މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

ލ. ހިތަދޫ ރައްޔިތުންގެ ވޯޓް އެރަށު ބޮޑުކަތީބަށް 90 ހާސް ރުފިޔާ ދިން ކަމަށް ބުނާ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި

ލ.ހިތަދޫ ރައްޔިތުންގެ ވޯޓް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޕާޓީން ވާދަ ކުރާ މައުމޫނު އަބުދުލް ގައްޔޫމަށް ހޯދައިދިނުމަށް އެރަށު ބޮޑުކަތީބަށް 90 ހާސް ރުފިޔާ ދިން ކަމަށް ބުނާ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.


މިމަހުގެ 22 ވަނަ ދުވަހު ހިތަދޫ މީހަކު އިލެކްޝަން ކޮމިޝަނަށް މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޑީއާރުޕީގެ ކެމްޕޭނަށް އެޓޯލްސް މިނިސްޓަރުގެ ނައިބު އެއަތޮޅަށް ވަޑައިގެން ބޮޑުކަތީބު އަބުދުއް ރަހީމު އިދުރީސްއާއި އަބުހާގޭ އަހުމަދު މުހައްމަދާއި ގެންގޮސް އެމީހުން އަތަށް 90 ހާސް ރުފިޔާ ދީފައިވާ ކަމަށް ބޮޑުކަތީބު ގިނަ ބައެއްގެ ކައިރީގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މި އިންތިހާބުގައި މައުމޫނަށް އެރަށު ރައްޔިތުން ވޯޓް ލައިފިނަމަ އެ ފައިސާތައް ބަހާނެ ކަމަށާއި ވަކިވަކި ގޭގެއަށް ވަދެ މައުމޫނަށް ވޯތް ދެވޭނީ ކިހާވަރެއްގެ ފައިސާއެއް ދިނީމަތޯ އަހައި އެގޭގެނަމާއި ގެތަކުން ދިނުމަށް އެދެމުންދާ ފައިސާގެ އަދަދުވެސް ހޯދާފައިވާ ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެގޮތަށް ވާހަކަ ފެތުރުމުގެ ސަބަބުން ރަށު ތެރޭގައި ހީނުކުރާފަދަ ކަންތައްތަކެއް ވޯޓްލާ ދުވަހާއި ދިމާކޮށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެހެން ކަމުން އެ މައްސަލަ އަވަހަށް ބަލައި ފިޔަވަޅެއް އަޅައިދިނުމަށެވެ.

2 Comments:

farihibe said...

ތިކަހަލަ ކިތައް 90 ހާސް އެއޮއް ބަހާ ނަގަނީ

Adhaalathu oriyaan kuraa site said...

Qasim Adhaalatha dhinee kitha rufiyaa baa

 
© All rights reserved by maamendhoo live 2008