މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

ބަރަކާތްތެރި ފިތްރް ޢީދުގެ ތަހްނިޔާ މާމެންދޫ ލައިވްގެ އެންމެހާ ކިޔުންތެރިންނަށާއި އެންމެހާއި މުސްލިމުންނަށް އަރިސް ކުރަން






އިތުރު ތަފްސީލް

ތ އަތޮޅަށް މައުމޫން ކުރެއްވި ކެމްޕޭން ދަތުރުގެ ހަރަދުގެ ފައިސާ އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ދީފައިވާކަން ހާމަވެއްޖެ


ޖަޒީރާ ނޫސް



ޑީއާރުޕީގެ ޒައީމް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ތ އަތޮޅަށް ކުރެއްވި ކެންޕޭން ދަތުރުފުޅުގެ ޚަރަދުތަކުގެ ފައިސާ ތ އަތޮޅުގެ އިމަޖެންސީ ފަންޑުން ދައްކާފައިވާކަން ފަޅާ އަރައިފިއެވެ.


ތ އަތޮޅު މީހަކު މިހާރު ވަނީ އެމައްސަލަ, ކޮރަޕްޝަންގެ މައްސަލައެއް ކަމުގައި ދެކޭތީ އޮޑިޓްކޮށްދިނުމަށް އެދި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާފައެވެ.

އޭނާ އެކަމަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި 27 އޮގަސްޓް 2008 އިން 29 އޮގަސްޓް 2008 އަށް ކޮޅުމަޑުލުގެ ރަށްރަށަށް ޑީ.އާރު.ޕީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނާއި އަރިހުގައި ގެންދެވި ބޭފުޅުންގެ ފަރިއްކޮޅަށް ނެގި ތަކެއްޗަށް ތ. ވޭމަންޑޫ ފިހާރައިން ހެދި ބިލުތައް ޑީ.އާރު.ޕީއަށް ރައްދުކުރުމަށް އަތޮޅު އޮފީހުގެ ސެކްރެޓަރީއެއް ކަމަށްވާ ވޭމަންޑޫ, ގަދަގޭ އަޙްމަދު ސަޢީދުއާ 29 އޮގަސްޓް 2008 ގައި ޙަވާލުކުރުމުން އެބިލުތަކުގައި އޭނާ އެތާރީޚުގައި ޙަވާލުވުމަށްފަހު, އެއްދުވަސް ފަހުން އައިސް އެބިލުތައް އަތޮޅުއޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

އަދި ޑީ.އާރު.ޕީގެ ނަމުގައިވާ އެ ބިލުތައް އަތޮޅު އޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް އެދުމުން އެބިލުތަކުގައި އަތޮޅު އޮފީހުގެ ނަން ޖަހައި ދިނުމުން, އެއާ އަތޮޅުއޮފީހުގެ ފަރާތުން ޙަވާލުވެ, ދުވަސްތަކަކަށްފަހު 20 ސެޕްޓެމްބަރ 2008 ގައި ކޮޅުމަޑުލު އަތޮޅު އޮފީހުގެ ނަންބަރ 2008/611 (18.09.2008) ގެ ވައުޗަރުން އެބިލްތަކަށް އަތޮޅު އޮފީހުގެ އިމަރޖެންސީ ފަންޑުން ފައިސާ ދެއްކުމަށް ހުއްދަދީފައިވާ ކަމަށެވެ.

ކޮޅުމަޑުލު އަތޮޅު އޮފީހުގެ ނަންބަރު 2008/611 (18.09.2008) ގެ ވައުޗަރުން ދެއްވި މިހުއްދައިގެ މަތިން އަތޮޅުއޮފީހުގެ ނަންބަރު 000759 )އެކައުންޓް ނަމްބަރު 7725361195003 ( ގެ ޗެކުން ވަނީ އެ ބިލުތަކަށް ފައިސާ ދައްކާފައިވެއެވެ.

އެބިލުތަކާއި އަގުތަކަކީ ” 2008/154-އެސް )08-27-2008( ބިލަށްވާ 723.50ރުފިޔާ, 8002/155-އެސް )08-27-2008( ބިލަށްވާ 332.00 ރުފިޔާ, 2008/156-އެސް )08-27-2008( ބިލަށްވާ 794ރ، 2008/157-އެސް )08-27-2008( ބިލަސްވާ 71 ރުފިޔާ, 8002/1581-އެސް )08-28-2008( ބިލަށްވާ 2585ރުފިޔާ, 2008/951-އެސް )08-28-2008( ބިލަށްވާ 1010 ރުފިޔާ އަދި 2008/261-އެސް )08-29-2008( ބިލަށްވާ 531ރުފިޔާއާ އެކު ޖުމްލަ 6047 ރުފިޔާއެވެ.

މިޚަރަދުތަކުގެ އިތުރުން, ޑީ.އާރު.ޕީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މިކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނާއެކު ގެންނެވި ބޭފުޅުންގެ ފަރިއްކޮޅަށް ހިނގި ޚަރަދުތަކަށްވެސް ކޮޅުމަޑުލު އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދޭ ލިޔުން ތައްވެސް އެސިޓީއާ އެކު ހުށަހަޅާފައިވެއެވެ.

އޭގެ ތެރޭގައި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/600 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/603 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000759 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 247.50 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/608 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000756 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/163 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/599 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000747 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި , ތ. ވޭމަންޑޫ ގެއިން ހުށަހަޅާފައިވާ -/410 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/600 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000748 ގެ ޗެކުން ފައިސާދައްކާފައިވާކަން އެމައްސަލައާ އެކު ފޮނުވި ލިޔުންތަކުގައި ހިމެނެއެވެ.

އަދި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/100 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/602 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000750 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ތ. އަތޮޅު ސްޓޯރުން ހުށަހަޅާފައިވާ -/144 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/598 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000746 ގެ ޗެކުން ފައިސާ ދައްކާފައިވާކަމާއި ތ, ވޭމަންޑޫ ފިހާރައަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/120 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/609 އިން ހުއްދަދީ, އަތޮޅުއޮފީހުގެ ނަންބަރު 000757 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި, ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 516 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރ ނަންބަރު 2008/607 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000755 ގެ ޗެކުން ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/630 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/605 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000753 ގެ ޗެކަށް ފައިސާދައްކާފައިވާކަމާއި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ -/600 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/604 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000752 ގެ ޗެކުން ފައިސާދައްކާފައިވާކަން އަދި ތ. ވޭމަންޑޫ ގެއަކުން 29 އޯގަސްޓް 2008 ގައި ހުށަހަޅާފައިވާ 27/2105 ރުފިޔާގެ ބިލާއި 50/1427 ރުފިޔާގެ ބިލަށް އަތޮޅު އޮފީހުގެ ޕޭމަންޓް ވައުޗަރު ނަންބަރު 2008/610 އިން ހުއްދަދީ, އަތޮޅު އޮފީހުގެ ނަންބަރު 000758 ގެ ޗެކުން ފައިސާ ދައްކާފައިވާކަން ލިޔުންތަކާއެކު ހުށަހަޅާފައިވެއެވެ.

މިބިލްތަކާއި ވައުޗަރތަކުގެ ކޮޕީއެއް ޖަޒީރާއަށްވެސް ވަނީ ލިބިފައެވެ. މިހުރިހާ ބިލުތަކަށް ޖުމްލަ 11،682.77ރުފިޔާ އަރައެވެ.

މިކަމާ ގުޅިގެން ތ އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާ މުހައްމަދު ފުޅު ވިދާޅުވީ ތ އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކަށް އެފައިސާ ދައްކާފައިވާނީ އަތޮޅު އޮފީހުގެ އިމަޖެންސީ ފަންޑުން ކަމަށާއި އެކަމަށް ގާތްގަނޑަކަށް 14 ހާހެއްހާ ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.

”ގާތްގަނޑަކަށް 14 ހާހެއްހާ ރުފިޔާ އެއީ. ޔަޤީނެއް ނޫން އަދަދެއް. އެފައިސާ ދެއްކީ އިމަޖެންސީ ފަންޑުން“ މުހައްމަދުފުޅު ވިދާޅުވިއެވެ.

އެފައިސާ އެގޮތަށް ދެއްކެވީ ކީއްވެގެންތޯ ދެންނެވުމުން މުހައްމަދު ފުޅު ވިދާޅުވީ އެފައިސާ ދައްކާފައިވަނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފަނު ކުރެއްވި ޚަރަދު ތަކަކަށް ވާތީ ކަމަށެވެ.

”އެމަނިކުފާނުގެ ފަރިއްކޮޅަށް ޚަރަދުވި ފައިސާއެއް އެއީ. އެޚަރަދުތައް ކުރީ މިއޮފީހުން“ މުހައްމަދުފުޅު ވިދާޅުވިއެވެ.

މުހައްމަދުފުޅު ވިދާޅުވީ ޑީއާރުޕީގެ މީހުން އޭގައި ނުހިމެނޭނެ ކަމަށާއި އޭގެތެރެއިން އިތުރުބަޔަކަށް ކޮށްފައިވާ ޚަރަދުގެ ބިލުތައް ޑީއާރުޕީ އޮފީހަށް ފޮނުވާފައިވާނޭ ކަމަށެވެ.

”އެއީ އެމަނިކުފާނާއެކު ގެންނެވި ފުލުހުންނާ ސިފައިންގެ ޚަރަދު. އެބޭފުޅުންގެ ކެއުންވެސް ބެލެހެއްޓެވީ މިއޮފީހުން. އެކަމަކު އޭގެ ބިލުތައް ވާނީ މިހާރު ޑީއާރުޕީ އޮފީހަށް ފޮނުވާފައި. އެއީ ހީވާގޮތުން ގާތްގަނޑަކަށް 7 ހާސް ނުވަތަ 6 ހާސް ރުފިޔާ. ސީދާ އަދަދު ދަންނަވަން ދަތި“ މުހައްމަދުފުޅު ވިދާޅުވިއެވެ.



އިތުރު ތަފްސީލް

މައުމޫން ލ.އަތޮޅައް ވަޑައި ގަންނަވަނީ


ކެމްޕެއިން ދަތުރު ފުޅެއްގައި މައުމޫން 2 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހު ހައްދުންމަތީގެ ބައެއް ރަށްރަށައް ވަޑައިގަންނަވާނެއެވެ.މިދަތުރުފުޅހުގައި މާވަށް،މާބައިދޫ،ގަން،ފޮނަދު އައްވަޑައި ގަންނަވާނެއެވެ.ރޭކުރައްވާ ގޮތައް އޮތީ ކައްދޫ ގައެވެ.


މިދަތުރުފުޅުގައި މައުމޫން އެއްމެ ފުރަތަމަ ވަޑައި ގަންނަވާ ގޮތައް އޮތީ މާވަށަށެވެ.މާވަށައް ވަޑައި ގަންނަވާނީ ކުޑަހުވަދޫގައި އިދު ފާހަގަ ކުރުމުގެ ނަމުގައި ކެމްޕޭން ކުރައްވާފައެވެ.މެންދުރު މާވަށުގެ ރައްޔިތުންނާ ބައްދަލް ކުރައްވާފަ ދެން ވަޑައި ކަންނަވާނީ މާބައިދޫ އަށެވެ.މާބައިދޫން ދެންވަޑައި ގަތުމަށް ހަމަޖެހިފަ އޮތީ ކައްދު އަށެވެ.ކައްދޫގަ މަޑުކުރެއްވުމަށް ފަހު އެރޭ ގަން އަދި ފޮނަދޫގައި ޖަލްސާ ބާއްވާ ގޮތައްވަނީ ހަމަޖެހިފައެވެ.

މައުމޫނުގެ މިދަތުރުފުޅުގައި އަތޮޅުގެ އެހެން ރަށަކައް ވަޑައި ގަންނަވާ ކަމެއް އަދި މާމެންދޫ ލައިވް އަކަށް ކަށަވަރެއްނުވެއެވެ.އަދި މައުމޫން މާމެންދޫ އަށް ވަޑައި ނުގަންނަވާތާ 28 އަހަރު ވެދާނެ ކަމަށް ވެއެވެ.މާމެންދޫ އަށް މައުމޫން ވަޑއި ގެންނެވި ކަމައް ވަނީ އެއްމެ ފަހަރަކުއެވެ.އެއީ ވެރިކަމާއި ހަވާލުވެ ވަޑައި ގަތުމަށްފަހު ފުރަތަމަ 2 އަހަރު ތެރޭ މުޅި ރާއްޖެއައް ކުރެއްވި ދަތުރު ފުޅުގައެވެ.އެހެންވީމާ ދެންނެވޭނީ މައުމޫނަކީ އެއްވެސް ވަރަކަށް މާމެންދޫ ރައްޔިތުންގެ އިހްސާސްތައް ދެކެން ބޭނުންވާ ބޭފުޅެއް ނޫންކަމުގައެވެ.އެކަހަލަ ކިތައްމެ ރަށެއް މިރާއްޖޭގަ ވެއެވެ.ތަކުރާރުކޮއް އެއް ރައްތަކަށް ވަޑައިގަންނަވާ އިރުވެސް މިދެންނެވި ފަދަ ރަށަކައް ވަޑައި ގަތުމުގެ ވިސްނުން ފުޅެއް ނުގެން ގުޅުއްވައެވެ.ފަހަރެއްގަ އެރަށް ރަށައް ވަޑައިގެން ގޮވާލެވޭނެ ކަލައެއްނެތީމަ ކަމަށްވެސް ވެދާނެއެވެ.



އިތުރު ތަފްސީލް

ލ. ހިތަދޫ ރައްޔިތުންގެ ވޯޓް އެރަށު ބޮޑުކަތީބަށް 90 ހާސް ރުފިޔާ ދިން ކަމަށް ބުނާ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި

ލ.ހިތަދޫ ރައްޔިތުންގެ ވޯޓް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޕާޓީން ވާދަ ކުރާ މައުމޫނު އަބުދުލް ގައްޔޫމަށް ހޯދައިދިނުމަށް އެރަށު ބޮޑުކަތީބަށް 90 ހާސް ރުފިޔާ ދިން ކަމަށް ބުނާ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.


މިމަހުގެ 22 ވަނަ ދުވަހު ހިތަދޫ މީހަކު އިލެކްޝަން ކޮމިޝަނަށް މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޑީއާރުޕީގެ ކެމްޕޭނަށް އެޓޯލްސް މިނިސްޓަރުގެ ނައިބު އެއަތޮޅަށް ވަޑައިގެން ބޮޑުކަތީބު އަބުދުއް ރަހީމު އިދުރީސްއާއި އަބުހާގޭ އަހުމަދު މުހައްމަދާއި ގެންގޮސް އެމީހުން އަތަށް 90 ހާސް ރުފިޔާ ދީފައިވާ ކަމަށް ބޮޑުކަތީބު ގިނަ ބައެއްގެ ކައިރީގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މި އިންތިހާބުގައި މައުމޫނަށް އެރަށު ރައްޔިތުން ވޯޓް ލައިފިނަމަ އެ ފައިސާތައް ބަހާނެ ކަމަށާއި ވަކިވަކި ގޭގެއަށް ވަދެ މައުމޫނަށް ވޯތް ދެވޭނީ ކިހާވަރެއްގެ ފައިސާއެއް ދިނީމަތޯ އަހައި އެގޭގެނަމާއި ގެތަކުން ދިނުމަށް އެދެމުންދާ ފައިސާގެ އަދަދުވެސް ހޯދާފައިވާ ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެގޮތަށް ވާހަކަ ފެތުރުމުގެ ސަބަބުން ރަށު ތެރޭގައި ހީނުކުރާފަދަ ކަންތައްތަކެއް ވޯޓްލާ ދުވަހާއި ދިމާކޮށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެހެން ކަމުން އެ މައްސަލަ އަވަހަށް ބަލައި ފިޔަވަޅެއް އަޅައިދިނުމަށެވެ.

