި މީހުން ފޮށްޓަށް ކަރުދާސް އަޅާފައިވެއެވެ. މިނޫނަސް ވޯޓު ލުމުގެ ކުރިން ރަށުގެ ބައެއް ޒުވާނުންނަށް ބިރުދައްކައި ވޯޓު މައުމޫނަށް ވޯޓު ނުލައިފިއްޔާ ފަޅެއް ނުކޮނެދޭނޭ ކިޔައި ބިރުދައްކައި ހަދާފައިވެއެވެ

ފަޅު ކޮނެދިނުމުގެ ސިލްސިލާ ދޮގުހެދުމުގެ ބުރުތަކުގައިއެޓޯލްސް މިނިސްޓަރަކަށް ޢަބުދުﷲ ހަމީދު ހުންނެވި ދުވަސްވަރުގައި މިނޫންވެސް ވަރަށްގިނަ ދޮގުތައް ހަދާފައި ވާކަން ފާހަގަ ކުރެވެއެވެ. އެހެން ފުރުޞަތެއްގައި އެބައިތަށް ލިޔެލާނެ ކަމުގައި ދަންނަވަމެވެ.

އިތުރު ތަފްސީލް

މާމެންދޫއަށް ސާފު ކަޕު ގެންގޮސްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސާފު ތަށި ގެންދިއުމަށް ކުރަމުންދާ ދަތުރުގައި މިއަދުގެ މެންދުރެއްހައިރު މާމެންދޫއަށް ސާފު ތަށި ގެންގޮސްފިއެވެ. ނަމަވެސް ގިނަބަޔަކަށް މިކަން އޮތީ ބޮޑުސިއްރެއްގެ ގޮތުގައެވެ. މާމެންދޫ ލައިވް އަށް ޙަބަރު ލިބިފައިވާ ގޮތުގައި މާމެންދޫ އަށް ތަށި އެރުވުމަކީވެސް މާމެންދޫގެ ގިނަރައްޔިތުން ރުހޭ ކަމެއްނޫނެވެ. ސަބަބަކީ މާމެންދޫ އަކީވެސް މިހާރު މުޅީގައުމުގެ އިޤުތިޞާދަށް އަންނަމުންދާ ބަދަލުގެ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާ ރަށަކަށްވުމެވެ. މާމެންދޫ އަކީ މަސްވެރި ރަށަކަށްވެފައި މާމެންދޫ އަށް ރަނގަޅަށް މަސްނުބާތާ އެތަކެއްދުވަހެއް ވެފައިވާ އިރު ރައްޔިތުންގެ އަތްމަތި އިންތިހާއަށް ދަތި ދުވަސް ވަރަކަށް ވުމުން ބޭކާރު ޙަރަދު ކުރުމަކީ މާމެންދޫގެ ގިނަރައްޔިތުން ރުހޭ ކަމެއްނޫނެވެ. މާމެންދޫއަށް މިއަދު ތަށި ގެންގޮސްފައިވާއިރު މާމެންދޫގެ ރ.ކ ކޮމިޓީވެސް މިވަނީ މިމައްސަލާގައި ވަރަށްބޮޑަށް ޙިޔާލް ތަފާތުވެފައެވެ.މިއަދު މާމެންދޫއަށް ތަށި އެރުވި އިރު އެތަނުގައި ގިނައީ ސިވިލްސާވިސްގެ މުވައްޒަފުންނެވެ. މިހެންކަމުން ގިނައާންމުރައްޔިތުންނަށް ތަށި ރަށަށް ގެނައިކަންވެސް މިވަނީ ނޭންގުމުގެ ތެރޭގައެވެ.މާމެންދޫ އޮބުޒާވަރ

އިތުރު ތަފްސީލް

ލ.އަތޮޅުގައި ސާފު ތަށި ދަތުރު ކުރަނީ



ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރުގައި ލ.އިސްދޫ ކަލައިދޫގެ ކަލައިދޫ އަވަށަށް ތަށި އެރުވުމަށް އެއަވަށުގެ ފިރިހެން ރައްޔިތުންގެ ތެރެއިން ބަޔަކު ދެކޮޅުހެދުމުން އެއަވަށުގެ އަންހެން ރައްޔިތުން ލ.ދަނބިދޫއަށްގޮސް އެރަށު ރައްޔިތުންނާއިއެކު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ދިޔަ ޓީމަށް މަރުހަބާ ކިޔައިފިއެވެ.

