މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

ގާސިމް އިބްރާހިމް މާމެންދުއަށް ވަޑައިގެންފި


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ވާދަ ކުރައްވާ އަލްފާޟިލް ގާސިމް އިބްރާހިމް މިއަދު މާމެންދުއަށް ވަޑައިގެންފިއެވެ.މިއަދު ހަވީރު ގާސިމް ވަޑައި ގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަބަޔަކު ރަށުގެ ބަނދަރު ހަދާ ސަރަހައްދަށް އެއްވިއެވެ.


ގާސިމް އަށް މަރުހަބާ ކިޔުމަށް ޖުމްހުރީ ޕާޓީގެ ކުލައިގައި ގިނައިން ގޮސްތިބީ ރަށުގެ ކުޑަ ކުތިންނާއި އަންހެނުންނެވެ.އެހެންނަމަވެސް ފިރިހެނުންވެސް ގޮސް ތިއްބެވެ.ގާސިމް އިބްރާހިމްގެ މި ދަތުރުފުޅުގައި އެސަރަހައްދަށް އެއްވެފައިވާ މީހުންނާއި ބައްދަލްކޮއް ވަނީ ގާސިމް އެހެން ރަށްރަށުގައިވެސް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.މިދަތުރުފުޅުގައި އަދާލަތު ޕާޓިގެ ފަރާތުން ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ނެޝަނަލް ކޮންގްރެސްގެ ފަރާތުން މޮނާޒާ ނައީމް ވެސް ވާހަކަ ދެއްކެވިއެވެ.

ގާސިމްގެ މި ބައްދަލް ކުރެއްވުން އަޑު އަހަން ތިބި މާމެންދޫގެ ބައެއް ރައްޔިތުން ބުނަނީ ގާސިމަކަށް ރައްޔިތުން އެދޭ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.ސަބަބެއް ކަމަށް އެމީހުން ބުނަނީ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ދަނޑި ވަޅެއްގައި މައުމޫން ގެ ސަރުކާރާ ގުޅި އެސަރުކާރު ދެމެހެއްޓުމަށް ނުހަނު އިސްސަފުގައި މަސައްކަތް ކޮއް ރައްޔިތުންގެ އިހްސާސްތައް ފަހަތަށް ޖައްސާފައެވެ.ސަރުކާރުގައި އުޅުއްވި 3އަހަރުވަނީ އަމިއްލަ މަސްލަހަތު ކުރިއައްނެރެ ރައްޔިތުންގެ އިހްސާސްތައް އެއްފަރާތް ކޮއްފައެވެ.އިންޝޯރެންސް ސްކީމް ހުއްޓުވާލާފައެވެ.އަމިއްލަ ފައިދާ އައްޓަކައި ރެސޯޓްތައް މިލްކުވާގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހަށް 2 ފަހަރަކު ހުށަހަޅާފައެވެ.މިފަދަ މީހަކު ވެރިކަމަށް އިސްވެއްޖެނަމަ ކަންވާނެ ގޮތް މާމެންދޫގެ ގިނަބަޔަކަށް ވިސްނެއެވެ.


ޖުމްހޫރީ ގުޅުމުގެ ޓީމް މާމެންދުއަށް ޒިޔާރަތް ކުރުމުގެ ކުރިންވަނީ ހިތަދުއަށްވެސް ޒިޔާރަތްކޮއްފައެވެ.ހިތަދޫން ގާސިމް އިބްރާހިމަށްވަނީ ނުރުހުމުގެ މަންޒަރުތަކެއް ދައްކާފައެވެ.މިއީ މައުމޫންގެ ސަޕޯޓަރުން ހިންގި އަމަލެއް ކަމަށްވެއެވެ.އެއީ މައުމޫންގެ ކެމްޕޭން ޓީމް ހިތަދުއަށް ދިއުމުން ހުރަސް އެޅީ ގާސިމްގެ ސަޕޯޓަރުން ކަމައްވާތީއެވެ.

މާމެންދޫއަށް މިއަދު އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަސީރުވެސ ވަޑައިގެންވަނީ އެބޭފުޅާގެ ޝިޔާރުވެސް ހާމަކޮއްފައެވެ.އުމަރު ނަސީރުގެ ވާހަކަފުޅު އަދު އެހުމަށްވެސް ގިނަބަޔަކު ހާޒިރުވިއެވެ.

0 Comments:

 
© All rights reserved by maamendhoo live 2008