އިތުރު ތަފްސީލް

ހަސަން ސައީދުގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް ތަބަކަކަށް ލައިގެން ނުކުމެ ނުބަހާނެ


މީގެ ދެތިން އަހަރު ކުރިއެވެ.އެރުގެ ބަންޑާރަ ނައިބު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގަ ވިދާޅުވާތީ އަޑު އެހީމެވެ."ރައްޔިތުންގެ ހައްގުތައް ތަބަކަކަށް ލައިގެންގޮސް އެއްވެސް މީހަކު ނުދޭނެއެވެ.ހައްގު ހޯދަން ޖެހޭނީ މަސައްކަތް ކުރާށެވެ."އާދެ މީ ކުރީގެ ބަންޑާރަ ނައިބު ޑރ.ހަސަން ސައީދު ވިދާޅުވި ބަސްފުޅެކެވެ.

އެނގިވަޑައިގަންނަވާތޯއެވެ.އޭރު އެހެންވިދާޅުވި ޑރ.ހަސަން ސައީދު މިހާރު މި އުޅުއްވަނީ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވައިގެންނެވެ.ވަރަށް ގިނަ ވައުދުވެސް ދަނީވެވަޑައި ގަންނަވަމުންނެވެ.ހިލޭ ބޭސްފަރުވާ 1 އަހަރު ދުވަސް ތެރޭ ދެއްވާނެކަމަށެވެ.18 އަހަރުން މަތީގެ ކޮއްމެ ރައްޔިތަކަށް ބޯހިޔާ ވަހިކަން ހޯއްދަވާ ދެއްވާނެ ކަމަށެވެ.ބޭސް ފަރުވާއަށް ސަލާމމް ޖަހަން ނުޖެހޭ ގޮތައް އިންޝޯރެންސް ސްކީމެއް ތައާރަފް ކުރުން ކަހަލަ އާއްމު ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ އެތައް ކަމެއް ހަސަނުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

އެހެންނަމަވެސް އުފެދޭ ސުވާލަކީ ހަސަނަށް ވެރިކަން ލިބިއްޖެނަމަ ހަސަނުގެ މެނިފެސްޓޯގައިވާ ފޮނި މީރުކަން ރައްޔިތުންނަށް ލިބިދާނެބާވައެވެ.ގިނަ މީހުން ބުރަވާ ގޮތުގައި ހަސަނަކަށް އެވާ ވައުދު ތަށް ފުއްދައެއް ނުދެވޭނެއެވެ.ފުއްދައި ދޭކަށް ބޭނުމެއްވެސް ނުވާނެއެވެ.އަދި ހަސަނުގެ ވެރިކަމެއް މިރާއްޖޭގަ އުފެދިއްޖެނަމަ އެވާނީ ރައްޔިތުންނަށް ލިބޭ އިތުރު ވޭނަކަށެވެ.މައުމޫންގެ ހުދުމުހުތާރު ވެރިކަމެކޭ ތަފާތެއް ނުވާނެއެވެ.ރައްޔިތުން ޖެހޭނީ ހައްގު ހޯދަން ހަޅޭ ލަވަ ލަވަ ތިބޭށެވެ.ބޯހިޔާ ވަހިކަމާއި، އިންޝޯރެންސާއި،ތައުލީމީ ފުރުސަތުތައް ތަބަކަކަށް ލައިގެން ނުކުމެ ހަސަނު ހަސުނު ނުބަހާނެއެވެ.އެކަން އެގޮތަށް ނުކުރާނެ ވާހަކަ އެއޮތީ ހަސަނު އަންގާފައެވެ.

އިތުރު ތަފްސީލް

މުސްކުޅި ފުޅުވި ދުވަހު ފޯވާޑަކަށް ކުޅުއްވަން ނިންމަވައިފި


ދިވެހި ރައްޔިތުންގެ ޕާތީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް މިއޮއް ހުރިހާ ދުވަހު ކުޅުއްވަމުން ގެންދެވި ކީޕަރު ކަމުގެ މަގާމް ދޫކުރައްވާ ފޯވާޑަކަށް ކުޅުއްވަން ނިންމަވައިފިއެވެ.


މައުމޫން ފޯވާޑަކަށް ކުޅުއްވަން ބޭނުންފުޅުވާކަން ހާމަ ކުރެއްވީ ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވުމަށް ކޮންމެ 5 އަހަރަކުން 1 އަހަރު ރާއްޖޭގެ ކަންކޮޅު ތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ މިއަހަރުގެ އެޕިސޯޑް ގައި ހިމެނޭ ރައްތަކުގެ ތެރެއިން ކ.އަތޮޅު ހުރަޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލް ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.އެމަނިކުފާނު ވިދާޅުވި ގޮތުން އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓްނަރ އަހުމަދު ތަސްމީން އަލީ ފޫއަޅުވާނުލެވޭނެ އެއްވެސް ޑިފެންސް ލައިނެއް އެއްވެސް ޓީމެއްގައެއްނެތެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން މައުމޫން ވިދާޅުވީ އިދިކޮޅު ޑިފެންސް ތައް ފޫއްޅުވައި ޓީމްތައް ކޮޅަށް ގިނަގޯލް ތަކެއް ޖަހައި ކުރިއަށް އޮޔް މުބާރާޔް (ވޯލްޑް ކަޕް) ކާމިޔާބް ކުރައްވާނެ ކަމަށެވެ.މީހަކު އަޅެ ހައިރާނެއް ނުވާނެ ތޯއެވެ.މައުމޫން މިހެން ވިދާޅުވި އިރު އެހެން ޓީމްތަކުގެ ޑިފެންސް ލައިން ޒުވާން ކަމާއި ހުނަރުވެރިކަން ހުރި މިންވަރު ހަމަ ނޭގުނީހެއްޔެވެ.އަދި މައުމޫންގެ ޓިމަށް އެކުޅޭ ގިނަމީހުންހެން އެހެންޓީމުތަކަށް ކުޅޭ ކުދިންނަކީ އަމިއްލަ އެދުމާއި ފައިސާގެ ދަހިވެތި ކަމުގެ ބަދަލްގައި ޓީމް ލޯބީގައި ކުޅޭ ޖޯޝް ހުރި ކުދިން ކަން ނުދެނެ ހުރީހެއްޔެވެ.ނޫނީ މައުމޫނަށް އަދިވެސް ހީފުޅުވަނީ ޗަމްޕާ މެނާ އެކު ކުރިކެޓް ކުޅުއްވި އިރު އަން މަނިކުފާނުއޭ ޖައްސަވާށޭ ކިޔާ ރީތިކޮއް އެއްލާ ބޯޅަތައް ޖެއްސެވީމާ އާނ އެއޮއް ޖެއްސެވީ ހަޔަކަށޭ ކިޔާ އޭރު ކުޅެން އުޅުނު މީހުން އަތް ޖަހާހެން މިހާރުގެ ކުދިންވެސް އެހެން ހަދާނެ ކަމައެތޯއެވެ.އެހެނެއް މިހާރަކު ނުވާނެއެވެ.

މައުމޫނަށް އެގިވަޑައި ނުގަތަސް އިދިކޮޅު ޓީމް ތަކުގައި ތިބީ ކުޅަދާނަ ހުނަރުވެރި ޖޯޝް ހުރި ކުދިންނެވެ.އިދި ކޮޅު ޓީމް ތަކުގައިމައުމޫން ފޫއަޅުވާލާނޭ ހަތިޔާރު އެބަހުއްޓެވެ.އެއްމއ ފަސޭހައިން ފޫ އަޅުވާލެވޭނެ ހަތިޔާރު ހުރީ އިދިކޮޅު ޖުމްހޫރީ ޓީމްގައެވެ.ޑޮކްޓަރުންގެ ޓީމަކީވެސް އެހާކުޅަދާނަ ޒުވާން ޓީމެކެވެ.އެކަން އެއްމެ ބޮޑައް އެގެނީ އެއްމެ 5 ދުވަހުގެ ތެރޭގައި 5000 މީހުން އެޓީމަށް ސޮއެކުރުމުންނެވެ.ސޯޝަލް ޓީމަކީ ނުކުޅެދޭ ޓީމެކޭ މައުމޫނަށް ހީވިޔަސް ގޯލް ޖެހުމުގައި މައުމޫނަށްވުރެ މާ ބޮޑުތަންވެސް ކުޅެދޭނެއެވެ.އައިޑީޕީ ގެ ޓީމުގެ ޑިފެންސް ވެސް މައުމޫނަކަށް ނުސިހޭނެއެވެ.އެ ޓީމްގެ އެއްމެ އިސް 2 ފޯވަޑުންނަކީ މިލިޓްރީ ތަމްރީނު ހޯދާފައިވާ އަޒުމް ވަރުގަދަ ޒުވާން ކަމުގެ ލޭ ހިގާ 2 ޒުވާނުނެވެ.ދެން އޮތީ މައުމޫން އެއްމެ ޖެހިލުންވާ ތީމެވެ.މި ވީހާ ތަނަށް މައުމޫން ޓީމް ކޮޅަށް އެއްމެ ގިނަ ގޯލްޖެހި ޓީމެވެ.އެވެސް މައުމޫން ލައްވަ ޖެހި ބައިގޯލްތަކެވެ.އެޓީމަކީ މިވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި ފާހަގަ ކޮށްލެވޭ ބޮޑެތި ކާމިޔާބު ތަކެއް ހޯދާފައިވާ ގުޅިގެން ހިތްވަރާ އެކު މަސައްކަތް ކުރާ ތީމެކެވެ.

މިހެން މިކަން އޮތް އިރު މައުމޫނައް ފޫ އެޅުވޭނީ ޑިފެންސެއްތޯއެވެ.މުސްކުޅިފުޅުވީމަވެސް ޑިފެންސް ފޫ އަޅުވާ ތާށި ހޯދާ ވާހަކަ ވިދާޅުވާން ޖެހިލުމެއް ނުވޭތޯއެވެ.ޖެހިލުން ނުވިޔަސް އެގޭ އެއްޗަކީ އެއްވެސް ޓީމެއްގެ ޑިފެންސް މައުމޫންގެ ޓީމަށް ފޫ އަޅުވާ ނުލެވޭނެކަމެވެ.އަދި ހޯދަން އެވިދާޅުވާ ތަށްޓަކީ ރިހަ ބޯތަށްޓެއްކަމެވެ.





އިތުރު ތަފްސީލް

މާމެންދޫގައި ހިންގި މާރާމާރީއެއްގައި ބަންގާޅީ އަކަށް ވަރައްބޮޑަށް އަނިޔާވެއްޖެ

މިރޭ މާމެންދޫގައި ހިގި މާރާމާރީއެއްގައި ބަންގާޅީއަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ. މިރޭ އިރާކޮޅު ހިގި މިމާރާމާރީ ހިގަންމެދުވެރިވީ މާމެންދޫގައި ކޮންސްޓްރަކުޝަން މަސައްކަތް ކުރަން ގެންގޮސްފައި ތބޭ ގުރޫއްޕެއްގެ މީހަކު މާމެންދޫ ކުއްޖަކާ ޖެހުނު މައްސަލައެށް ހޫނުވުމުގެ ސަބަބުންނެވެ.

މިމާރާމާރީ ހިންގާފައިވަނީ ދިހަވަރަކަށް މީހުން ހިމެނޭ ގުރޫޕެއް ބަންގާޅީން ތިބޭ ގެއަށް ގޮސް އެގޭތެރެއަށް ގަދަކަމުން ވަދެ ބަންގާޅި މީހާ މަގުމައްޗަށް ނެރެގެންނެވެ. މިމައްސަލަ މާމެނދޫ އޮފީހުން މިހާރު ގެންދަނީ ބަލަމުންނެވެ.


އިތުރު ތަފްސީލް

ރައްޔިތުންގެ އިންޖީނުގޭ ފައިސާތަކެއްހިފައިގެން ކަތީބުގެ ކޮށްކޮ މާލެއަށް ހިގައްޖެ

ކުއްލި ޙަބަރު
ހައްދުންމަތީ މާމެންދޫ އިންޖީނުގެއަށް މިމަހު ކަރަންޓު ފައިސާގެ ގޮތުގައި ބަލައިގަތް ފައިސާގެ ތެރެއިން 12000 އަށްވުރެ ގިނަ ފައިސާ ހިފައިގެން
މާމެންދޫގެ ކަތީބުގެ ކޮށްކޮ މޫސާ ނަޝީދު ލ.މާމެންދޫ ފިލިގަސްދޮށުގެ ރީހެބަށް ދިއުމަށް މާލެ ހިގައްޖެއެވެ

މީނާ އަކީ ރަށުގައި މަސްތުވާ ތަކެތި ބޭނުންކުރުމުގައި ވަރަށްބޮޑަށް މަޝްހޫރުވެފައިވާ މީހެކެވެ. ނަމަވެސް މިވީހައިތަނަށް މީނާއަށް މިކަމުގައި ރަށުގެ އޮފީހުން ހިމާޔަތް ދިނުމުގެ ސަބަބުން އާއިލާގެ މީހުންނާއި ކޮންމެވެސް ވަރަކަށް މައްސަލަޖެހި ނަޝީދުގެ ބައްޕަގެގެއިން ނަޝީދުގެ އަންހެނުންނާއި ދަރިފުޅު ވަނީ ބޭރުކޮށްފައެވެ. އެމްލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ އަންހެނުންވެސް މިހާރު ހުރީ މާލޭގައެވެ.ނަޝީދު މާލެއައީ ރައްޔިތުންގެ ފައިސާތަކެއް ހިފައިގެން ފިލައިގެން ކަމުގައި ވާތީ ރަށުގެ އެތަންމިތަނުގައި މިފައިސާއާއި ބެހޭ ތަފާތު ޝުއޫރު ފާޅުކޮށް ފާރުތަކުގައި ލިޔުންތައްވަނީ ހިއްޕާފައެވެ. މިގޮތުން މިފައިސާއަށް ޒިންމާވާނި ކާކުތޯއާއި މިފައިސާ ރައްޔިތުންނަށް ހޯދައިދޭނީ ކަތީބު އިބުރާހީމް ޝިޔާމްތޯ އާއި ނަޝީދުގެ ބައްޕަ އަބުދުއްރަހުމާނު މޫސާތޯ ވެސް ސުވާލުތައް އުފަށްދާފައިވެއެވެ. މިކަމާގުޅިގެން ރަށު އޮފީހަށް މައުލޫމާތު ލިބުމުން ރަށު އޮފީހުގެ މުވައްޒަފެއްކަމުގައިވާ ހުސައިންރަމީޒަށް ކަތީބު އަންގާފައިވަނީ މިވާހަކަ ރަށުތެރޭގައި ނުދެއްކުމަށް ކަމަށް ރަމީޒު ބުންޏެވެ. މިކަމާ ޒިންމާ ވަނީ ކާކުތޯ ސުވާލުކުރުމުން ކަތީބު ބުނުއްވިކަމަށްވަނީ މިފައިސާ ދައްކަންޖެހިއްޖެ ނަމަ އެފައިސާ ކަތީބު ދައްކާނެކަމަށެވެ. ކީއްވެގެންތޯ ދައްކަންޖެހިއްޖެނަމަ ދައްކާނެވާހަކަ ތިބުނުއްވަނީ؟ މިހެން ސުވާލުކުރުމުން ދެން އެވާހަކަ ނުދެއްކުމަށް އެދިފައިވެއެވެ. މީގެ ކުރީންވެސް މާމެންދޫ އިންޖީނުގޭގައި ފައިސާގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. މިގޮތުން ކުރިގަމުގޭ އިބުރާހީމް ސަލީމާއި ކުރީގެ ކަތީބުއަބޫބަކުރު ހުސައިންގެ ކޮށްކޮ މޫސާހުސައިންގެ މަތްޗަށް ވަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުއްސާބިތުވެގެން އަދަބުދީފައެވެ. މޫސާހުސައިން ރައްޔިތުންގެ ފައިސާއަށް ޙިޔާނާތްތެރިވިކަމަށް ހުކުމްކޮށް އަރުވާލާފައި ހުއްޓައި މިފަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ މައާފުގެ ދަށުންވަނީ މިނިވަންވެފައެވެ.މާމެންދޫ އިންޖީނުގެއަކީ ރައްޔިތުންގެ އިންޖީނުގެއެކެވެ.