އިއްޔެ މެންދުރު ކަނޑުމަގުން އިސްދޫކަލައިދޫގެ ކަލައިދޫ އަވަށަށް ތަށި ހިފައިގެންދިޔަ ލޯންޗް ފަޅުތެރެއަށް ވަންއިރު އަންހެން ރައްޔިތުން ފެއްސާއި ރަތާއި ހުދުކުލައިގެ ހެދުން ލައިގެން ތަށި ހިފައިގެންދިޔަ ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ދިޔައެވެ. އެހެންނަމަވެސް އެއަވަށުގެ ފިރިހެން ރައްޔިތުން ބަނދަރުމަތީ ތިބެގެން ތަށި ނޭރުވޭނެކަމަށް ގޮވަމުންދިޔަ ކަމަށް ތަށި ހިފައިގެން ކުރާ ދަތުރުގައި ބައިވެރިވާ މޯލްޑިވްސޮކަރގެ ރިޕޯރޓަރ ރަޙުމަތުﷲ ސަލީމް މަޢުލޫމާތު ދެއެވެ. "ކަލައިދޫ އަވަށު ފަޅުތެރެއަށް ވަންއިރު އަންހެންވެރިން މަރުހަބާކިޔަން ތައްޔާރުވަމުން ދިޔައީ. އެމީހުން ތިބީ ފެއްސާ ރަތާއި ހުދުކުލައިގެ ހެނދުން ލައިގެން. ބަނދަރުމަތީ ތިބި ފިރިހެންވެރިން ގޮވަމުން ދިޔައީ ތަށްޓެއް ނޭރުވޭނެއޭ. ގާތްގަނޑަކަށް 50 އަށް ވުރެ ގިނަމީހުން އެތާ ތިބޭނެ. އެމީހުން އޮއްގާވެސް އުކަމުން ދިޔައީ" ރަހުމަތު ބުންޏެވެ.
"
ދަނބިދޫ އަށް ދިޔަތަނުން ކަލައިދޫ އަވަށުގެ އަންހެންވެރިން ދޯންޏެއްގައި އައިސް އެރަށުގައި ތަށި ހިފައިގެން އައި ޓީމަށް މަރުހަބާ ކިޔާފައިވޭ. އެމީހުން އައީ އެވަގުތު ކަލައިދޫ ފަޅުތެރެއަށް ވަން އެރަށު ދޯންޏަކަށް އަރައިގެން. ދޯނި ދުއްވަންހުރި މީހާ އެކަނި ފިރިހެނަކަށް އައީ" ރަހުމަތު ބުންޏެވެ.

މިހާތަނަށް 11 ރަށަކުން ވަނީ ތަށި އެރުވިޔަނުދީ ފޮނުވާލާފައެވެ.

ކުޅިވަރާއިބެހޭ ވަޒީރު އިއްޔެ ވިދާޅުވެފައިވަނީ ތަށި ހިފައިގެން ކުރާ ދަތުރަކީ އިސްރާފެއް ނޫން ކަމަށާއި އެދަތުރު ކުރިއަށް ދާނެ ކަމަށެވެ.

