ލ.ގާދޫ ފަޅުތެރެއިން ބައެއް ހިމެނޭ ގޮތަށް 200 އެދުގެ ޓޫރިސްޓު ރިޒޯޓެއް ތަރަށްގީކުރުމަށް ބީލަމަށް ހުޅުވާލުމުން ލ.ގާދޫފަޅުތެރެއިން ބައެއް ހިމެނޭގޮތަށް ރިސޯޓު ތަރަށްގީ ކުރުމަށް އެއްވެސްފަރާތަކުން ހުށަހަޅާފައިނުވެއެވެ.މިއަދު މެންދުރު .
މޫކައި ހޮޓަލުގައި ބޭއްވި ބިޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ހއ.ކެލާގައި މިފަދަ ރިސޯޓެއްހެދުމަށް ދެފަރާތުން ބިޑު ހުށަހަޅާފައިވާއިރު ލ.ގާދޫގައި ރިސޯޓު ތަރަށްގީކުރުމަށް ހުށަހަޅާފައިނުވަނީ ކީއްވެބާއެވެ. ލ.ގާދޫއަކީ ޓޫރިޒަމް ތަރަށްގީކުރުމަށް ލ.އަތޮޅުގައި އެންމެރަގަޅު އެއްލޮކޭޝަނަކަށް ވާނީވެސް ގާދޫ ހިމެނޭ ސަރަހައްދު ކަމަށް ލ.އަތޮޅުގެ ރައްޔިތުން ގަބޫލުކުރެއެވެ.ގާދޫއަކީ ވެލާއަރާކަމަށް ރާއްޖޭގައި މަޝްހޫރުރަށެކެވެ. މިހާރުވެސް ގާދޫއަށް ގިނަ އަދަދަކަށް ވެލާ އަރައި ބިސްއަޅާހަދައެވެ. ލއަތޮޅުގައި މީގެ ތިންހަތަރު އަހަރުކުރިން ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ލ.އޮޅުވެލި އަދިވެސް ނުނިމޭކަންފާހަގަ ކުރެއެވެ.ލ.އަތޮޅަށް ފަތުރުވެރިކަން ގެންގޮސް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި މިއަދުގެ ސަރުކާރުން ވަރަށްބޮޑަށް ފަރުވާކުޑަކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ. މިހާރުވެސް ލ. ގަމުގަޔާއި ލ.ބޮޑުފިނޮޅުގައި ޓުރެއިނިން ސްކޫލަކާއި އެކު ރިސޯޓެއް ހެދުމުގެ ވާޙަކަ ސަރުކާރުން އިއުލާނުކޮށްފައިވެއެވެ. މިފަދަ ހުސްވާހަކަތަށް ރައްޔިތުންރުއްސުމަށް އަބަދުވެސް މިސަރުކާރުން ދައްކާހަދައެވެ
ލ.ގާދޫގައި ރިސޯޓު ހަދާނެފަރާތެއްނުވި
















0 Comments:
Post a Comment