އިތުރު ތަފްސީލް

ހަންނާނު ވިދާޅުވީ ހުވާކުރެއްވިފަހުން ތަޅުދަނޑިފައްޗާއި ފިސްތޯލައެއް ސީދާ މައުމޫނާ ހަވާލުކުރެއްވި ކަމަށް

ރާއްޖޭގެ ވެރިކަމާ ހަވާލުވުމުގެ އެއް ދުވަސް ކުރިން ހަތިޔާރު ގުދަނުގެ ތަޅުދަނޑި ލިބިވަޑައިގެން ކަމަށް ވިދާޅުވެ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމް ދެއްކެވި ވާހަކަތައް އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލް ހަންނާނު ހަލީމް ދޮގުކުރައްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ގައުމީ ޓީވީން ދުރަށްދައްކަމުން ގެންދިޔަ ‘ސިޔާސަތު’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ 10 ނޮވެމްބަރ 1978 ދުވަހުގެ ރޭ މެންދަމު 12 ޖެހިވަގުތު ނުވަތަ 11 ނޮވެމްބަރަށް ވީ ވަގުތު ކަމަށެވެ. އަދި އޭގެ އެއްދުވަސް ކުރިން އޭރުގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީއަށް ހުންނެވި ބޭފުޅާ ވަޑައިގެން މައުމޫނު އަތްޕުޅަށް ހަތިޔާރު ގުދަނުގެ ތަޅުދަނޑި ދެއްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

” އެބޭފުޅާ ވިދާޅުވީ ރައީސް ވިދާޅުވިއޭ މި މައުމޫނު އަތްޕުޅަށް އަރުވާށޭ. އެހެންވީމާ އެ ހަތިޔާރު ގުދަނުގެ ތަޅުދަނޑިފަތި އަޅުގަޑުގެ އަތުގައި އޮތީމާ އެ އަޅުގަނޑު އަތުގައި ހަތިޔާރު ހުރީ ރައީސަކަށް ވެގެން އަޅުގަނޑު ބޭނުންކުރަން, ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި. މުޅި ދައުލަތުގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑި އޭގެ އެއްދުވަސް ކުރިން ގެނެސް އަޅުގަނޑާ ޕަބްލިކް ސޭފްޓީ މިނިސްޓަރު ހަވާލުކުރެއްވީ. އެމަނިކުފާނު މިއަދުވެސް އެބަހުންނެވި. ސުވާލުކުރެއްވީމާ ވިދާޅުވާނެ އެގޮތަށް. އެއީ އަޅުގަނޑު ބުނިވާހަކަ. އަޅުގަނޑު އަތުގައި ނުވަތަ ގައިގައި ނުވަތަ އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ހަތިޔާރެއް ނުގެންގުޅެން ނުވެސް ހުންނާނެ.“ މައުމޫނު ވިދާޅުވި އެވެ.

ސިޔާސަތު ޕްރޮގްރާމްގައި ސުވާލުކުރެއްވުމަށް މައުމޫނު ވިދާޅުވި, އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބުދުލް ހަންނާނު ހަލީމާ, ޖަޒީރާއިން ސުވާލު ކުރުމުން ވިދާޅުވީ މައުމޫނު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެތަޅުދަނޑި ހަވާލުކުރީ ހުވާ ކުރެއްވި ފަހުން ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރައްވުމަށް މިހާރު މައްކާއަށް ވަޑައިގެން ހުންނެވި އަބްދުލް ހަންނާން ހަލީމް ފޯނުން ޖަޒީރާއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބަޑި ގުދަނުގެ ތަޅުދަނޑި އޮންނަނީ އޭނާގެ އަތުގައި ކަމަށާ ތަޅުދަނޑި މައުމޫނާ އޭނާ ހަވާލުކުރެއްވީ ނޮވެމްބަރު 11 ދުވަހުގެރޭ މައުމޫން ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު މުލީއާގެއަށް ވަޑައިގަތުމުން އެ ގެއަށް ވަޑައިގެން ކަމަށެވެ.

އަދި ތަޅުދަނޑިފަތި ހަވާލުކުރެއްވީ ސީދާ މައުމޫނާ ކަމަށާއި ތަޅުދަނޑިފަތީގެ އިތުރުން އަބްދުލް ހަންނާން އަތްޕުޅުގައި އޮތް ފިސްތޯލައެއްވެސް މައުމޫނާ ހަވާލުކުރެއްވިކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސަތު ޕްރޮގްރާމްގައި މައުމޫނު ދެއްކެވި ވާހަކަތަކަށް ބާރު ދިނުމަށް ރައީސް އޮފީހުން މިއަދު ވަނީ 11 ނޮވެމްބަރު 1978 ގައި ރައީސް އޮފީހުން ފޮނުވައިފައިވާ ދެ ސިޓީއެއް ހާމަކޮށްފަ އެވެ.

ލެޓިން އަކުރުން ލިޔެ ފޮނުވައިފައިވާ ސިޓީތަކުގައި ވަނީ 10 ނޮވެމްބަރު 1978 ން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް މައުމޫން އަބްދުލް ގައްޔޫމް އަރިހުގައި އައްސަވައިގެން ކުރިއަށް ގެންދެވުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އަބްދުލް ހަންނާން ވިދާޅުވީ މިއަދު ރައީސް އޮފީހުން މީޑިއާއަށް ފޮނުވާފައިވާ 2 ސިޓީ އޭނާއަށް ފެނިފައިނުވާ ކަމަށާ ނަމަވެސް ނޮވެމްބަރު 10 ވަނަ ދުވަހު މެންދުރު އޭރުގެ ރައީސް އިބްރާހިމް ނާސިރު ފޯނު ކުރައްވާ އެރޭ 12 ގެ ފަހުން މައުމޫން ވިދާޅުވި ގޮތަކަށް މިނިސްޓްރީގެ ކަންތައްތައް ކުރުމަށް ވިދާޅުވިކަމުގައެވެ.


އިތުރު ތަފްސީލް

ވޯޓްގައި ބައިވެރި ވުމުގެ ފުރުސަތު އެއްމެނަށް ދެއްވާ


މިދުވަސްވަރަކީ ރާއްޖޭގެ ތާރީޙްގައި ވަރައް ފާހަގަ ކޮއްލެވޭ ދުވަސް ވަރެކެވެ.ވޭތުވެ ދިޔަ 30 އަހަރުގައި ދަމަހައްޓަމުން އައި "ކުޑަކާފު ބޮޑު ކާފު"ގެ ކުޅިވަރު ނިމި ދިވެހި ރައްޔިތުންނަށް އެމީހަކު ބޭނުންވާ މީހަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވުމުގެ އިޙްތިޔާރު ޤާނޫނު އަސާސީން ލިބިދިން ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދުވަސްވަރެވެ.
މިފަދަ މުހިއްމު އިންތިހާބެއް ބޯމަތި ވެފައި ވާ އިރު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައްވެސް އެބަހުއްޓެވެ.ކަންބޮޑު ވާންޖެހޭ މައްސަލަތައްވެސް އެބަ ހުއްޓެވެ.ވޭތުވެ ދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ޤާނޫނުވެފައި ވަނީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ނުކުތާއެއް އޭގައި ހިމެނޭ ޤާނޫނެކެވެ. އާދެ!އެއީ ވޯޓް ލާންބޭނުން މީހުން ރަޖިސްޓްރީ ކުރުމަށް އޮތް ނުކުތާއެވެ.އަޅުގަނޑު ކަންބޮޑު ވަނީ މިގޮތަށް މި ނުކުތާ އޮތުމުން އެތައް ބައެއްގެ ވޯޓްލުމުގެ ހައްޤު ގެންލިގެން ދާނެތީއެވެ.އެހެނީ މިވޭތުވެ ދިޔަ 30 އަހަރު މިރާއްޖެ ތަރައްޤީ ކުރުމަށް މައުމޫން ދުރަށް ވިސްނަމުން،ރާވަމުން،ކުރަހަމުން ކުލަ ޖައްސަވާފައި ވާލެއް ފުރިހަމަކަމުން ކިތައްމެ އާދައިގެ ޒަރޫރީ ބޭނުމަކަށް ވެސް މިޖެހެނީ ކަނޑު ފަތާފަ މާލެ އަށް ދާށެވެ.

މިހެން މިކަން އޮތް އިރު އިލެކްޝަން ކޮމިޝަނުން އެއަންގާ ގޮތަށް ކަން ކޮފިއްޔާ ހަމަ ޔަޤީނުންވެސް ވޯޓް ލުމައް ލިބިފައިވާ ފުރުސަތު ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ގެއްލިގެން ދާނެއެވެ. އެގިވަޑައި ގަންނަވާނޭ ފަދައިން މާލޭގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ނިސްބަތްވާ ތިރީހަކަށް ހާހަށް ވުރެ ގިނަމީހުން މާލޭގައި އުޅޭނެއެވެ.އަދި ހުއްޓުމެއް ނެތި އަބަދުވެސް މާލެއަށް ދަތުރުވެރިން ގޮސް އައިސް ވާނެއެވެ.މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުނަށް ވޯޓް ލާ ދުވަހު މާލޭގައި ވޯޓްލެވޭނެ ކަމުގެ އުއްމީދު އޮތަސް ދަތުރުވެރިންނަށް ވޯޓް ލެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތޭ ދެންނެވިދާނެއެވެ.އެހެނީ ދަތުރުވެރިންނަށް ވޯޓްލާ ދުވަހު ތިބެވޭނީ ކޮންހިސާބެއްގައި ކަމެއް މިމަހުގެ 25 ގެ ކުރިން އެގޭނީ ކިހިނަކުން ތޯއެވެ؟ވޯޓް ލާށޭ ކިޔާފަ ކާން ބޯން ކުރާ މަސައްކަތް ހުއްޓާލެވޭހާ އަތްމަތި ތަނަވަސް މީހުން ވަރަށް މަދުވާނެއެވެ.އެހެން ކަމުން އެތައް ދަތުރު ވެރިންނެއްގެ ވޯޓް ލުމުގެ ފުރުސަތު ގެއްލިގެންދާނެކަން ޔަޤީނެވެ. ދަތުރު ވެރިންގެ އިތުރުންވެސް ވޯޓް ލުމުގެ ފުރުސަތު ގެއްލި ދާނެކަމުގެ ބިރު ހުރިހާ ރައްޔިތުންނަށްވެސް އެބަ އޮތެވެ.އެހެނީ 25 ގެ ކުރިން ވޯޓްލާން ނިއްމިތަން ބަދަލް ވުމަކީ ވަރައް ކައިރި ކަމެކެވެ.ހަމަ ކުއްލި ކަމެއް ދިމާވެގެން ވޯޓްލާން ނިއްމާފައިވާތަން ދޫކޮށް ފުރަން ޖެހުމަކީ މިރާއްޖޭގެ ހާލަތު އޮތްގޮތުން ނުވުމަށް ވުރެ،ވުން ކައިރިކަމެކެވެ. އެހެން ކަމުން އަޅުގަނޑު ދަންނަވަން އޮތީ މި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން މިހާރުވެސް ޔަޤީން ވެއްޖެ ވާހަކައެވެ.އެހެނީ އެއްވެސް މީހެއްގެ ހައްގު ގެއްލިއްޖެނަމަ އިންސާފުވެސް ގެއްލުނީއެވެ.އެހެން ކަމުން މިގޮތަށް މިކަން ނުހިގާނެ ގޮތަކަށް ގާނޫނު ބަދަލް ކުރުމަށް ގޮވާލަމެވެ.ދިވެހި ރައްޔިތެއްކަން އެގޭފަދަ ލިޔުމެއް އަތުގައި އޮވެއްޖެނަމަ ވޯޓް ފޮށި ބެހެއްޓިފައިވާ ކޮންމެ ތަނަކަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލަމެވެ


އިތުރު ތަފްސީލް

ގަބޭ އަށް މެސެޖެއް


ބަލަ ގަބޭލަތީފުއެވެ.މާމެންދޫ ލައިވް އަކީ ކަލޯ ސައިޓް ހިންގާހެން ވަކި ފަރުދެއް ޕްރޮމޯޓް ކުރަން އުޅޭ ބައެއްނޫނެވެ.މިސައިޓް މިހިންގާ ޓީމަކީ އެއައްވުރެ ފުދިގެން އުޅޭ ބަޔަކީމުއެވެ.މި ސައިޓަކީ މިނިވަން ކަމާއެކު އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ލިއުމުގެ ހައްޤު ލިބިގެންވާ ބަޔަކީމުއެވެ.ކަލޯހެން "ބޮސް" މޫނު ހަދާފާނެތީ ސަނާ ކިޔަންޖެހޭ ބައެއްވެސް ނޫނެވެ.
ބަލަ ގަބޭލަތީފުއެވެ.މާމެންދޫ ލައިވް އަކީ ކަލޯ ސައިޓް ހިންގާހެން ވަކި ފަރުދެއް ޕްރޮމޯޓް ކުރަން އުޅޭ ބައެއްނޫނެވެ.މިސައިޓް މިހިންގާ ޓީމަކީ އެއައްވުރެ ފުދިގެން އުޅޭ ބަޔަކީމުއެވެ.މި ސައިޓަކީ މިނިވަން ކަމާއެކު އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ލިއުމުގެ ހައްޤު ލިބިގެންވާ ބަޔަކީމުއެވެ.ކަލޯހެން "ބޮސް" މޫނު ހަދާފާނެތީ ސަނާ ކިޔަންޖެހޭ ބައެއްވެސް ނޫނެވެ.
ގަބޭ ލަތީފޫއެވެ.މާމެންދޫ "ކުރި" އަބޫބަކުރު ހުސައިން ގެ ފަތްފުއްތަކުން ކުޑަ ކުޑަ މިންވަރެއް ހާމަ ކޮއްލުމުން ވަރަށް އަސަރު ކޮއްފިދޯއެވެ.ހިތާމަޔަކީ ލަތީފު އެއްގަޑުން ވިސްނީތީއެވެ.މިސައިޓްގެ މަގުޞަދު ނޭގުނީތީ އެވެ.މިސައިޓަކީ މިނިވަންކަމާ،އިންސާފު ވެރިކަމާ އެކު ރައްޔިތުންނަށް ހަޤީޤީ މައުލޫމާތު އޮޅުވާލުމެއްނެތި ފޯރު ކޮއްދިނުމުގެ ނިޔަތުގައި މާމެންދޫގެ ޒުވާނުން ކޮޅެއް ހިންގާ ސައިޓެކެވެ.
އެގޮތުގެ މަތިން އަބޫބަކުރު ހުސައިންގެ ކަތީބު ކަމުގައި މާމެންދޫގެ ތައުލީމަށް ކޮށްދީ ފައިވާ ޙިދުމަށް ތަންކޮޅެއް ކުރީގެ ލިއުމެއްގައި ވާނީ ފާހަގަ ކޮއްފައެވެ.އެކަމުންވެސް ދޭހަ ކޮއްދެނީ މިސައިޓުން ވަކިމީހަކާ ޖައްސާލައިގެން ނުވަތަ ވަކި މީހެއްގެ އަގު ވައްޓާލުމަށް އުފައްދައިގެން އުޅޭ ސައިޓެއް ނޫންކަމެވެ.މިނިވަން އިންސާފްވެރި ކަމާ އެކު މިކަން ކުރެވޭނީ ރައްޔިތުންނަށް ހަގީގަތް ހާމަ ކޮއްދީގެނެވެ.ބަކުރުގެ ކަތީބު ކަމުގައި ކޮއްފައިވާ ރަނގަޅު ކަންތައް ފާހަގަ ކުރި ފަދައިން ބަކުރުގެ ވެރިކަމުގައި ހިންގާފައިވާ ނޭއްގާނީ ކަންތައްވެސް ރައްޔިތުންނައް ހާމަކޮއްދޭން ޖެހޭނެ ކަމުގައި މިޓީމުން ދެކެމެ.
ބަލަ ގަބޭ އެވެ.ކުޑަ ކުޑަ ރަށެއްގެ އާއިލީ ގުޅުމުގެ ވާހަކަ ހަދާން ހުރީތީ އުފާކުރާ ހާލު ދަންނަވަމެވެ.އެކަމަކުވެސް މާމެންދޫގެ އާއިލީ ގުޅުމުގެ ހާލަތު ގަބޭ އައްވުރެ ބޮޑައް މިޓީމައް އެގޭނެ އެވެ.ކިތައްމެ ފޮނިވެލާފަ މއ.ބޯގަންވިލާ އިބްރާހިމް އިސްމާއިލް އާ ދިމާލަށް މާމެންދޫގަ ރަޖިސްޓްރީ އޮތްވާހަކަ ގޮވައިލިޔަސް މާމެންދޫގެ ހާލަތެއް ގަބޭ ލަތީފަކަށް ނޭގޭނެ އެވެ.އަދި މާމެންދޫ މިއަދު އޮތް ހާލަތައް ދުއްވައިލީ ކާކު ކަމެއް ގަބޭލަތީފަކައް ނޭގޭނެއެވެ.މާމެންދޫ އަކީ މަސްތުވާތަކެތީގެ ހާއްޔަކަށް ވީ އިރު އެއީކީ ތިމަންނަޔާ ބެހޭކަމެއް ނޫނޭ ބުނެ ބޮލުން ނައްޓަލީ ކާކު ކަމެއް ނޭގޭނެ އެވެ.ރަށުގައި ޢިޖްތިމާއީ ގުޅުން ކަނޑު ވާލީ ކާކު ކާމެއް ގަބޭ ބޭބެ އަކަށްނޭގޭނެ އެވެ.ރަށުގެ ހުރިޙާ ވަޒީފާ ތަކެއް އާއިލާ މީހުނަށާއި ޅިޔަން ފަހަރިންނަށް އަދި ގާތް ރައްޓެހިންނަށް ބަހާ މުޅި ރަށް ފަސާދަ ކޮއްލީ ކާކުކަމެއް ބޭބެ އަކަށް ނޭނގޭނެ އެވެ.މިދެންނެވި ކަންތައް ތަކުގެ މުގުލުގަ ހުރި މީހަކީ ގަބޭ ތިޔަބުނާ ބަކުރެވެ.
މިފަދަ މީހަކުގެ ވާހަކަ ގަބޭމެން ކަހަލަ މާމެންދޫގަ ރަޖިސްޓްރީ އޮވެ،މިކަހަލަ ކަންތައް ނޭނގޭ މާމެންދޫ މީހުނަށާއި ދިވެހި އެންމެހާ ރައްޔިތުނަށް ހާމަ ކޮއްދިނުމަކީ އަޅުގަނޑުމެންގެ ޒިއްމާ އެއްކަމުގައި ދެކިގެން ކުރި ކަމެކެވެ.އަދި ކުރިއަށް އޮތްތަނުގައި ކުރާނެ ކަމެއްކަންވެސް ގަބޭ އައްގަމެވެ.މާމެންދޫ ރައްޔިތުންގެ ހައްގުގައެވެ.ދިވެހި ރައްޔިތުންގެ ހައްގުގައެވެ. ގަބޭއެވެ. މިހިސާބުން މިވާހަކަ ބްރޭކް ކޮއްލަމެވެ. ނަމަވެސް އަދި މިޕޮރޮގުރާމްގެ އިތުރުބައިތަކެއް ކުރިޔަށް އެބައޮތެވެ