އިތުރު ތަފްސީލް

މާމެންދޫ ހެލްތު ޕޯސްޓުގެ ހިދުމަތާއި އިލްޔާސްގެ ވާހަކައިގެ ވިންދު


ހެލްތުމިނިސްޓަރ އިލްޔާސް އިބުރާހީމް ބުނަނީ ހަސަތޭކައިންމަތީގެ ކޮންމެ އާބާދީ އަކަށް ޑޮކުޓަރަކު ހުންނަވާނެ ކަމަށެވެ.ހައްދުންމަތީ މާމެންދޫއަކީ ހާހުންމަތީ އާބާދީ އެއް އޮންނަ ރަށެކެވެ. ރަށުގައި ޑޮކުޓަރަކު ހުރި ކަމުގައިވިޔަސް ޑޮކުޓަރަށް ދެއްކުމުން ޑޮކުޓަރު ވިދާޅުވަނީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށެވެ. ޙަރަދުގެ ގޮތުން ބަލާއިރު މިހާރު މާމެންދޫއިން ގަމުހޮސްޕިޓަލަށް ދިއުމަށް މަދުވެގެން ހާހަކަށްވުރެ ގިނަ ރުފިޔާ ޙަރަދުވެއެވެ. ލޯންޗު ދަތުރާއި، ބަސްދަތުރަށް އެކަނިވެސް މިވަރު ޙަރަދުވާއިރު ކެއުމާއި ބޭސްފަރުވާ ކޮބައިތޯއެވެ. މިއީ މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޙިދުމަތުގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތެވެ. ނިކަމެތީން އިތުރަށް ނިކަމެތިވެ ބިކަވާނެ ގޮތަށެވެ.
މާމެންދޫގައި ފަރުވާދޭ މީހުންނަށް ފަރުވާދިނުމުގައި ގެންގުޅޭ އުސޫލްތައް އަދި މާފުރިހަމައެވެ. ބަލިވެ ހާލު ދެރަވުމުން ޑޮކުޓަރަށް ދެއްކުމުން އެދުމަތި ކޮށްފައި އައި.ވީއެއް ގުޅައިދެއެވެ.އައިވީ ފުޅި ހުސްނުވަނީސް ތަން ބަންދު ކުރަން ޖެހުމުން އައި.ވީ ނައްޓާލުމަށްފަހު އަނެއްދުވަހު ހުޅުވުނީމާ އަޅުން އައިވީ ގުޅަން އައުމަށް ބުނެ ގެއަށް ފޮނުވާލެވެއެވެ. އަދި ބަންދު ދުވަހެއްގައިނަމަ ހެލްތުޕޯސްޓު ހުޅުވުމަކީ މުޅިރަށުގައި ހިނގައިގެންމެނުވީ ކުރެވޭނެ ކަމެއްނޫނެވެ.މިހިރީ 30 އަހަރުގެ ރޭވުންތެރި ސިއްޙީ ޙިދުމަތުގެ ފަންވަރާއި ބުންވަރެވެ.

