
ޖަޒީރާ ނޫސް
ޑީއާރުޕީގެ ޒައީމް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ތ އަތޮޅަށް ކުރެއްވި ކެންޕޭން ދަތުރުފުޅުގެ ޚަރަދުތަކުގެ ފައިސާ ތ އަތޮޅުގެ އިމަޖެންސީ ފަންޑުން ދައްކާފައިވާކަން ފަޅާ އަރައިފިއެވެ.
ތ އަތޮޅު މީހަކު މިހާރު ވަނީ އެމައްސަލަ, ކޮރަޕްޝަންގެ މައްސަލައެއް ކަމުގައި ދެކޭތީ އޮޑިޓްކޮށްދިނުމަށް އެދި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާފައެވެ.
އޭނާ އެކަމަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި 27 އޮގަސްޓް 2008 އިން 29 އޮގަސްޓް 2008 އަށް ކޮޅުމަޑުލުގެ ރަށްރަށަށް ޑީ.އާރު.ޕީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނާއި އަރިހުގައި ގެންދެވި ބޭފުޅުންގެ ފަރިއްކޮޅަށް ނެގި ތަކެއްޗަށް ތ. ވޭމަންޑޫ ފިހާރައިން ހެދި ބިލުތައް ޑީ.އާރު.ޕީއަށް ރައްދުކުރުމަށް އަތޮޅު އޮފީހުގެ ސެކްރެޓަރީއެއް ކަމަށްވާ ވޭމަންޑޫ, ގަދަގޭ އަޙްމަދު ސަޢީދުއާ 29 އޮގަސްޓް 2008 ގައި ޙަވާލުކުރުމުން އެބިލުތަކުގައި އޭނާ އެތާރީޚުގައި ޙަވާލުވުމަށްފަހު, އެއްދުވަސް ފަހުން އައިސް އެބިލުތައް އަތޮޅުއޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އަދި ޑީ.އާރު.ޕީގެ ނަމުގައިވާ އެ ބިލުތައް އަތޮޅު އޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެދުމުން އެބިލުތަކުގައި އަތޮޅު އޮފީހުގެ ނަން ޖަހައި ދިނުމުން, އެއާ އަތޮޅުއޮފީހުގެ ފަރާތުން ޙަވާލުވެ, ދުވަސްތަކަކަށްފަހު 20 ސެޕްޓެމްބަރ 2008 ގައި ކޮޅުމަޑުލު އަތޮޅު އޮފީހުގެ ނަންބަރ 2008/611 (18.09.2008) ގެ ވައުޗަރުން އެބިލްތަކަށް އަތޮޅު އޮފީހުގެ އިމަރޖެންސީ ފަންޑުން ފައިސާ ދެއްކުމަށް ހުއްދަދީފައިވާ ކަމަށެވެ.
ކޮޅުމަޑުލު އަތޮޅު އޮފީހުގެ ނަންބަރު 2008/611 (18.09.2008) ގެ ވައުޗަރުން ދެއްވި މިހުއްދައިގެ މަތިން އަތޮޅުއޮފީހުގެ ނަންބަރު 000759 )އެކައުންޓް ނަމްބަރު 7725361195003 ( ގެ ޗެކުން ވަނީ އެ ބިލުތަކަށް ފައިސާ ދައްކާފައިވެއެވެ.
އެބިލުތަކާއި އަގުތަކަކީ ” 2008/154-އެސް )08-27-2008( ބިލަށްވާ 723.50ރުފިޔާ, 8002/155-އެސް )08-27-2008( ބިލަށްވާ 332.00 ރުފިޔާ, 2008/156-އެސް )08-27-2008( ބިލަށްވާ 794ރ، 2008/157-އެސް )08-27-2008( ބިލަސްވާ 71 ރުފިޔާ, 8002/1581-އެސް )08-28-2008( ބިލަށްވާ 2585ރުފިޔާ, 2008/951-އެސް )08-28-2008( ބިލަށްވާ 1010 ރުފިޔާ އަދި 2008/261-އެސް )08-29-2008( ބިލަށްވާ 531ރުފިޔާއާ އެކު ޖުމްލަ 6047 ރުފިޔާއެވެ.