އިތުރު ތަފްސީލް

އެމްޑީޕީއަކީ މިލިޓަންޓް ޖަމާއަތެއްކަމަށް ވިދާޅުވި ވަހީދު އަންނިގެ ރަނިންމޭޓަކަށް ހަމަޖައްސައިފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޤައުމީ އިއްތިހާދު ގުޅިގެން ކޯލީޝަނެއް ހަދައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ގެ ރަނިން މޭޓަކަށް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު (ޑރ.ވަހީދު) ހަމަޖައްސައިފިއެވެ. އަންނިގެ ރަންނިންމޭޓަކަށް ޑރ.ވަހީދު ހަމަޖެއްސެވިކަން އިއުލާން ކުރެއްވީ އިއްޔެ ހަވީރު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ރަސްމީއްޔާތެގައެވެ.


ތަފްސީލް



އިތުރު ތަފްސީލް

ހަތިޔާރުއެއީ ކޯންޗެއްތޯ؟

ހަތިޔާރުއެއީ ކޯންޗެއްތޯ؟ އަޅުގަނޑު ނުގެންގުޅެން އެއްވެސް ތޫނު ހަތިޔާރެއް. އަޅުގަނޑު އަތަކު ނޯންނާނެ ފިސްތޯލެއް, ބަޑިއެއް, ވަޅިއެއް, ކަޓަރެއް, އެއްވެސް އެއްޗެއް ނޯންނާނެ. އަޅުގަނޑުގެ ޖީބުގައި ގަލަމެއް އޮންނާނެ. އެއީ ހަތިޔާރަކީ.“

” އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. އެއްވެސް ތަނެއްގައެއް ބުނެފައެއް ނޯންނާނެ އަޅުގަނޑު ހުވާކުރިއިރު ފިސްތޯލެއް ހިފައިގެން ހުރީމޭ. އެހެން ބުނެފައެއް ނޯންނާނެ އެއްވެސް އިރަކު އެއްވެސް ތަނެއްގައެއް.“” އަޅުގަނޑު ބުނި އެއްޗެއް އޮންނާނެ, މާފަހުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަމުން ބުނިން. އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު ހަތިޔާރު އެބަހުއްޓޭ އަޅުގަނޑުގެ ބެލުމުގެ ދަށުގައި.“

” އެރޭ މިތަނަށް ހުވާކުރަން އައި އިރުއަޅުގަނޑުގެ ވަރަށް އެކުވެރި ވަރަށް ގާތް, ހައެއްކަ ބޭފުޅުން އަތްޕުޅުގައި ހަތިޔާރުވެސް ހުންނާނެ. އެއީ އެއްވެސް ކަމެއް ދިމާވެއްޖިއްޔާ ހަމަ ވަގުތުން އެރޭވެސް އަޅުގަނޑުމެން ގަސްދުކުރީ ރައްޔިތުން އެކަން ނިންމާފައި އޮތްގޮތަށް ކަންތައް ގެންދަން. އެއްވެސް މީހެއްގެ ބިރު ދެއްކުމަކަށް ބިރުނުގަންނަން. ގާނޫނީ ގޮތުން ރައްޔިތުން އަޅުގަނޑު ހޮވާފައިވާތީ އަޅުގަނޑު ގަސްދުކޮށްފައި އޮތީ ކޮންމެ ކަމެއް ދިމާވިޔަސް އެކަމުގައި ހުންނަން. އެހެންވީމާ އޭރުގެ ގޮތުން ބަލާއިރު އެރޭ އެކުރެވުނީ ޣައިރު ގާނޫނީ ކަމަކަށްވެސް ވެދާނެ. އޭރު އަދި އަޅުގަނޑު ރައީސްކަމަކާ ހަވާލެއް ނުވަން. އެހެން ނަމަވެސް އަޅުގަނޑު އަތުގައި ހަތިޔާރު ހުރި. އަދި އަޅުގަނޑު މިދެންނެވި މީހުން އަތުގައިވެސް ހަތިޔާރު ހުރި. އެއީ އޭރު ކަންތައްތައް އޮތްނެތް ގޮތެއް ނޭނގޭތީ ރައްޔިތުންގެ ދިފާއަށްޓަކާ. ކޮންމެވެސް ނުބައި ރޭވުމެއް ރޭވިގެން އެރޭ ކަންތައްތައް އެހެން ގޮތަކަށް ހިނގައިދާނެތީ އަޅުގަނޑު ހަމަޖެއްސި ހަމަޖެއްސުމެއް.(ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތް ކުރާ މަޖިލީހުން ނެރެފައިވާ ‘ގޯދީ ރާޖާގެ ނާކާމިޔާބުވި ބަޣާވާތް’ ފޮތުގައި މައުމޫނު ވިދާޅުވިކަމަށް ބުނެފައިވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ހަތިޔާރު ހުރިކަމަކަށް ނޫނެވެ.)


އިތުރު ތަފްސީލް

ރިކޯ މޫސައަކީ ރައްޔިތުންގެ އިހުސާސް އެގޭ މެންބަރެއް


ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހައްދުންމަތި ތަމްސީލުކޮށްފައިވާ އެހެން އެއްވެސް ފަރާތަކަށް ނުލިބިވާ ޓުރެކުރެކޯޑެއް މޫސާ މަނިކު( ރީކޯ ) ގާއިމް ކުރަމުން އެހެރަގެންދަނީއެވެ.މިހާރުވެސް ހައްދުންމަތީގެ ރައްޔިތުންގެ ހައްގުގައި އަދި ގައުމުގެ ރައްޔިތުންގެ ހައްގުގައި ވަރަށް ސާބިތު ކަމާ ކެރުމާއެކު އެހުންނެވި

މޫސާ މަނިކު މަޖިލީހުގެ އިމުގެ ތެރެއަށް ހަންދުންމަތި ތަމްސީލުކުރުމަށް ވަނީއްސުރެ މިއަދާހަމައަށް ފެނިފައިވަނީ އެއްގޮތެއްގައި ހިފެހެއްޓެވި މަޖިލީހުގެ މަދު މެންބަރުންގެ ތެރެއިން މެންބަރެއްގެ ގޮތުގައެވެ. ހައްދުންމަތީގެ ރައްޔިތުން ގަބޫލުކުރާ ވަރަށްބޮޑު ހަގީގަތަކީ މީގެކުރީން ލ.އަތޮޅުގެ މަޖިލިސްގެ ގޮޑީގައި ތިއްބެވި އަދިމިހާރު ހުންނެވި އެއްވެސް ބޭފުޅަކު ރައްޔިތުންގެ ހައްގުގައި މިހާތަނަށް ކުރި އެއްވެސް ކަމެއްނެތްކަމެވެ. މިހާރު މަޖިލީހުގައި މޫސައާއިއެކު ހައްދުންމަތި ތަމްސީލުކުރަށްވާ އެންދެރިމާގޭ އިލްޔާސް އިބުރާހީމް އަކީ މަޖިލީހުގައި ވާހަކަދައްކަން ޖެހިލުންވާ ޅިޔަނު ނުރުހިދާނެތީ އެއްވެސް ކަމަކަށް އިސްލާހެއްވެސް ހުށަހަޅުއްވާ ބޭފުޅެއްނޫނެވެ. އެކަމު އިލްޔާސްއަށް މަޖިލީހުގައި އިންނެވުނު ހައިސިއްޔަތު އޮޅިވަޑައިގަތުމަކީ މައްސަލައެކެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް މަޖިލީހުގެ ހައްދުންމަތީގެ މެންބަރުކަމުން އިލްޔާސް އިސްތިއުފާ ދެއްވުމަކީ ހައްދުންމަތީގެ ރައްޔިތެއްގެ ހައިސިއްޔަތުން އެދޭ އެދުމެކެވެ. ރީކޯ މޫސަ މަޖިލީހަށް ވަނުމުން އަމިއްލަ އަތޮޅަށް އެތަށްފަހަރަކު ކުރިމަތިލައިގެންވެސް ނުހޮވިފައިވާ ހޯރަފުށީސަލީމުމެން ބުނަމުން ދިޔައީ މޫސައަކީ ތައުލީމެއް އަދަބެއް އަހުލާގެއްނެތް ވަކަރުގޭ މިހެއްކަމުގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މޫސަ ދައްކައިދިނީ އަދި ދައްކަމުންދަނީ އެބުނާ އިލްމީ ޝައިހުންނާއިޢާލިމުންނަށްވުރެ ހުށިޔާރުކަމާ ކުޅަދާނަކެމެވެ. ރައްޔިތުންގެ އިހުސާސްތައް ވަރަށްކެރިގެން މަޖިލީހުގައި ހާމަކުރަށްވައެވެ. މިހާރު މިއޮތް އަނިޔާވެރި ސަރުކާރަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވަނީ މޫސަގެ އަމިއްލަ ތަޖުރިބާއާއި ރައްޔިތުންގެ ހިޔާލާތުގެ ވަރަށް ބޮޑު ހަގީގަތެއްގެ މަތީގައެވެ. މަޖީލީހުގައި ހައްގުބަސްބުނާ މަދުނަމަވެސް މިފަދަ އިހުލާސްތެރީން ތިބިކަމީ މޫސަ ހޮވަން މަސައްކަތްކުރިމީހެއްގެ ހައިސިއްޔަތުން އުފާކުރާކަމެކެވެ. މޫސަ ހޮވުމަށްޓަކައި އަޅުގަނޑުގެ އަމިއްލަނަފުސަށް ލިބުނު އެއްވެސް މަންފާއެއްވާނަމަ އެއީ މޫސަ މަޖިލީހުގައި ދައްކަވާ ސާބިތުކަމެވެ. މީގެ ކުރީން ހައްދުންމަތްޗަށް ދަންޑަހެލް ،އަބުދުއްރަޝީދާއި އަބުދުﷲމަޖީދާއި ހަސަންމަނިކާއި އިސްމާއިލް ނަސިރުވެސް މަޖިލީހުން ފެނުނެވެ. މީގެތެރެއިން ސީދާ ސަރުކާރުގެ މަސްލަހަތަށް މިހާރުގެ މެންބަރުގެ އިތުރުން އަބުސީއާއި މަޖީދު ވަރަށްބޮޑަށް މަސައްކަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އެމީހުންތަމްސީލު މިކުރަނީ މައުމޫނުގެ މެންބަރުކަންހެން ހީވާފަދަ ގޮތަކަށް މަސައްކަތްކޮށްފައި ވެއެވެ. ބަލައިލްޔާސް އެވެ. ކަލޭ ހޮވީ ހައްދުންމަތީގެ ރައްޔިތުންނެވެ. ކޮށްކޮ ނަސްރީނާ މައުމޫނަށް ދީފައި ވޯޓު ރައްޔިތުންނަށް ދޭށެވެ. މަޖިލީހުގައި މައުމޫނަށް ކަލޭގެ ވޯޓްދޭކަށް ނުޖެހެއެވެ. ކަލެއަށްދެވޭނީ ތަރިކަ މުދަލުން ލިބުނު ކޮށްކޮ ނަސްރީނާއެވެ


އިތުރު ތަފްސީލް

މީދަލަށް ކޮކަޑިލީމާ ވާގޮތް މާމެންދޫ ނެގުނު ކަތީބަށް ވެއްޖެ


މާމެންދޫ ނެގެނެ ކަތީބު މާމެންދޫ ކުރި އަބޫބަކުރު ހުސައިން ކަތީބުކަމުން ދުރު ކުރި ފަހުން ފަހަރަކު ކެންޑިޑޭޓެއްގެ ތައްޕާހަށް ގޮސް ރޮއި އާދޭސް ކުރަނީއެވެ. އެމީހެއްގެ ވެރިކަމުގައި އޭނާ މާމެންދޫ ކަތީބުކަމަށް ލައިދޭތޯ އޭނާގެ މޮޅުވާހަތައް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ތަފާތު ކެންޑިޑޭޓުންނަށް