އިތުރު ތަފްސީލް

މިނިވަންކަން ފުރިހަ ގޮތުގައި ލިބޭނީ ކޮންދުވަހަކުން

މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު ލިބިފައިވާ މިނިވަންކަމާމެދު ވިސްނާލެވުނެވެ. އާދޭހެވެ. މިއަދަކީ އިނގެރޭސިންގެ އަތުން ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަހެވެ.އެމިނިވަން ކަމާއެކު ދިވެހިންގެ ދިރިއުޅުމުގެ ފެންވަރާ އެހެން މީހުންގެ މަތްޗަށް ބަރޯސާ ވުން ކުޑަވެގެން ދާނެކަމަށް އެންމެންނަށް ގަބޫލް ކުރެވުނެވެ. އެހެންނަމަވެސް މިއަދުގެ ޖީލަށް ފެންނަމުން މިދަނީ މިނިވަންކަމުގެ ފުރިހަމަ ރަހަތަކެއްނޫނެވެ. ބަޔަކަށް ލިބޭނެ އެންމެ ބޮޑު މިނިވަންކަމަކީ އިޤުތިޞާދީ މިނިވަންކަމެވެ.ދިވެހި ބިމުގައި އިޤުތިޞާދީ މިނިވަންކަން އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވެއެވެ. ފުރަތަމަ ކަމަކީ ދިރި އުޅުމުގެ އެންމެ އަސާސީ އެއްޗެހިވެސް މިފެންނަނީ ބޭރު ކަރަތަކާ ވިލާތަކުން ގެނެސްގެންބޭނުންކުރާތަނެވެ. މިހެން މިކަން ކުރަން ދިވެހިން ބޭނުންވެގެން ކުރަނީ ކަމަކަށް އެއްބަސްވެވޭކަށްނެތެވެ. ނަމަވެސް ވެރިކަމުގެ ބާރުތަކުން ރައްޔިތުންނަ ކަންކަން ކުރެވޭނެ ގޮތްތަކެ ހޯދައި ނުދެވޭނަމަ އަދި ބޭރުން ގެންނަ ތަކެއްޗަށް ބަރޯސާވުމަށް ހިއްވަރުދޭނަމަ އެކަން އެގޮތަށްވުމަކީ ވަރަށް ފަސޭހަކަމެކެވެ. ދިވެހިންނަކީ ވެރިންނަށް ކިޔަމަންތެރި ބަޔަކަށް ވުމުގެ ފއިދާ މިއަދުގެ ސަރުކާރުން ވަރަށް ފުރިހަމައަށް ނަގާފައިވެއެވެ.ވޯޓާ ދިމާކޮށް ކަންކަން ކޮށްދިނުމުގެ ކޮޅުމަތި ދައްކައި ރައްޔިތުންގެ ހިތް އާސުމާނަށް އަރުވާފައި ވެރިކަމުގެ ބާރުތައް ލިބުނީމާ ރައްޔިތުން މަތީން ހަދާންނައްތާލަނީއެވެ. ދިވެހި އުފެއްދުންތެރިކަމަކީ ނެއް އެއްޗެއް ކަމަށް ވިސްނައިދީ މިބިމަކީ އެއްވެސް މާލީ އިގުތިޞާދީ ފައިދާއެއް ހޯދިދާނޭ ބިމެއްނޫން ކަމަށް ބުނެއުފެއްދުންތެރިކަމެއްނެތްތަނަކަށް ޖެހޭނީ ބޭރުން ހުރިހާއެއްޗެއް ގެންނާށޭ ކިޔަތެވެ. އިސާހިތަކު ރައްޔިތުން އެބަސް ޤަބޫލް ކުރިއެވެ. އެހެންޏާފަހެ ވެރިކަން ކުރާ ބައިގަނޑުން މިހަރަގެން ގޮވައި ނަގަނީ މިއީ ދޫނި ގުޔެއްކަމަށެވެ.ރާޅުޖަހާފައި ރާޅު ދަމާލީމާ އެގުއި ގިރާލާނެއެވެ
މިގައުމުގެ ބޮޑެތި ބިންތަކާއި ބިޔަފަޅުތަކުގައި ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެއްކަމަށް ވިސްނައި ދިނުމަށްފަހު ދެންފެށިގެން ދިޔައީ ބޭރުގެ އިންވެސްޓަރުންނަށް ފަޅުތަކާއި ބޮޑެތި ބިންތަކާއި ބިޔަކަނޑުގެ ބައިތަށް ވެރިކަމުގެ ބައިގަނޑުގެ އަންބޮޑިއަށް ބޮޑުވާގޮތަށް ވިއްކާ ކުއްޔަށްދީ ހަދަންފެށިއެވެ. ބޭރުފައިސާ ލިބޭނީ މިހެން ހަދައިގެން ކަމަށް ދިވެހި މަސައްކަތްތެރިންނަށް ބުނެދީ އެމީހުންގެ މަސައްކަތު ހުނަރު ވަޅުޖައްސާލިއެވެ. ދިވެހިންނަށް ކުރެވޭނީ މަސްވެރިކަން އެކަންޏޭ އެކަންކުރާށޭ ބުނިކަހަލައެވެ. ހިތާމަހުއްޓެވެ. މަސްވެރިން ލޯނުނަގައިގެންބަދެފައިވާ ބޮޑެތި މަސްދޯނި ފަހަރުގައި ކަނޑުތަކަށް ނިކުތްއިރު ލޭނުއަޅާމީހުންނާއި ދާއަޅާމީހުން މަސްކޮޅު ހިފައިގެން ފިލައިފިއެވެ. ދޯނިވެރިންނަށް މިޖެހުނީ ދޯނި ގެނެސްކަނޑު ބޭރުގައި ދޯނި އަޅާފައި ރަށުގެ އަތިރިމަތީގައި ތިބޭށެވެ. ނެގި ލޯނުދައްކާނެގޮތެއް ނެތިފައެވެ. ދަނޑުވެރިކަންކުރަންބެލިއިރު ބިންތައް ހުރީ ކުއްޔަށްދީފައެވެ. ނަމުގައި ދިވެހީންނަށެވެ. ކަންކުރަނީ އެހެންބަޔެކެވެ. މުޅިގައުމުގެ ަ އިޤުތިޞާދު ފުންވަޅުގަނޑަކަށްވެއްޓުނީ ކުރިން ދެންނެވުނު ބޭރުފައިސާ ވިހާ ފޮށިތަށްވެސް ހުއްޓައެވެ. ކާބޯތަކެތި ހައްދަން އުޅޭށޭ ހަރު އަޑުން ބުނި އިރު ދަނޑުހެއްދެން އޮތްދުވަސްވަރު މިގައުމުގެ ބިމުގައި ދަނޑުވެރިކަން ނުކުރެވޭނެ ކަމަށް ބުނިމީހުން ތިބީ މަލްޓި މިލިޔަނަރުންނަށް ވެފައެވެ.ދިވެހި ބިމާއި ކަނޑުތަށް ވިއްކާލައިގެންނެވެ. ލިބުނު ޑޮލަރުން ރައްޔިތުންގެ ހައްޤު ކޮބައިތޯއެވެ
މިނިވަންދުވަހު މިފަދަ ކަންކަމުން އިބުރަތް ހާސިލްކޮށް މިނިވަންކަމުގެ ފުރިހަމަ މިނިވަންކަން ހާސިލްކުރެވޭނީ ގައުމުގެ ހުރިހާ ކަމަކާއިމެދު ފުންކޮށް ވިސްނާ ދިވެހިން ދިވެހީންގެ ކަންކަންކުރުމުގަ ބައިވެރިވެ ވެރިކަމާއި ރައްޔިތުންގެ ގުޅުމަކީ ދެފަރާތްފެންނަ ހާމަކަންބޮޑު ގޮތެއްގައި ކަންކަން ބެލޭނެ މިނިވަންކަމެއް އޮތުމެވެ. ފަހަރެއްގައިވެސް މިނިވަންކަމަކީ އެހެން މީހަކު ބުނާ ނުވަތަ ކުރާކަމަކަށް ޑިޕެންޑުވުމުގެ ބަދަލުގައި ތިމާޔަށްފެންނަގޮތްވެސް ހިއްސާ ކުރެވުމެވެ. އެހެންމީހުންނަށް ބަރޯސާ ނުވެ އަމިއްލަ ފުދުންތެރިކަން އިތުރުކޮށް މިނިވަންކަންދެމެހެއްޓޭނީ މަސައްކަތްތެރީންނަށް މަސަތްކުރުމުގެ ފުރިހަމަ މިނިވަންކަންވެސްއޮވެގެންނެވެ.މިބަދަލަށް އެހެން ވެރިޔަކު އިހުތިޔާރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އިތުރު ތަފްސީލް




