މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

މާމެންދޫގައި ތަޅާފޮޅުމާއި މާރާމާރީ އާންމުވެފައިވަނީ ބިރުގަންނަދަރަޖައަށް

ހައްދުންމަތީ މާމެންދޫގައި މިހާރަކަށް އައިސް ވައްކަމާއި ތަޅާފޮޅުން އާންމުވެ ރަށުގެ އާންމުން ދިރިއުޅުމަށް އުދަގޫވާހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.މުޅިރަށުގައި ބިރުވެރިކަމެއް ފެށިފައިވާއިރު މިކަމާ ރަށު އޮފީހުން އެއްވެސް ވަރަކަށް އަޅާނުލާކަމަށް ރަށުގެ އާންމުން ތުހުމަތުކުރެއެވެ.މާމެންދޫ ލައިވަށް މައުލޫމާތު ލިބިފައިވާގޮތުގައި 31އޮގަސްޓު ގައި މާމެންދޫގެ ދެޒުވާނުންގެ ދެމެދުގައި ހިގި ހަމަނުޖެހުމެއްގައި

ލ.މާމެންދޫ ކަފަމާގޭ އަބުދުލް ހަމީދު އިދުރީސްއާއި ލ.މާމެންދޫ ދަކަނދާމާގެ ހުސައިންރަޝީދު(ޕޮލިސް)މިދެމީހުންކުރެ ހަމީދުގެ ކޮލުގައި ރަޝީދު ދަތްއެޅިއެޅީނުން ކޮލުންމަސްގަނޑެއް ކަނޑައިނަގާފައިވެއެވެ.އަދި މިމަންޒަރު މިނޫހުގެ ރިޕޯރޓަރުންނަށްވަނީ ފެނިފައެވެ.އަދި ހަމައެރޭގައި މާމެންދޫގައި ހިނގާދިޔަ މަސްތުވާތަކެއްޗާގުޅުންހުރި ދެމައްސަލައެއްގައި ފުލުހުން މާމެންދޫއަށް އައިސް މާމެންދޫގެ ތިންޒުވާނަކު ބަންދުކުރުމަށްފަހު މިހާރު ދެޒުވާނަކުދޫކޮށްލާފައިވެއެވެ. މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ހަކުރުވިއްކުމާއި ވިޔަފާރި ކުރުމުގައި އަރާހުރި އަދި ވަރަށް ފާޅުގައި ރަށުގައި ހަކުރުވިއްކުމުގައި ހަރަކާތްތެރިވާ ބޯޅަދަނޑުގޭ މޫސާހުސައިންއެވެ.ކުރިންދެންނެވުނު މާރާމާރީއާއި ތަޅާފޮޅުމުގެ ހަގީގީ ފެށުމަކީ މަސްތުވާތަކެއްޗެވެ.މުޅިރަށްމިކަމުގައި ނާމާންވެ ބަފަޔާދަރިން ތަޅާފޮޅާ ހަދަންފެށުމުން މީގެ ދެދުވަސްކުރިން ފުލުހުން މާމެންދުއަށް ދިޔަދިއުން މިއީ މިހާތަނަށް މިފަދަ މައްސަލައެއްގައި ފުލުހުން ހަރަކާތްތެރިވި ފުރަތަމަފަހަރެވެ. މިއީވެސް އަމިއްލަފާރާތަކުން ރިޕޯރޓުކުރުމުން މައްސަލަބެލުމަށް އައި ފުލުހުންނެވެ.ކުރިންދެންނެވުނު މައްސަލަ ފެންމަތިވީ މާމެންދޫ އީސާބޭގެ މޫސަގެ ދަބިދަރި މަސްތުވެހުރެ ވަޅިހިފައިގެން މޫސަގެ ދަރިންނާއި އާއިލާމީހުން މެރުމަށް ދުވެހަޅޭވާ ހަދަންފެށުމުން މޫސަ ރިޕޯޓުކުރުމުންނެވެ.މިފަދަ ކަންކަމާއި ރަށުގެ އޮފީހުން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ފޭރާންދަށްވެ އަހުވަންތަ ގުޅުން ކެޑިގެން ދަނީއެވެ. ރަށުގެ ޒުވާނުންގެ 80 އިންސައްތަ ޒުވާނުން މަސްތުވުމުގެ ވަބާގައި ޖެހިފައިވާއިރު މިކަން މާމެންދޫގެ ކަމާބެހޭފަރާތްތަކަށް ބޮޑުވެގެން ނޫޅެއެވެ.ލ.އަތޮޅުގެ މަސްތުވާތަކެތީގެ މައި ހަބުގެ ގޮތުގައި މިވަގުތު އޮތީ މާމެންދޫކަން މާމެންދޫލައިވުން ހެދި ސާވޭއަކުން ދައްކައެވެ. އަތޮޅުގެ ނިސްބަތުން ބޮޑެތި ހުރިހާ ޑީލަރުން ތިބީ މާމެންދޫގައެވެ.އަތުންފައިން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއްނުކޮށް ތިބޭ ޒުވާނުން މަހަކު ދެފަހަރު މާލެއަށް ދަތުރުއަޅާ ބާޒާރުކޮށްލާ ހަދަނީ އެއްވެސް ހިޔާލެއްފިކުރެއްނެތިއެވެ.


0 Comments:

 
© All rights reserved by maamendhoo live 2008