ހުށަހަޅައިދެނީއެވެ.މީގެ ކުރީން މީނާ ކަތީބުކަމުގައި ހުރެގެން ރައްޔިތުން ދެއްކި އަނިޔާވެރިކަމުގެ ވާހަކަ ކިޔުންތެރީންނާއި ހަމައަށް ގެނެސް ދީފައިވާނެއެވެ. އަދިވެސް ކަތީބުކަން ބޭނުންވަނީ އާއިލީ ނުފޫޒުން ރަށުގެ ރައްޔިތުން ހަންމަތަކޮށް ރަށުގެ ޒުވާންޖީލް މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމާއި މިފަދަ ނުބައި ކަންކަމުގައި އިތުރަށް ސުންނާފަތަކޮށްލުމަށް ކަމަށް ވެދާނެއެވެ. އަބޫބަކުރުހުސައިން ވަނީ ކަތީބުކަމުން ވަކިކުރުމުން އެމްޑިޕީގެ އޮފީހަށް ގޮސް އަންނިޔާ ބައްދަލުކޮށް ތިމަންނާއަކީ އެމްޑީޕީގެ މީހެއްކަމަށް ބުނެ އަންނިގެ ބޯކާން މަސައްކަތް ކޮށްފައެވެ. މާމެންދޫއިން މިހާރު އެމްޑިޕީއަށް އޮތް ސަޕޯރޓަށްވުރެ ބޮޑަށް ތިމަންނާއަށް ސަޕޯރޓު ހޯދިދާނެޔޭ ކޮންމެވެސް ރަގަޅުކަމެއް(ފޮރުވިފައިވާ ރަގަޅުކަމަކީ އަންނިގެ ވެރިކަމެއްގައި ކަތީބުކަން ދިނުން)ހަވާލުކޮށް ދެއްވާށޭ ކިޔައި ވާހަކަދެއްކުމުން އަންނިވަނީ އެކަން ލ.ދާއިރާގެ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އަބޫބަކުރުފުޅުގެ ކަތީބުކަމުގައި އެމްޑީޕީގެ މެންބަރުންނަށް ދައްކާފައިވާ ނޮހުރުއްޕާން ދާއިރާގެ ރައީސް އަންނިޔަށް އޮޅުންފިލުވައިދިނެވެ. މިގޮތުން އަބޫކުރުފުޅަށް ކުރިއަށް ދެވިދާނަކަމަށް ނުފެނުމުން ދެންދުވަންފެށީ ޑރ. ހަސަން ސައީދުއަށް ކެމްޕެއިންކުރުމަށް ހަސަނުގެ ފަހަތުންނެވެ. ހަސަނު މާމެންދުއަށް އެރުމުން ހަސަނު ގޮވައިގެން ރަށުގެ ސުކޫލަށް ވަދެ ބޮޑޭ ކެޑުމަށްފަހު މައުމޫނަށް ތަބައަވާ މީހުންނާއި ހަސަނާއި ބައްދަލުކުރުވައި ހަސަނަށް ތާއީދު ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މަތީގައިވާ ފޮޓޯއިން އެފެންނަނީ ހަސަނުގެ ކެމްޕެއިންދަތުރުގައި އަބޫބަކުރުފުޅުގެ ބައިވެރިވުން އޮތްވަރެވެ. މިހާރު އަނެއްކާ ވައިޖެހޭ ދިމާ ބަދަލުވެ ރިޔާ އަނެއްފަރާތަށް ބަދަލުކޮށް ގާސިމް އިބުރާހީމް ހޮވުމަށް އަބޫބަކުރު ހުސައިން މަސައްކަތް ކުރަމުން އެބަގެންދެއެވެ. މި އަބޫބަކުރު ހުސައިން އެކޭ ގާސިމަށް ސައިޓު ހިންގައިދޭ ގަބޭ ލަތީފެކޭ ހުރިތަފާތެއްނެތެވެ. ގަބޭވެސް އެއްއިރަކު މައުމޫނުވަރެއް ނެތިގެން ފުއްޕާފައި ގޭންގުތައް ގޮވައިގެން އެމްޑީޕީގެ ރެލީތައް ފަނިކޮށް މާރާމާރީ ހިންގުމަށް މަސައްކަތް ކުރިއެވެ. މިހާރު އަނެއްކާ ގާސިމްގެ ކައިރީގައި ހުރެ މައުމޫނަށް އެތިވަރު ގޮވައި ހިތުގެ ވިންދާއި ލޭގެ ވިންދު ޖަހާވަރު ހާމަކުރަނީއެވެ. މިތާގައި ގަބޭލަތީފުގެ ވާހަކަ ގެނެސްފައިވާތީ ކިޔުންތެރީން ކަންބޮޑުވެދާނެއެވެ.ގަބޭއަކީވެސް މާމެންދޫމީހެކެވެ. ގަބޭލަތީފަކީ ހައްދުންމަތީ މާމާމެންދޫ ދިލްޝާދުގޭ (އާދަމްބޭގޭ) އަބުދުއްލަތީފެވެ


އިތުރު ތަފްސީލް

މާވަށުގައިވެސް ހަން ބެހުމުގައި މައްސަލަ ތަކެއް

ލ.މާވަށަށް ފޮނުވި ކަޅުހަން ތަކުގެ ތެރެއިން ގިނަ އަދަދެއްގެ ކަޅުހަން އެރަށު ބަޔަކު ގަދަކަމުން ގެންގޮސްފި

ތަފްސީލް


އިތުރު ތަފްސީލް

ކަޅުހަން ބަހާ ގޮތާމެދު ހިތްހަނުޖެހިގެން ހަޅުތާލް ކުރަން ފަށައިފި

އަވަސް ޙަބަރު
މާމެންދޫ އޮފީހުން ކަޅުހަން ބަހަމުންދާ ގޮތާ މެދު ހިންހަމަ ނުޖެހިގެން ރައްޔިތުންހެ ތެރެއިން ބަޔަކު ނުރުން ފާޅުކުރަމުން ގެންދާކަމަށް އެމްލައިވް އަށް ދާދި ދެންމެ އަކު މައުލޫމާތު ލިބިއްޖެއެވެ.މުއުތަބައްރު ފަރާތަކުން މައުލޫމާތު ދިންގޮތުގައި ކަޅުހަން ދޫކުރަން ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ކަޅުހަމެއްގެ މަގުންނެވެ. ނަމަވެސް މިހާރު ހަންބަހަމުން ގެންދަނީ ވަކި އުސޫލެއްނެތި އެއްގޭގެ ދެއާއިލާއަށްވެސް ހަން ދޫކުރަމުންނެވެ.އަދި
އެމީހެއްގެ ނަމުގައި ގޮވަތި ދޫކުރެވި ގެދޮރު ނާޅާ ހުރި ފަރާތް ތަކަށްވެސް ހަން ދަނީ ދޫކުރަމުނނެވެ. ނަމަވެސް މިގޮތަށް ކުރިޔަށް ދިއުމުގެ ސަބަބުން ގެދޮރު ހުރެ ދިރި އުޅެމުން ގެންދާ ފަރާތް ތަކަށް ހަން ނުލިބޭ ހަމަށް ބައެއް ފަރާތް ތަކުން ބުނެއެވެ. ރައްޔިތުން މިކަމާ ހިންހަމަ ނުޖެހުން ފާޅު ކުރަމުން ގެންދިއުމާ ވިދިގެން މިހާރް ނުބޭލި ހުރި މަދު ހަން ކޮޅެއް ބޭލުން ވަނީ މަޑުޖައްސާލާވައެވެ. މިކަމާ ގުޅޭ ތަފްސީލެއް ހޯދުމަށް މާމެންދޫ އޮފީހަށް ތިންފަހަރު މަތިން ގުޅައި ފޯނު ނުނެގުމުން ވަނީ މައުލޫ ނުލިބިފައވެ. މައުލޫމާތު ލިބޭވަރަށް އިތުރު ތަފްސީލް ގެނެސް ދެވޭނެއެވެ.



އިތުރު ތަފްސީލް

ކޮންމެ ގެއަކަށް ކަޅުހަމެއް

މާމެންދޫ އޮފީހުން މާމެންދޫގައި މީހުންދިރިއުޅޭ ހުރިހާގެއަކަށް ކަޅުހަން ބެހުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ. މާމެންދޫގައި ސާފު ބޯފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާތަނަށް މާ އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާއިރު މި ހަންތައް ބެހުމުން މިކަމަށް ކޮންމެވެސް ވަރެއްގެ

ހައްލެއް ލިބިގެންދާނެ ކަމުގައި މާމެންދޫގެ ރައްޔިތުން ގަބޫލުކުރެއެވެ. މިރޭ(15 ސެޕުޓެމްބަރު 2008 ދުވަހުގެ ރޭ) މާމެންދޫ އޮފީހުން އާދަމް ނަސީމް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ހަންތައް ހުރީ ބަދަރު ހަދަމުންގެންދާ ސަރަހައްދުގައި ކަމަށާއި އޮފީސް ދޮށުގައި ހަދާފައިވާ ކިޔުގައި ހުރި ކޮންމެގެއެއްގެ މީހަކަށް އޮފީހުން ނަންބަރެއް ދޫކުރާ ގޮތަށް ހަމަޖެހިފައިވާކަށެވެ. އަދި އެމީހަކަށް ލިބުނު ނަންބަރު ހިފައިގެން ބަދަރު ސަރަހަށްދަށް ގޮސް އެ ނަންބަރުގެ ބަދަރު ސަރަހަށްދުގައި ހުރި އޮފީހުގެ މުވައްޒަފަކަށް ދެއްކުމުން ރަށު އޮފީހުގެ ފަރާތުން އެމީހަކާ ކަޅުހަން ހަވާލުކުރާ ގޮތަށެވެ. މާމެންދޫ އޮފީހުން ވިދާޅުވި ގޮތުގައި މިހަންތަކަކީ ކޮންފަރާތަކުން ފޮނުވާފައިވާ ހަންތަކެއް ކަން އެފަރާތަށް ނޭންގޭ ކަމަށާއި ލަފާކުރެވެނީ ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ހަންތަކެއްކަމުގައެވެ. ހަންތައް ބަހަނީ ސަރުކާރުން ފޮނުވި އެއްޗެއްގެ ގޮތުގައެވެ.2500 ލީޓަރުގެ މިހަންތަކަކީ ވަރަށް ފަހުން މާމެންދޫއަށް ގެންގޮސްފައިވާ ހަންތަކެވެ. މިހާރުވެސް މާމެންދޫގެ ވަރަށްގިނަ ގޭގޭގައި މީގެ ބޮޑެތި ހަންތައް ބަހަށްޓާފައި ވެއެވެ


އިތުރު ތަފްސީލް

ވައުދެއްނުވާނަން 160 ކަންތައް ކޮށްދޭނަން


އަޅެ މީހަކު ފަހެ ހައިރާނެއްނުވާނެހެއްޔެވެ. "ގަދަފަސްއަހަރު"ގެ ނަމުގައި މާވަރުގަދަ ރިޔާސީ މެނިފެސްޓޯއެއް ހަދައި މުސްކުޅިބޭ ގަނޑު ރޭ ދަރުބާރު ގޭގައި ވަރަށް ސަޅިކަޑައިފިއެވެ. މިކަމެއް ކުރެއްވީ އެހެންޔާވެސް މިކަލޭގެ ކަންކުރާ ގޮތަށް އިރުވަރު ބަލައިގެންނޯލައެވެ. ކޮންމެއަކަސް މިހާރު ގޮށްމުށުގެ ބާރުން ހިންގަމުންގެންދާ