މިއަދަރީ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، ރާއްޖެއަށް ފުރުހަމަ މިނިވަންކަން ލިބުނުދުވަހެވެ. އިނގިރޭސީންގެ އަތްދަށުން ރާއްޖެ މނިވަންކޮށް ރާއްޖެއަށް ފުރިހަމަ މނިވަންކަން ހޯއްދަވައިދެއްވީ، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާޙިމް ނާސިރެވެ. އެހެންކަމުން މިއަދު ފާހަގަ ކުރަމުންމިދާ ރާއްޖޭގެ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިވަން ކަންހޯއްދަވައިދެއްވި ބާނީ އިބްރާޙިމް ނާސިރަށް މަރުޙަބާއާއި ތަހްނިޔާ ދަންނަވަމެވެ. އަދި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިހާރު ޤައުމުގެ ހުންގާނުގައި ހުންނެވި، ރައީސް މައުމޫނަށާއި ރައްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށްވެސް ދުވަހުގެ މުނާސަބަތުގައި މަރުޙަބާއާއި ތަހްނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމެވެ.

އިތުރު ތަފްސީލް

މާމެންދޫއަކީ މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް


ހައްދުންމަތީ މާމެންދޫ އަކީ ހީވާގި މަސައްކަތްތެރި ބަޔަކު ދިރި އުޅޭ ރަށެކެވެ. މިކަމުގެ ހެއްކަކަށް ފައިބަރުން އެންމެ ފުރަތަމަ އަމިއްލަ މީހަކު ބަދެފައިވާ ދޯންޏަކަށް މާމެންދޫ ފިތުރޯނުވިލާ އަލީ އިދުރީސްގެ ފިތުރޯނުމާ ދޯނިވެގެން ދިޔައެވެ.ހަމައެހެންމެ މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި މާމެންދޫގެ ޒުވާން ހުނަރުވެރި މަސައްކަތްތެރީން މިއަދުވެސް މަސައްކަތް ކުރަމުން އެބަގެންދެއެވެ. މާލެ އަތޮޅާއި މ.އަތޮޅާއި ތ.އަތޮޅާއި ގއ.ގދ ގައިވެސް މާމެންދޫގެ ފައިބަރު މަސައްކތްކުރާ ޒުވާނުން ދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.މާމެންދޫގައި މިވަގުތުވެސް އާޖީލުގެ ދެމަސްދޯންޏެއް ބަނުމުގެ މަސައްކަތް އެބަހިގައެވެ. އެއީ ބިންބިމާގޭގައި ބަންނަމުންގެންދާ ދޯންޏަކާއި،ގުލޭނޫރަންމާގޭ މީހުން ބަންނަމުންދާ ދޯންޏެކެވެ.މާމެންދޫގައި މިހާރުވެސް މަހަށްފުރާ ހުރިހާ ދޯނިފަހަރަކީ މާމެންދޫގެ ވަޑިންގެ ހުނަރު ދައްކައިދޭ ދޯނިތަކެކެވެ. ާ