މިޚަރަދުތަކުގެ އިތުރުން, ޑީ.އާރު.ޕީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މިކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނާއެކު ގެންނެވި ބޭފުޅުންގެ ފަރިއްކޮޅަށް ހިނގި ޚަރަދުތަކަށްވެސް ކޮޅުމަޑުލު އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދޭ ލިޔުން ތައްވެސް އެސިޓީއާ އެކު ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/600 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/603 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000759 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 247.50 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/608 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000756 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/163 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/599 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000747 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި , ތ. ވޭމަންޑޫ ގެއިން ހުށަހަޅާފައިވާ -/410 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/600 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000748 ގެ ޗެކުން ފައިސާދައްކާފައިވާކަން އެމައްސަލައާ އެކު ފޮނުވި ލިޔުންތަކުގައި ހިމެނެއެވެ.
އަދި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/100 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/602 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000750 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ތ. އަތޮޅު ސްޓޯރުން ހުށަހަޅާފައިވާ -/144 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/598 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000746 ގެ ޗެކުން ފައިސާ ދައްކާފައިވާކަމާއި ތ, ވޭމަންޑޫ ފިހާރައަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/120 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/609 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000757 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 516 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރ ނަންބަރު 2008/607 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000755 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/630 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/605 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000753 ގެ ޗެކަށް ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/600 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/604 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000752 ގެ ޗެކުން ފައިސާދައްކާފައިވާކަން އަދި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 27/2105 ރުފިޔާގެ ބިލާއި 50/1427 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/610 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000758 ގެ ޗެކުން ފައިސާ ދައްކާފައިވާކަން ލިޔުންތަކާއެކު ހުށަހަޅާފައިވެއެވެ.
މިބިލްތަކާއި ވައުޗަރތަކުގެ ކޮޕީއެއް ޖަޒީރާއަށްވެސް ވަނީ ލިބިފައެވެ. މިހުރިހާ ބިލުތަކަށް ޖުމްލަ 11،682.77ރުފިޔާ އަރައެވެ.
މިކަމާ ގުޅިގެން ތ އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާ މުހައްމަދު ފުޅު ވިދާޅުވީ ތ އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކަށް އެފައިސާ ދައްކާފައިވާނީ އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ކަމަށާއި އެކަމަށް ގާތްގަނޑަކަށް 14 ހާހެއްހާ ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.
”ގާތްގަނޑަކަށް 14 ހާހެއްހާ ރުފިޔާ އެއީ. ޔަޤީނެއް ނޫން އަދަދެއް. އެފައިސާ ދެއްކީ އިމަޖެންސީ ފަންޑުން“ މުހައްމަދުފުޅު ވިދާޅުވިއެވެ.
އެފައިސާ އެގޮތަށް ދެއްކެވީ ކީއްވެގެންތޯ ދެންނެވުމުން މުހައްމަދު ފުޅު ވިދާޅުވީ އެފައިސާ ދައްކާފައިވަނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފަނު ކުރެއްވި ޚަރަދު ތަކަކަށް ވާތީ ކަމަށެވެ.
”އެމަނިކުފާނުގެ ފަރިއްކޮޅަށް ޚަރަދުވި ފައިސާއެއް އެއީ. އެޚަރަދުތައް ކުރީ މިއޮފީހުން“ މުހައްމަދުފުޅު ވިދާޅުވިއެވެ.
މުހައްމަދުފުޅު ވިދާޅުވީ ޑީއާރުޕީގެ މީހުން އޭގައި ނުހިމެނޭނެ ކަމަށާއި އޭގެތެރެއިން އިތުރުބަޔަކަށް ކޮށްފައިވާ ޚަރަދުގެ ބިލުތައް ޑީއާރުޕީ އޮފީހަށް ފޮނުވާފައިވާނޭ ކަމަށެވެ.
”އެއީ އެމަނިކުފާނާއެކު ގެންނެވި ފުލުހުންނާ ސިފައިންގެ ޚަރަދު. އެބޭފުޅުންގެ ކެއުންވެސް ބެލެހެއްޓެވީ މިއޮފީހުން. އެކަމަކު އޭގެ ބިލުތައް ވާނީ މިހާރު ޑީއާރުޕީ އޮފީހަށް ފޮނުވާފައި. އެއީ ހީވާގޮތުން ގާތްގަނޑަކަށް 7 ހާސް ނުވަތަ 6 ހާސް ރުފިޔާ. ސީދާ އަދަދު ދަންނަވަން ދަތި“ މުހައްމަދުފުޅު ވިދާޅުވިއެވެ.
ތ އަތޮޅަށް މައުމޫން ކުރެއްވި ކެމްޕޭން ދަތުރުގެ ހަރަދުގެ ފައިސާ އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ދީފައިވާކަން ހާމަވެއްޖެ
















0 Comments:
Post a Comment