ނުތާހިރު މުޑުދާރު ވެރިކަން މިގައުމުގެ ރައްޔިތުން އުލުބައިންދައިގެން ނަމަވެސް ހޯދުމަކީ މައުމޫނުގެ އޮތް ހަމއެކަނި އެދުންކަން ރޭގައި ވަނީ ހާމަވެފައެވެ. މީގެ ކުރީންވެސް އެހެން ކެނޑިޑޭޓުންނާއި މިގައުމުގައި ތިބި އިލްމުވެރީން(މައުމޫނާ ޙިޔާލް ތަފާތު)ގެ ބަސް ދޮގުކުރި ބީދައިން ރޭގައިވެސް މައުމޫނު ވިދާޅުވީ ތިމަންނާ މެނުވީ ކިޔަވައިގެން ހުރި މީހަކު މިގައުމުގައި ނެތްކަމަށާ،ދެންތިބި ކެންޑިޑޭޓުންނަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރިމަތިލާފައިވާ އެއްވެސް ވަރަކަށް ރައްޔިތުންނަށް ކަމެއްނުކޮށް ދެވޭ ބޭފުޅުން ކަމުގައި ވިދާޅުވެދެއްވިއެވެ. އަދި މައުމޫނަކީ އެއްވެސް އަމިއްލަ އެދުމެއްނެތި ހަމައެކަނިރައްޔިތުންނަށް ޙިދުމަތް ކުރުމުގެ ޓުރެކްރެކޯޑެއް އޮތް ހަމައެކަނި ބޭފުޅާކަމަށް ކިބުރުވެރިކަމާއި ބޮޑާކަމާއި އެކު ރައްޔިތުންނަށް ފުރަށްސާރަ ކުރައްވަމުން ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަކީ ހިހޫތަނުން ކާން އާދަވެފައިވާ ބަޔަކު ކަމާއި އެކަން ކަލޭމެންނަށް މިހިރަގެންފެންނަނީ ނޫންތޯ ސުވާލުކުރާބީދައިން މަލާމާތުގެ ހިނިފުޅުވަޑުވައި މުނާފިގުކަމުގެ ކުލަވަރު މޫނުމަތީން ދައްކަމުން ވިދާޅުވާކަހަލައެވެ. "ބަލަ ކަލޯމެންގެ ދެލޯ އަދިރި ނޫނީއްޔާ ފެންނާނެއެވެ. މަކުރީން ހުރީ ޒުވާންކަމުގައި ފުރިހަމަ ބާރާއި ޖާނުގެ ވަރުގަދަކަމުގައެވެ. އެގޮތުގައިހުރެ މިގައުމުގެ ވެރިކަމާ ހަވާލުވީ އިރުވެސް މަހުރީ އަންބޮޑިޔަށް ފިސްތޯލައެއްޖަހައިގެން ޓެރަރިސްޓު ތަމްރީނު ހަދައި އަދި މަގޭ އެކުވެރީންގެ އަންބޮޑީގައިވެސް ފިސްތޯލަ ބަހައްޓައިގެންނެވެ. މިއަދު މިގައުމުގެ ވެރިކަން މަކުރާން ހުއްޓައި އެހެންގޮތަކަށް ފޮރުޅާލިޔަސް މަގޭ އައުވާނުންނާއި މަ ކަލޭމެން ރައްޔިތުންނަށް ހޭ އަރުވައިލާނަމެވެ" މައުމޫނިޒަމްގައި ހެއްދެވިފާރާތް ނުވާކަމަށް އޭނަގެ ވާހަކަތަކުން ދޭހަކޮށްދެއެވެ. މާތްﷲ ފަރުޞު ކުރެއްވި ކަންކަން ވަންހަނާކޮށް އަމުރުކުރެއްވިކަންކަން އޮޅުވާލައްވައި ދިވެހީންގެ ދީނީ އަގީދާ ބަލިކަށިކޮށްލުމަށް ވޭތުވެދިޔަ ތިރީސް އަހަރު މައުމޫނު ދިޔައީ ކެޑި ނޭޅި މަސައްކަތް ކުރަމުންނެވެ
ބުރުގާ އެޅުމަކީ ލާޒިމްކަމެއް ނޫނޭ ވިދާޅުވިއެވެ. ގުރުއާން އުފުއްލަވާނެކަމަށް ގަބޫލްފުޅު ނުކުރަށްވައެވެ. ދައްޖާލުގެ ވާހަކައާއި އީސާއަލައިހިއްސަލާމުގެ ވާހަކަޤަބޫލް ނުކުރުމުގެ އިތުރުން އިލްމީގޮތުން މިފަދަ ކަމެއް ލިޔެ ނެރުނު ފޮތްފޮތާ އެފޮތް ގެންގުޅުނު މީހުންނަށް ދިން ނުހައްގު އަދަބުތައް މިއި އަހަރުމެންގެކުރިމަތީގައި ދުވާލުގެ އިރުފަދައިން ފެންނަންހުރި ސާފު ހެކިތަކެވެ. ތުބުޅި ބެހެއްޓުމާއި ގުނޫތުގެ މައްސަލާގައި މައުމޫނުގެ އަމުރަށް ދިވެހި ޖަލުތަކުގައި ފުރިހަމަ ކުޅެދޭ އިންސާނުން ނުކުޅެދޭ މީހުންނަށް ވަނީ ހަދާފައެވެ. ހަމައެކަނި ވެރިކަމުގެ ޖާނާޖާހު އާރާބާރު އަދި ޝާނާއި ޝައުކަތު ދައްކައި ދިވެހިރައްޔިތުންނަކީ މައުމޫނުގެ އަޅުންކަމުގައި ހަދައި މައުމޫނާއި މައުމޫނުގެ ވަޒީރުންނާއި ގަބޫލުނުކުރާ ހަމަތަކެއް އެއްވެސް މީހަކަށް މިގައުމުގައި ނުގެންގުޅެވޭނެކަމަށް ދައްކައި ދެމުންނެވެ. ރައްޔިތުންނަކީ ވަލު ޖަނަވާރުންނަށް ވުރެވެސް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ހަދާފައި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާނުކުރުމަށް ޓަކައި ހަ ވައުދެއް ރޭގައިވަނީ ވެފައެވެ. މީގެ ކުރީން ރައްޔިތުންގެ ކުރިމަތީގައި ވެފައިވާ އެތަށްހާސް ވައުދެއްގެ މަތީން މައުމޫނު ހަދާންނެތަސް ރައްޔިތުން ހަދާން އެބަހުއްޓެވެ. އެއިން ފުއްދައިދެވުނު ވައުދެއް މައުމޫނަކަށް ވޭތުވެދިޔަ ތިރީސް އަހަރުގެ ވެރިކަމުގައިވެސް ވިދާޅެއްނުވެވުނެވެ.ވޭތުވެދިޔަ ދިގުތާރީހުގައި މައުމޫނު މަސައްކަތް ކުރީ މައުމޫނުގެ ރަހުމަތްތެރީންނާއި އާއިލާ މީހުން ރުއްސައިގެން އެމީހުންނަށް ބޮޑެތި ބޮޑެތި ލޯނުތައް ދީ ރައްޔިތުން ނިކަމެތިކުރުމަށް ގައުމުގެ މުއްސަދިކަން ނަހަމަ ގޮތުގައި ބޭނުންކުރުމުގައެވެ. އެފަދަ ލޯނުތަކުގެ ސަބަބުން ރައްޔިތުންވީ ނިކަމެތްޗެވެ
މިސަރަހައްދުގެ ގައުމުތަކުން ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ މިގައުމުގައޭ ފަހުރުވެރިކަމާ އެކު ރޭގައި ވިދާޅުވިއިރު މިގައުމުގެ އާބާދީގެ އަށްޑިހައިންސައްތަ މިހުންނަކީ ތިންއިރު ހަމައަށް ކާނެ އެއްޗެއް ހޯދުމަށް ނުކުޅެދޭހާ ކުޑަ އާމްދަނީއެއް ލިބޭމީހުންނެވެ. ގައުމަށް ލިބޭ ނަފާ ކިތައްމެ ބޮޑުނަމަވެސް ރައްޔިތުންނަށް އެފައިދާގެ ފުރިހަމަ މަންފާ ނުލިބޭ ގޮތަށް ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން މިގައުމު ސުންނާފަތިކޮށްލައިފިއެވެ.ރޭގައި ހުށަހެޅި މެނިފެސްޓޯއަކީ މިގައުމަށް މިހާރު ކުރިމަތި ވެފައިވާ ހުރިހާ ގޮންޖެހުންތަކެއް ހައްލުކޮށްދެވޭނެ މެނިފެސްޓޯއެއްކަމަށް ބުންޏަސް އަހަރުމެން ތިކަމެއް ގަބޫލެއްނުކުރެވޭނެއެވެ.ހެޔުގޮތުގައި ވެރިކަންކުރުމަށް މައުމޫނު ވައުދުވީމާ އެކަންވާނީ ބޮޑު ޖޯކަކަށެވެ. މީގެ ކުރީން ހެޔުގޮތުގައި ވެރިކަން ނުކުރެވުނު މީހަކު މުސަކުޅިވެ ލޯބޯ ކޮށިވުމުން ދެން ކުރާނީ ހެޔުވެރިކަމެއްވެސް ނޫނެވެ.އިސްލާމްދީނާ ގައުމިއްޔަތަށްޓަކައި ވައުދުވީ އިރު ދީނީ އިލްމުވެރީން ޗޭނުޖަހައިގެން ވެރިކަމުގެ ބާރުގަދަކުރި މީހަކަށް އެއީ ކުރެވޭނެކަމެއްތޯ ސުވާލު އުފެދެއެވެ.ދިވެހީންގެ ގައުމީ ޔުނިވަސިޓީގެހުވަފެން ދައްކާތާ ކިތަށް އަހަރުވެއްޖެ ކަން ހަދާނުގައި ހުރިނަމަ އެޔުނިވަސިޓީއިން 6000 ކުދިންނަށް ހިލޭ ކިޔަވައިދޭ ވާހަކައެއް ނުދައްކާނެއެވެ.ތިރީސް އަހަރުން ފައްސަތޭކަ މުދައްރިސުން ތަމްރީނު ކުރެވުނު މީހަކަށް ފަސްއަހަރުން މިކަން ކުރެވޭނެތޯއެވެ. ނުކުރެވޭނެއެވެ.ޓެކުނިކަލް އަދި ވޮކޭޝަނަލް ކޮލެޖެއް ހެދުމާއި ހިތުގެ ބަލިތަކާއި ކިޑުނީގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް، މިރާއްޖޭގައި ގައުމީ ހޮސްޕިޓަލެއް ނެހެދުނު މީހަކަށް ހެދޭނެތޯއެވެ. ވެރިކަމަށް ދެންވެސް ތިބޭގަނޑު ހޮވިއްޖެނަމަ ކުރީން ވީވަރުވެސް ނުވާނެއެވެ.ތިންމަސްދުވަހުން ނައްތާލާފައިވާ މަސްތުވާތަކެތީގެ ވަބާއިން އާއުސްމިނަކަށް ދިޔުންފިޔަވައި އިތުރު ކަމެއް ނުކުރެވޭނެއެވެ. ރިހެބިލިޓޭޝަނާއި ކެންސަރަށް ހާއްސަ ހޮސްޕިޓަލް ހުންނާނީ ކިބިގަސްދޮށުގޭގައި ބިންގަރާސް ހަދާފައި ސަތޭކަމީޓަރު އަޑިޔަށެވެ.އެތަނުން ޙިދުމަތް ދެވޭނީ މައުމޫނިޒަމްގެ އަހުލުވެރީންނަށް އެކަންޏެވެ.ސުނާމީގައި ހާލުގައި ޖެހުނުމީހުން އެހާލުތިބޭތާ ހަތަރު އަހަރުވީއިރު ނުހޯދުނު ހައްލެއް އަދި ފަސްއަހަރުންވެސް މައުމޫނަށް ހޯދައި ދެވިދާނެކަމަށް މައުމޫނުގެ ވެރިކަމުގެ ތާރީހުން އިބުރަތް ލިބިފައި ތިބި ރައްޔިތުންނަކަށް ގަބޫލެއް ނުކުރެވެއެވެ. ރޭގައި އެންމެ ފާހަގަ ކުރެވުނީ މިދޮގުވެރިޔާ އެހެންމީހުންގެ މެނިފެސްޓޯތަށް ބެލުމަށާއި ކަންކުރެވޭނީ ކާކަށްތޯ ބެލުމަށް ދިވެހިރައްޔިތުންނަށް ހަދާންކޮށް ދިނުމުންނެވެ. ހަމަ ޔަގީނުންވެސް ދިވެހީން ތިބީ ހޭލައި ހަމަހޭގައެވެ. ހުދުމުހުތާރު ވެރިކަމެއް ކުރި މައުމޫނަށް މިގައުމުން ދެނެއް ފުރުޞަތެއް ނުދެވޭނެއެވެ


އިތުރު ތަފްސީލް

ޑރ. ހަސަނަގެ ރަނިންމޭޓަކަށް ޑރ. ޝަހީދު



ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެކަމަށް ވިދާލުވެފައިވާ ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު އޭނާ އާއިއެކު މިއިންތިހާބުގައި ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރަށްވާނެ ބޭފުޅަކަށް ހަސަނާއެކު ކެބިނެޓުގައި ފޮރިންމިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު ހަމަޖައްސަވައިފިއެވެ

މިކަން ޑރ. ހަސަން އިއުލާނުކުރެއްވީ މިރޭ 14 ސެޕުޓެމްބަރު 2008 ދުވަހުގެ ރޭ ހަސަންގެ ރިޔާސީ ކެމްޕެއިން އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައި ވާކަން ފާހަގަ ކުރެވެއެވެ.މިރަސްމިއްޔާތު ޓީވީ އެމުންނާއި ދިޓީވީން ވަގުތުން ދުރަށް ފޮނުވާފައިވެއެވެ. މިރަސްމިއްޔާތުގައި ޑރ. ހަސަންގެ ރަނިންމޭޓު ޑރ.ޝަހީދު ވާހަފުލު ދެއްކެވިއެވެ



އިތުރު ތަފްސީލް

ހަމަ ހިލާ އަޅުގަނދޑަކަށް ނުކެރޭނެ އެވެ.!!!!

މިހާރު އިވޭ ކޮންމެވެސް އުސްމިނަކަށް އަރާ ވާހަކައެވެ.މުޅިން އާ އުސްމިނެކޯލައެވެ.މި އުސްމިނަށް އެރެނީ މައުމޫނާ އެކީގަޔޯ!އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތޯއެވެ.ވޭތުވެދިޔަ 30 އަހަރު ނޭރުނު އުސްމިނަކަށް، މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އަރާނީ ކިހިނެއްތޯ އެވެ.
އާދެ! މިވޭތުވެ ދިޔަ 30 އަހަރު ދމައުމޫން ދިވެހި ރައްޔިތުން ގޮވައިގެން އުޅުނީވ ވަރަށް ތިރީގައެވެ.ނުވަތަ ބިމުގަ ޖހޭ ނުޖެހޭ ހިސާބުގަ ކަމަށް ހީވެއެވެ.އެހެނީ ކުރިއަށް އޮތް 5 އަހަރަށް ތިމަން ހޮވައިފިނަމަ މުޅިން އާ އުސްމިނަކަށް ދާނެ ވާހަކަ ބުނުމުން ދޭހަވަނީ ކުރިން މިދެންނެވި މިން ތަކުގަ އުޅުނު ކަމެވެ.އެހެންކަމުން މައުމޫނަށް ދަންނަވަން އޮތީ އިތުރު އާ އުސްމިން ތަކެއް މި ރާއްޖެ އައް ބޭނުން ނުވާ ވާހަކައެވެ.
ދަންނަވަންތޯ އެވެ.މައުމޫނާއެކު މިހާ ތިރީގަ އުޅޭ އުޅޭ އިރުވެސް މިރާއްޖޭގެ ރައްޔިތުން އުޅެން މިޖެހެނީ ހަމަޖެހިލައިގެން ދިރި އުޅެވޭނެ ގޮތެއްނެތިގެނެވެ.ވައްކަން ކުރުމާއި ފޭރުމެވެ.ތަޅާ ފޮޅުމާއި މާރާމާރީ ވަނީ އާއްމުވެފައެވެ.ރާބުއިމާއި މަސްތުވުން ވަނީ ވަކި ހިއްޕާލާފައެވެ.ވަކި ބައެއްގެ މަށްޗައް ޤާނޫނެއްނުހިގައެވެ.
މިދަންނަވާ ލެވްނީ މިވެރިކަމުގެ ދޯހަޅި ސިޔާސަތުން ވަރައް ކުޑަމިންވަރެކެވެ.އެހެންކަމައް ވާއިރު މައުމޫނާ އެކު މުޅިން އާ އުސްމިނަކަށް ދާނީ ކިހިނެއްތޯއެވެ.ހަމަހިލާ އަޅުގަނޑަކަށް ނުކެރޭނެއެވެ.

އިތުރު ތަފްސީލް

މާމެންދޫ ބަދަރުގެ ބޭރުތޮށި ހެދުމުގެމަސައްކަތް ކުރަމުންދަނީ

މާމެންދޫގެ ބަދަރުހެދުމުގެ މަސައްކަތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ބަދަރުގެ ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތެވެ. އެއީ މިހާރު ކޮނުމުގެ ބޮޑުބައެއް ނިމިފައިވުމުން އެއްގަމު ތޮށީގައި ޖަހަންޖެހޭ ކޮންކުރީޓު ޝީޓުތައް ޖެހުމުގައި ރަށުގެ ބައެއް ރައްޔިތުންނާ މެދު އުފެދުނު ހިޔާލު ތަފާތުވުމާ ގުޅިގެންނެވެ.

މިދެންނެވި ހިޔާލުތަފާތުވުން އުފެދުނީ މިހާރުމަސައްކަތާ ހާވާލުވެފައިވާ ފާރާތުން މާމެންދޫއަށް ފޮނުވާފައިވާ ލަންކާގެ މިހުންނަށް އެއްގަމު ތޮށީގައި ޝީޓު ޖެހުމުގެ އެއްވެސް ތަޖުރިބާއެއްލިބިފައި ނުވާތީއެވެ.މިހެން ވުމުން މިދިޔަ ހުކުރު ރޭގައިވެސް މާމެންދޫގެ ފަންސާހަކަށް ރައްޔިތުންވަނީ ބަދަރުހެދުމުގެ މަސައްކަތް ހިންގާ ސައިޓު ގެ ކައިރިއަށް ގޮސްޝަކުވާކޮށް މިކަންރަށުއޮފީހުގެ ސަމާލުކަމަށް ގެނެސްފައެވެ. މާމެންދޫ ލައިވަށް ޙަބަރު ލިބިފައިވާ ގޮތުގައި ކޮންސްޓުރަކުޝަން މިނިސްޓުރީގެ ވަފުދެއް މކަމާގުޅިގެން މާމެންދޫއަށް އައުމަށް ވަނީ ހަމެހިފައެވެ.އަދި އެދުވަހުގެ ފަހުން ބޭރުތޮށިގެ މަސައްކަތް ކުރަމުންދަނީ މާމެންދޫގެ ރައްޔިތުން ބޭނުންވާގޮތަކަށް ނޫނެވެ. މިގޮތުން އެއްފަރާތު ހުރަސްތޮށީގައި ކޮނެގެން ނަގާފައިވާ ވެލިން ތިށިގަނޑެއްލާ ގޮތަށް ހަމަޖައްސާފައިވާތީ އެއީ އެއްގޮތަކަށްވެސް މާމެންދޫގެ ރައްޔިތުން ބޭނުންވާގޮތެއްނޫނެވެ. މާމެންދޫ ބަދަރުކޮމިޓީގެ މެންބަރަކު މިނޫހަށް ކަށަވަރުކޮށްދީފައިވަނީ މިހަފުތާގައި މިނިސްޓުރީގެ ބޭފުޅުންވަޑައިގެން ކޮންމެވެސް ގޮތަކަށް މިކަން ހަމަޖައްސާނެއެވެ. މާމެންދޫގެ ބަދަރުހެދުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓުރަކުޝަންގެ ފަރާތުންނެވެ. ސައިޓުގައި ހުރި އަމީންގެ މުވައްޒަފެއްގެ ފަރާތުން އެގިފައިވާ ގޮތުގައި މިރަށުގެ ބަދަރަކީ ތަކެތީގެ އަގު ކުޑަކޮށްހުއްޓައި ކުންފުނީން ނަގާފައި މަސައްކަތަކަށް ވުމުން މިހާރު ތަކެތީގެ އަގުހުރި ގޮތުން ކުންފުންޏަށް އެންމެފައިދާބޮޑު އަދި އެންމެ ޙަރަދު ކުޑަކޮށް މަސައްކަތް ކުރުމަށް އޮފީހުން އަންގާފައިވާކަމަށެވެ. އެހެންކަމުން މައުލޫމާތު އޮޅުންފިލުވުމަށް އަމީން ކޮންސްޓުރަކުޝަންގެ އޮފީހަށްގުޅުމުން މެނޭޖިން ޑިރެކުޓަރ ވަޑައިގެން ނޫޅުއްވާތީ އެއްވެސް މައުލޫމާތެއް ދެއްވެންނެތް ކަމަށް ވިދާޅުވެ ފޯނުނަންބަރު ނެގުމަށްފަހު ފަހުން ގުޅާނެކަމަށް ވިދާޅުވެ ފޯނު ކަޑާލިއެވެ. މާމެންދޫ ބަދަރުގެ ބޭރު ތޮށިހެދުމުގެ މަސައްކަތް ހިގަމުންދާއިރު ކޮނުމުގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމެއެވެ. މާމެންދޫގެ ބަދަރަކީ 750 ފޫޓު ދިގު 250 ފޫޓު ފުޅާ ކޮށް ހެދުމަށް ހަމަޖެހިފައިވާ ބަދަރެކެވެ.