އިތުރު ތަފްސީލް

މާމެންދޫގައި މަސްތުވާތަކެތީގެ ހާލަތު


ލ.މާމެންދޫ އަކީ އާބާދީގައި ހާހަކަށްވުރެ ގިނަމީހުން ދިރިއުޅޭ ރަށެކެވެ.އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނަށްވީއިރު ޒުވާނުންގެ ގިނަބަޔަކު ވަނީ މަސްތުވާއެއްޗިއްސަށް ދޯޅުވެފައެވެ.މަސްތުވާ އެއްޗެތީގެ ޝިކާރައަކަށް ވެފައިވަނީ ހަމައެކަނި ފިރިހެނުންނޫންކަން މަސައްކަތެއްނުކޮށް އުޅޭ ފިރިންގިނަވުމުން ދޭހަވެއެވެ. ރަށުގައި މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަންކުރާ މަސްވެރިކަންކުރި މީހުން މިހާރު މަހަކަށް ނުދެއެވެ.މަހަކުއެއްފަހަރު މާލެ ދަތުރެއް ކޮށްލުމުން އަނބިދަރިންގެ ޙަރަދުތައްކުރާނެ ފައިސާ ލިބުނީއެވެ. މާލެއިން ގެންނަ މުދާކޮޅު(ހަކުރުކޮޅު)ވިއްކަން އަނބިމީހާ ނިކުމެ އުޅެނީ ވަރަށްބޮޑު ހިއްހަމަ ޖެހުމަކާ އެކުގައެވެ. ހިތާމަޔަކީ މިފަދަ ވިޔާނުދާ އެއްޗަކުން ފައިދާ ލިބިގަނެ ތިމާގެ ދަރިންގެ މުސްތަޤުބަލް ބަނަކޮށްލެވެނީ ދުނިޔެވީ ކުޑަކުޑަ އުފަލަކަށްޓަކައެވެ.މުޅިރަށުގެ ޒުވާން ޖީލު މިފަދަ ދެމަފިރިންގެ ޝިކާރައަކަށްވެ ކާލީއަޅަމުންދާ ޒުވާނުން މަގުތަކުން ރެއާދުވާލު ފެންނަ އިރުވެސް ކަމާބެހޭ ފަރާތަށް ކުރޭ އެއްވެސް ކަމެއް ހަމަނެތީ ހެއްޔެވެ. މަސްތުވާތަކެތި ބޭނުންކުރާ ބޮޑު އާބާދީއެއް މާމެންދޫގައި ދިރިއުޅޭ އިރު ހަކުރު ވިއްކާމީހުންގެ ދަރިން މާދަމާ އެބޭނުން ނުކުރާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އެވިއްކާފަރާތްތަކަށައެބައޮތްބާވައެވެ. އެހެންވެއްޖެނަމަ މިއަދު ތިޔަހޯދާ ފައިސާއިން ކުރާނެ އެއްވެސް މަންފާއެއް އަދި އާޙުރަތަށްލިބޭނެ މަންފާއެއްވެސް ނޯންނާނެއެވެ.
އެއްބަޔަކު ކޯޅާވާޓަރުން ކަރުހިއްކުންފިލުވާއިރު އަނެއްބަޔަކު ޑަންލޮޕުން ކަޅިމަތްޗަށް އަރުވަމުން ގެންދަނީއެވެ.މިހެންވުމުން
ރަށުގެ ތަރަށްގީއާއި އާޖީލުގެ ބޮޑެތި މަސްއޮޑިފަހަރުގައި މަސައްކަތްކުރުމަށް ގެންނަންޖެހޭނީ ބިދޭސީންނޫންބާއެވެ.ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ނަގާކިޔަން ތިބީ ކަމަވޮށިގެންވާމީހުން ކަމަށް ދައުވާކުރާ މީހުންގެ ދަރީންނެވެ.އެހެން ކަމަށްވާނަމަ މާދަމާގެ ހާލަތު ވަރަށް ސާފުކޮށް މިއޮތީފެންނާށެވެ
ވިގަނި-

އިތުރު ތަފްސީލް
 
© All rights reserved by maamendhoo live 2008