އިތުރު ތަފްސީލް

ވޯޓުފޮށީމަތީ "ބަޑު" އެޅުމުގެ ޘަގާފަތާ ދުރުވަމަތޯ


ވޯޓުގެ ވާހަކަ ވަރަށް ބާރަށް ދެކެވެމުންދާ ދުވަސްވަރެކެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އަމުދުން އިސްލާހުކުރެވުން ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވޭ އިންތިހާބަކީ މިނިވަން އިންސާފުވެރި



އަދި އެހާމެ ހާމަކަން ބޮޑު އިންތިހާބަކަށް ހެދުމަށްޓަކައި ސިޔާސީ ޕާޓީތަކުންނާއި ރިޔާސީ ކެންޑިޑޭޓުންނާއި އިލެކުޝަން ކޮމިޝަނުން މިދަނީ އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް މިފަހަރުވެސް ކުރީގެ ފަހަރު ތަކުގައި ކުރި އަދި ހެދި ފަންޑިތައާއި ސިހުރު ހާހޫރަތައް ،ވަރިތޮޅިޔާއި ދުންމުޖުމަރާތަކުން ނަތީއްޖާ އަނބުރާލުމަށް ވެރިކަމުގައި ބަގުޑިބައްދައިގެން މިތިބަ މައުމޫނުގެ އާރުކާޓީން މަސައްކަތް ނުކުރާނެބާވައެވެ. ނަތީއްޖާ ބަދަލުކު ކުރުމަށް މަސައްކަތް ނުކޮށްފިނަމަ ކިތައްމެހާވެސް ރަގަޅެވެ. އެކަމު ފެނިފައިވާ މަންޒަރުތަކާއި ހަދާފައިވާ އުކުޅުތަކުން މިހާރުވެސް ރަށްރަށުގައި އެކުޅިސަމާ ކުޅޭނެކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވެއެވެ. ފެށުނީއްސުރެ މާމެންދޫގައި "ވޯޓު" ވެރިކަން ކުރާފަރާތުން ބޭނުންވާގޮތަށް އަނބުރާލުމަށް މަސައްކަތް ކޮށްފައިވެއެވެ. މުސްކުޅި ކަތީބު އަބުދުﷲ ވަހީދު ނެގުނު ކަތީބު އަބޫބަކުރު ހުސައިން އަކީ މިކަމުގެ ވަރަށް ފުންނާބު އުސް ދެ ފަހުލަވާނުންނެވެ. ދެންހުރީ މިހާރުގެ ކަތީބު އިބުރާހީމް ޝިޔާމްއެވެ. އިބުރާހީމް ޝިޔާމް ވަކީން ސަހަލު ވެދާނެކަމަށް ހީކުރުމަކީކުއްހީއެކެވެ. ސަބަބަކީ މާމެންދޫ ކަތީބު ކަމުގެ މަގާމަށް މީހަކު ބޭނުންވެގެން އިއުލާނުކުރެވުނު އިރު އިބުރާހީމް ޝިޔާމު ހުރިމަގާމާއި ކަންވީގޮތެވެ. އިބުރާހީމް ޝިޔާމްގެ ބައްޕަ (އަބުދުއްރަހުމާނު މޫސާ ފިލިގަސްދޮށުގެ ލ.މާމެންދޫ) އަކީ ކުރީގެ މިނިސްޓަރ އޮފް ޕުރެޒިޑެންޓަލް އެފެއާރޒު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިންގެ ޒަމާންވީ ރަހުމަތްތެރިއެކެވެ.އަދި ވިގު ޝީރީނުއަކީވެސް އަބުދުއްރަހުމާނު މޫސާގެ އެކުވެރިއެކެވެ. މާލޭގައި އަބުދުއްރަހުމާނު މޫސަގެ ގެއަކީ މުހައްމަދު ހުސައިންގެ ދެމަފިރިންގެ ގެއެވެ. މާމެންދޫގެ ކަތީބުކަން ހުސްވުމުން "އޭރު" ކަތީބުކަމުގެ ސަނަދުނެތް އިބުރާހީމް ޝިޔާމްއަށް ކަތީބުކަން ވެދުމަށް އެރުވުމަށް މުހައްމަދުހުސައިންއަށް އަބުދުއްރަހުމާނު ނުދަންނަވާނެތޯއެވެ؟ކަތީބުކަމުގެ ސަނަދުއޮތް އަދި ހިންގުމުގެ ގާބިލްކަން ހުރި ފަރާތްތަކުން ކުރިމަތި ލާފައިވަނިކޮށް އިބުރާހީމް ޝިޔާމްއަށް ކަތީބުކަން ދީ ކަތީބުކަމުގެ މަގާމުގައި ބަހައްޓައިގެން ކަތީބުކަމުގެ ސަނަދު ހޯދައިދިނީ މުހައްމަދު ހުސައިން އެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ކިޔުންތެރީން ނިންމަވާނީ ރަގަޅަށެވެ. ކޮންމެ އަކަސް ރަހުމަތްތެރިޔާގެ ދަރި މިހާރު އެހެރީ ކުރީގައި ފޮށިމަތީގައި ބަޑުއަޅައިގެން އޮށޯންނެވި ކުޑަކަތީބު އަބުދުﷲ ވަހީދަށްވުރެ ހުރިހާގޮތަކުންވެސް އެކަމަށް މަރުފަލިޖަހަން މަޖުބޫރުވެފައެވެ.
ވީއިރު މީގެ ކުރީން ކަތީބު އަބޫބަރު ހުސައިންގެ އެދުމަށް ވޯޓުލާން
ނާންނަމީހުންގެ ކަރުދާހާއި ލިސްޓުގައި ހިމެނޭ ނުކުޅެދޭމީހުންގެ ކަރުދާސް ވޯޓުފޮށްޓަށް އެޅިއިރު އަދި ކަރުދާސްކޮޅުގައި(2003 ވަނައަހަރުގެ ރިޔާސީ އިންތިހާބުގައި ލ.މާމެންދޫ ގުލްހަޒާރުގޭ އަބޫބަކުރު އަހުމަދު ނުބައިފާހަގަ ޖެހި)ފާހަގަ ކުޑަކަތީބަށް ނުދެއްކުމުން މިފޮށްޓަށް ލާކަށް ނުކެރޭނޭ ބުނެ ވޯޓު ފޮށި މަތީގައި ބަޑުއެޅިއެވެ. އަބޫބަކުރު އަހުމަދު ކަރުދާސްކޮޅު ނުލެވެންޏާ ދާނީ ހިފައިގެންނޭ ބުނުމުން އެއީ މަނާކަމެކޭ ކަތީބު ބުންޏެވެ.މިހެން ބުނުމުން ވޯޓުލާ މަރުކަޒުގެ މޭޒުމަތީގައިކަރުދާސްކޮޅު ބާއްވާފައި އަބޫބަކުރު އަހުމަދު ހަޅޭއްލަވަމުން ދިޔައީ އަޅުގަނޑުގެ ކުރިމަތީގައެވެ.މިދެންނެވި ގޮތަށް މާމެންދޫއިން އެފަހަރު ސައްތައިންސައްތަ ވޯޓު މައުމޫނު އަބުދުލް ގައްޔޫމަށް ލިބުނެވެ. އެކަމު ހިޔާލު ތަފާތު މީހުން އަތޮޅު އޮފީހަށް ގެންގޮސްގެންނާއި ރަށަށް އަތޮޅުވެރިޔާގެ އެހީތެރިޔާފޮނުވައިގެން އިދިކޮޅު ހިޔާލުގެ މީހުންނަށް ބިރުދައްކައިގެންނެވެ.އޭރުގެ އަތޮޅުވެރިޔާ މޫސާ އަލީކަލޭފާނުގެ އަމުރަށް މިކަން ކޮށްފައިވަނީ މުހައްމަދު ޖަމީލާއި އަބުދުއްރަހީމެވެ. އަދި ރާއްޖެ ދުއްއެންމެ ހިތާވެރި ޘުނާމީގެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ލ.އަތޮޅުގެމެންބަރުކަން ކުރެއްވި އަބުދުއްރަޝީދު ހުސައިން ހޮވުމަށްޓަކައި އަތޮޅު އޮފީޙުންއަންގަވައިގެން ވޯޓުލާނިމުމުން ބާކީހުރި ހުރިހާ ކަރުދާހެއްގައި އަބުދުއްރަޝީދާއި އިލްޔާސްގެ ނަމާދިމާގައި ފާހަގަ ޖަހާފައި ވަނީ ފޮށްޓަށް ލާފައެވެ. މިއީ މައުމޫނުގެ އޯޑަރަށް މައުގައުމުގެ ވޯޓުލުމުގައި ހަދާފައިވާ މަކަރެވެ. މިއީ މާމެންދޫގައި އެންމެ ފަހުން ނެގުނު ދެވޯޓުގައި ކަންހުރިގޮތެވެ. ފަހަރެއްގައިވެސް މިފަހަރު މިބީދައިން މިކަން ހިގާނެ އެކޭ އަޅުގަނޑޫ ނުދަންނަވާނަމެވެ. އެހެންނަމަވެސް މިވަގުތު ކަތީބު ކަމުގައި ހުރި އިބުރާހީމް ޝިޔާމާއި މުހައްމަދު ހުސައިންއާއި ޝީރީނު ގޮސް ބޮސްއަށްވަނީ މައުމޫނަށް ކަމުގައި ހަމަ ޝައްކުވަނީއެވެ. ޝައްކުކުރުމަކީ ފާފައެއްތޯއެވެ .އެހެންވެއްޖެއްޔާ ޝައްކެތްނުކުރާނަމެވެ


އިތުރު ތަފްސީލް

އަފޫން މިތިބޫ ހަމަ ހޭގައި އިނބިހިންވެސްތެ؟


ތިރީސް އަހަރުގެ ދިގު ވެރިކަމުގައި ހައްދުންމަތީގެ ރަށްޔިތުން ތިބީ މުޅީން އެކަހެރިކޮށްލާފައެވެ. ކޮންމެ ފަހަރެއްގެ ވޯޓު ދުވަސްވަރާ ދިމާކޮށް މޮޅެތި ވާހަކަތަށް ދައްކައިގެ ރައްޔިތުންގެ ބޯކައިގެން(ކަތީބުން ވަޒީފާއިން ވަކިކުރުމުގެ ބިރު ދައްކައި އެމީހުންލައްވައި ކުޑަކާފު ބޮޑު ކާފު ޖަހައިގެން)ވޯޓު ހޯއްދެވުމަކީ މިސަރުކާރު ކަށިގައި ހިފާފައިވާ ނުސިޔާނު އާދައެކެވެ. އެހެންކަމުން މުޅިރާއްޖޭގެ ނިސްބަތުން ބިމުގެ ޖާގަ އެންމެ ތަނަވަސް ލ. އަތޮޅުގެ ރައްޔިތުނަށް ވަރަށް ބިކަހާލެއް ޖައްސާފައި ހަމަހިލާ ދެނެއްނުހޮވާނަމެވެ.ރައްޔިތުން އެކަހެރިކޮށް ނިކަމެތިކުރީ ވޯޓު އަތުލައިގަމުގައި ރައްޔިތުން މަޅިފަތީގައި ޖެއްސުމަށް ފަސޭހަކުރުމުގެ ގޮތުން
މައުމޫނިޒަމްގެ ފާރާތުން "ކުރަހަމުން ރާވަމުން،ދުރަށްރާވަމުން"އާއުސްމިންތަކަށް ވިސްނަވަމުން" ހެއްދެވިހާ ދޮގުތައް ފޮރުވަމުން ކުޅެފައިވާ ޑުރާމާ ސިލްސިލާއެކެވެ. މިޑުރާމާގެޑައިރެކްޓަރަކީ އެންދެރިމާގޭ ނަސްރީނާ އިބުރާހީމް އެވެ. ޕުރޮޑިއުސަރަކީ ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ގައްޔޫމެވެ. ވޭތުވެދިޔަ ތިރީސް އަހަރު ހައުސްފުލް ޝޯތަކެއް ދެއްކުނުކަމަށް ޕުރޮޑިއުސަރު މުޅިރާއްޖެއަށް ހާމަކުރުމަށް މަސައްކަތް ކުރިނަމަވެސް މައުމޫނު ޕުރޮޑިއުސްކުރާ ފިލްމުތަށް ބެލުމަކީ ހައްދުންމަތީގެ ރައްޔިތުން އެހާ ރުހޭ ކަމެއްނޫނެވެ. ތިރީސް އަހަރުވަންދެން ކުޅުނު ފިލްމުން ލިބުނު އެއްވެސް މަންފާއެއް ނެތަތީވެއެވެ.ދެން ބުނާނެތާއެވެ. ބަލަ ކަލޯގެ ދެލޯ އަދިރީހެއްޔެވެ
މަ ހަދައިދިން އެއަރޕޯރޓަކާއި ރީޖަނަލް ހޮސްޕިޓަލަކާއި ބޮޑު ސުކޫލް ކޮބައިހެއްޔެވެ. މަ އުފެއްދި ސިނާއީ ސަރަހައްދު ކޮބައިހެއްޔެވެ. މިކަންކަން ހަމަ ނުފެންނަނީހެއްޔެވެ. ކަލަ ގޮވުމަށް އާދަވެފައިވާ މައުމޫނު މިފަދަ ބޯގޯސް ހާސަރުތައް ދެމިޔަސް އެވާހަތަކުގެ އަޑު އަހަންތިބި ރައްޔިތުންނަށް މައުމޫނުގެ މަކަރުވެރި ރޭވުންތަށް އެގި ބޭޒާރުވެފައި ވެއެވެ.1978 ގައި ބިންގާ އަޅާ ހައްދުންމަތީގައި ހަދާފައިވާ އެއާރޕޯރޓަކީ ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ގައްޔޫމު ހަދާފައިވާ ތަނެއްނޫނެވެ.އެއީ އަމާބުނިތީ ފަރަށްދާ އުސޫލުން ޅިޔަނު އިލްޔާސްގެ ހިތް ރުއްސުމަށް ވެލާނާގެ އިބުރާހީމް ނާސިރު ވެރިކަމުގައި އެކަށައަޅައި ޔޫއެންޑީޕީއާއި އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން(އައި.ސީ.އޭ.އޯ)އާއި އޯޕެކު ފަންޑުގެ އެހީގައި ހަދާފައިވާތަނެކެވެ. އަދި އެތަން ހެދިފައިވަނީ ކުދި އެއާރކުރާފުޓު ޖައްސާގޮތަށް 5700 ކިލޯގެ ބަރުދަނުގެ ބޯޓުފަހަރަށެވެ. ބޮޑު މިނުގައި 1212މީޓަރު ހުންނަ އެއަރޕޯޓަށް އައިލެންޑު އޭވިއޭޝަންގެ 50 ގޮޑީގެ ބޯޓު ފަހަރު ޖެއްސުމަކީ ފަސޭހަކަމެއްނޫނެވެ.އަދި ޓުރާންސް މޯލްޑިވިޔަންގެ ފުލައިޓެއްވެސް ލ.އަތޮޅަށް ނުބޭއްވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ވަސީލަތްތަކާ އެއާރޕޯރޓުގެ ކުޑަކަމާ ދޯހަޅިކަމުންނެވެ. ކުރީން ދެންނެވުނު އެއާރޕޯރޓު ޅިޔަނު އިލްޔާސްއަށް ހާއްސަވީ އިލްޔާސްގެ ޓުރޭޑު މިނިސްޓަރުކަމާއި ޑިފެންސްގެ ނައިބުކަމުގައި އެއާޕޯޓުހުޅުވި ލ. އަތޮޅުގެ އަންހެންކުދީންނާއި މީހުންގެ އަބީން( އިލްޔާސް ހިތްރުހޭ)ނާޗަރަންގީ ކުޅުއްވުމަށް ބޭނުންކުރި ދުވަސްވަރެވެ. އެއީ އިލްޔާސްގެ ރަންޒަމާނެވެ. ލ. އަތޮޅުގެ ވަރަށްގިނަ އާއިލާތަކަކަށް ކުޅިސަމާދައްކާފައިވާ އިލްޔާސް އެދުވަސްވަރުގައި އޭނާގެ ކެހިވެރި ރޭވުން ކުރިޔަށް ނެރުމަށްޓަކައި ގަމުން ގޯތިނަގައި ގަމުގައި ބޮޑުހަވޭއްޔެއް ހަދައި ކައްދޫ ހިސާރުކޮށް އޭނާގެ ދުނިޔެވީ އުފަލަށް ރައްޔިތުންވާވައްދައި އުޅުނު ދުވަސްވަރު އިލްޔާސްގެ މޭސްތިރި ކަމުގައި ކައްދޫގައި ކޮންމެވެސް ކަމެއް ކުރެވިފައި އޮވެދާނެ ތޯއްޗެކެވެ. ކުރީން ދެންނެވި ދުރަށްވިސްނަމުން ކުރަހަމުން ރާވަމުން ހެއްދެވުނު ތަނެއްނަމަ އެތަނަކީ މިހާރުވެސް ވަސީލަތްތައް ތަނަވަސް ފުރިހަމަ ތަނަކަށް ހެދުނީހެއް ނޫންހެއްޔެވެ.
ދެންއޮތީ ރިޖަނަލް ހޮސްޕިޓަލުގެ ވާހަކައެވެ. ހޮސްޕިޓަލަކީ ފަނަހާސް މީހުންގެ އާބަދީއަކަށް ހެދިފައިހުރި ހުރަގެއެކެވެ. އިލްޔާސްގެ ދެދުނިޔޭގެ ރަހުމަތްތެރިޔާ އަލީ ނަސީރު ހޮސްޕިޓަލުގެ މުގުލަށް ސަވާރުކޮށްފައި އެތަނުގެ ހިދުމަތާއި ރައްޔިތުންގެ ތަކުލީފުތައް ހައްޕުކިޔައި އަނގަބަންދުކޮށްގެން އެވަރުތަނެއްނެތްކަމަށް ދައްކުވަން އެކުރާ މަސައްކަތް ރައްޔިތުންނަކަށް ނުއޮޅެއެވެ. 7 ނޮވެމްބަރު 1993ގައި ހުޅުވުނު ގަމު ސިއްހީ މަރުކަޒުގެ އެ އިމާރާތަށް ބަދަލެއް ނައިސް މުވައްޒަފުންނަށް ކުރިއެރުމެއްނުލިބި 2001 ގައި އަތޮޅު ހޮސްޕިޓަލަކަށް ނަންބޯޑު ބަދަލުކުރިއެވެ.އޭގެ އެއްއަހަރު ފަހުން ރީޖަނަލްހޮސްޕިޓަލަކަށް ނަންބޯޑު ބަދަލުކޮށް ޑަކުޓަރުންނާއި ނަރުހުންނާއި މެޝިނަރީތައް ވެއްދުމުން އިމާރާތް ބޮޑުކުރާން މަޖުބޫރުވިއެވެ. މިހާރުވެސް އިމާރާތަށް ބޮޑު ބައެއް އިތުރުކުރުމުގެ މަސައްކަތް އެކުރަނީ ބޭރުގެ އިންސާނީ އެހީދޭ ޖަމާއަތެއްގެ ބަޔަކު މީހުންނެވެ އާދެ ރެޑުކުރެސެންޓު ޖަމާއަތުންނެވެ.މިއީ މައުމޫނު އެވިދާޅުވާ އޭނާގެ ވެރިކަމުގައި އޭނާ ހަދާދިން ތަންތަނުގެ ހާލަތެވެ. ކަންކުރެވުނު ދުވަސްވަރުގެ ހަދާންތަކާއި ތާރީހު އޮޅުވައެއް ނުލެވޭނެއެވެ.
އަތޮޅުގައި ހުރި އެންމެ ބޮޑު ސުކޫލް ހަމަދުބިން ހަލީފާ އަލްޘާނީ ސުކޫލްގެ ނަން އިވުމުންވެސް އެގިގެންދަނީ މިއީ ގަތަރު ސަރުކާރުގެ ދީލަތި އެހީއެއްކަމެވެ.ދެންހުރީ އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅުމަދަރުސާއެވެ. ޔޫއެންޑީޕީއާއި ޔުނިސެފުން ހަދާފައިވާ ރެޑުބާނާ ސުކޫލް ތަކެވެ.ދެންހުރި ކޮމިޔުޓީ ސުކޫލް ތަކުން ރައްޔިތުން ތެޔުހަން ކަޑާލައިގެން ގުރޭޑު ދިހަޔަކާއި ހަމައަށް ގެންގޮސް ސެކަންޑުރީ ތައުލީމު ފެށުމުން ނަންބޯޑު ބަދަލުކޮށް ސަރުކާރުގެ ހަރަދުގައި ހިންގާ ތަންތަނަށްވަނީ ހަދާފައެވެ. މިގޮތުން މާމެންދޫ ސުކޫލް ހިތަދޫ ސުކޫލް ކުނަހަންދޫ ސުކޫލް އިސްދޫ ސުކޫލް ގާދޫ ސުކޫލް ދަބިދޫ ސުކޫލް ފާހަގަ މިކުރަނީ ރައްޔިތުންގެ އަގުހުރި ބުރަމަސައްކަތުން ކުރިއެރުން ހޯދުމުންނެވެ.މިހާރުވެސް ރަށު އޮފީހުގެ އިމާރާތެއް ނެތި ލ.އަތޮޅުގައި އޮފީސް ހިންގާރަށްރަށް އެބަހުއްޓެވެ. އެކަން މިހާރު ލ.އަތޮޅުގައި ހިގަމުންދާޕުރޮޖެކުޓުތަކުން އެގޭނެއެވެ.ވީއިރު ކޮން އާއުސްމިނަކަށްތޯ ދެން ގެންދެވޭނީ! ގަމުގައި ހެދުނު ސިނާއީ ސަރަހައްދުން ގޭ އެންމެންނަށް ގޯތި ނަގާފައި ރަށްޓެހީންނާއި ބަލަދު އަރާމީހުންނަށް ގޯތި ދީފައި އެބުނާ ސިނާއި ސަރަހައްދު އެއޮތީ ރައްޔިތުންނަށް އަދި ރަށާއި އަތޮޅަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ގޮތަށް އިންވަކިކުރިގޮތަށެވެ. ލ.އަތޮޅުގައި ސުނާމީގައި ހާލުގައި ޖެހުނުމީހުންގެ ގިނަ ބަޔަކު މިހާރުވެސް ނިކަމެތިކޮށްލާފައި އެތިބީއެވެ. ވަޒީފާގެ ފުރުޞަތު ހޯދުމަށް ތެޅި ފޮޅެނީއެވެ. މާންދޫގައި މިފުކޯގެ މަސްފެކުޓޮރީއެއްހުރި އިރު އެތަނުގެ ހާލަތާއި މިއަދު ޕުރައިވެޓު ކުންފުންޏަކުން އެތަނުގައި ކޮށްފައިހުރި މަސައްކަތް އަހަރެމެންނަށް ފެނެއެވެ. ވަޒީފާގެ ފުރުޞަތު އިތުރުވީވަރު އެގެއެވެ. މިނޫނަށް ހުވަފެންދެއްކުމުގެ ސިލްސިލާގެ ތެރެއިން މެންދޫ އެގުރިކަލްޗަރ ސެންޓަރު ފާހަގަ ކުރެވެއެވެ. މެންދޫގައި އެކުރަނީ ކޮންކަހަލަ ދެއުޅިއެއްނުވާ މަސައްކަތެއްހެއްޔެވެ. އެތަންވެސް އަމިއްލަފަރާތަކަށް ދެވުނު ނަމަ ރައްޔިތުންނަށް މާފައިދާކުރާނެ ތޯއްޗެކެވެ.އަތޮޅުގައިހުރި ބިންބޮޑެތިރަށްރަށުގައި މިސަރުކާރަށް ކޮށްދެވުނީ ކޮންކަމެއްހެއްޔެވެ؟
މިހުރީއެ ހާލަކީ އުލޭ ޖެހިފާ މިވާ ގިލަން މަގޭ
ކިތައްމެވަރަކަށް މަ މޮޅު ހެދިގެން ދައުވާކުރިޔަސް ހެކިސާބިތުވީމާ ދެންކުރާނެކަމެއް ނެތެވެ.
ތިރީސް އަހަރުގެ ޑުރާމާ ފިލްމު ބެލުމަކަށް އަހިންނޯޅެމެވެ.
އިނބިހިންވެސް އަހިންނާ ބައިވެރިވާށެވެ . މައުމޫނުގެ ވެރިކަމެއް އަފޫން ބޭނުމެއްނޯނެވެ



އިތުރު ތަފްސީލް

އަދުލު އިންސާފު ގާއިމްކުރުމުގެ ނަމޫނާ "މައުމޫން" ދެނޯ

މި ލިއުމަކީ މާމެންދޫ ލައިވް އަށް ލިބިފައިވާ މެއިލްއެކެވެ.
އަދުލު އިންސާފު ގާއިމްކުރުމުގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ބާރަށް އަޑުއިވޭ ވާހަކައެވެ.ގައުމުގެ ވެރިކަމުގެ ހުންގާނަށް ސަވާރުވުމަށް ތަފާތު ގިނަ މީހުންތަކެއް ހުޅުވާލެވިފައިވާ މާހައުލެއްގައި ވާދަކުރުމުގެ ފުރުޞަތު އިސްލާހުކުރެވުނު ގާނޫނު އަސާސީގެ ދަށުން ލިބުމުން މިވާހަކަ އިހުނަށްވުރެ ގަދަވެ ވައުދު ނުފުއްދުމުގެ ސަގާފަތެއް މިގައުމުގައި ނޯންނާނެކަމަށް މުސްކުޅި ޒައީމު ވިދާޅުވަނީ އެވެ.

ވޭތުވެދިޔަ ދިގު ތާރީހުގައި (ތިރީސްއަހަރުގެވެރިކަމުގައި)މިގައުމުގައި އަދުލު އިންސާފު ގާއިމް ނުވާވާހަކަ ރިޔާސީ ސުވާލާއި ޖަވާބު ޝޯގައި އެހެން ކެންޑިޓޭތުން ތުހުމަތުކުރެއްވުމުން އެކަމުން ރެކިވަޑާއިގަތުމަށް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވީ ތިމަންނާގެ ވެރިކަމުގައި މިގައުމުގައި ވާނީ ވަރަށް ފުރިހަމައަށް އަދުލު އިންސާފު ގާއިމް ކޮށްފައި ކަމަށެވެ. އެހެންނަމަވެސް ފެންނަމަންޒްރުތަކުންނާއި އެގިފާޅުވާން ހުރި ހެކިތަކުން މިއީ ވަރަށް ބޮޑު ދޮގެއް" ކަން ވަނީ ސާބިތުވެފައެވެ. ވޭތުވެ ދިޔަ ތިރީސް އަހަރުގައި މިގައުމުގެ އެކިކަންކޮޅުތަކުގައި މައުމޫނުގެ އަނިޔާވެރިކަމާ އަދުލުން އެއްކިބާވެފައިވާ އަމުރުތަކުން މިކަން ވަރަށް ފުރިހަމައަށް ދަންމަރުކޮށްދެއެވެ. އާއުސްމިންތަކަށް މިގައުމުގެ އަނިޔާވެރިކަން ގެންދާކަށް އަހަރުމެން ބޭނުމެއްނޫނެވެ. އެކިރަށް ވަކީވަކީން ވޭތުވެދިޔަ އަނިޔާވެރި އަދުލުގެ ނިޒާމުގެ ވާހަކަ ލިޔަން ފަށައިފިނަމަ އެކަންކަން މައުމޫނާއި މައުމޫނުގެ އައުވާނުންނަށް ހަޖަމް ކުރެވޭނެ ބާވައެވެ.ދާދި ފަހަކާ ޖެހެންދެން މިގައުމުގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ގައްޔޫމެވެ.ދެން އިތުރަށް ވިދާޅުވާށެވެ އަދުލު އިންސާފު މިތަނުގައި އޮތްގޮތް ސާފުވެ އޮޅުން ފިލާނެއެވެ.
ހައްދުން މަތީ މާމެންދޫގައި ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އަނިޔާވެރިވެ މުޖުތަމު ފަސާދަކުރުމާއި ކަތީބު ވިސްނުމާ ދެކޮޅު ހިޔާލުތަފާތު ކޮންމެ މީހަކީ ކުއްވެރިޔަކު ކަމުގައި ހަދައި އަތޮޅުއޮފީހަށާއި އެޓޯލްސް މިނިސްޓުރީ އަށާއި ރައީސް އޮފީހަށް ތަފާތު ބަހުރުވައިން ލިޔެ ހެއްދެވިހާ ނުބައި ވާހަކަތަކެއް ލިޔަމުން ގެންދިޔަ ދުވަސްވަރު ރަށުގައި ތިބި ރަށަށް ހެޔޮއެދޭ އިސްލާހަށް ބޭނުންވާ ބަޔަކު އިސްވެ ތިބެ ކަތީބު އަބޫބަކުރު ހުސައިން މިނުސިޔާނު އަމަލުތަށް ސާބިތުހެއްކާއެކު ފުލުސް އޮފީހަށް ހުށަހަޅައިގެން، ދެން އެހެންގޮތެއް ނެތިގެން އަބޫބަކުރު ހުސައިންގެ ކަތީބުކަން ސިއްކަޖެހިއެވެ.ނަމަވެސް ސަރުކާރަށް ބަލަދުއަރާ އެޓޯލްސްގެ ދަފުތަރުން އަބޫބަކުރުހުސައިން އަށް ޖާގަދީ ބަރާބަރަށް މުސާދީފައި ބޭނުމެއް ނުހިފޭ ބޭކާރު މީހަކު އެހެރީ ބަހަށްޓާފައެވެ. ކޮންމެވެސް އިރަކުން ބޭނުމެއް ޖެހިދާނެކަމަށް މިސަރުކާރުން އެހެލާފައެވެ.މާމެންދޫގައި އަބޫބަކުރު ހުސައިން ކަތީބަކަށް ހުރެ ހިންގާފައިވާ ނެއްގާނީ އަމަލުތަކުގެ ވާހަކައިން ބައެއް ހިއްސާކޮށްލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. މިގޮތުން އަބޫބަކުރު ހުސައިންގެ ކަތީބުކަމުގައި ރަށުގައި އުޅޭ މީނާ ބުނާހަގޮތެއ ނުހަދާ ޒުވާނުންނާއި އެމީހުންގެ އާއިލާތަކަށް އިންސާނިއްޔަތާ ހިލާފު އެތަށްކަމެއް ދައްކައިފައިވެއެވެ. ގޯތި ގެދޮރަށް ގެއްލުންދީ އެކި މީސްމީހުން ރަށު އޮފީހަށް ދީފައިވާ ބަޔާންތައް އޭގެ އަސްލާ ހިލާފަށް ބަދަލުގެނެސް ރަށުގެ އެކި ހިސާބުތަކުގައި ހިއްޕާފައިވެއެވެ. މާމެންދޫ ކުރިގަމުގޭ އިބުރާހީމް ސަލީމު މާމެންދޫ އޮފީހަށް ދީފައިވާ ބަޔާނެއް މިތަނުގައި ފާހަގަކުރަމެވެ.
ލ. މާމެންދޫ ކޯޓުގައި އަބޫބަކުރުހުސައިންގެ ކޮށްކޮ އާދަމް ހުސައިންގެ މަތްޗަށް ޝަރީއަތެއް ހިންގުމަށް ލ. މުންޑޫކޯޓުގެ މެޖިސްޓްރޭޓު އަލީ މުހައްމަދު ދުރުވެ އާދަމް ހުސައިންއަށް ކޯޓަށް ކިޔުމުން އެކަމާ ހިތްހަމަނުޖެހިގެން މަގުމަތީން އަލީމުހައްމަދާ ދިމާކޮށް އަރާރުންވެ އަލީމުހައްމްދުކޯޓު ހުޅުވައިގެން މަސައްކަތް ކުރާވަގުތުތަކުގައި އެކިކަހަލަ އުދަގޫކޮށް ހަދާފައިވެއެވެ. މިގޮތުން ރަށު އޮފީހާއި ރަށުކޯޓު ގުޅިފައިވާ ދޮރު ބޭނުންކޮށްގެން ވަދެ ކޯޓުން ކަރަށްޓް (މޭމްސުވިޗުގެ ނަރުކަޑާލައިގެން)ކަޑާލިއެވެ. އަދި ރަށުކޯޓުގެ ޑަބަލް ތަޅުދަޑިބޭނުންކޮށްގެން ރަށު ކޯޓު ހުޅުވައިގެން އަބޫބަކުރު ހުސައިން އާއި މާމެންދޫ ނިއުސަން އާދަމް ސައީދުވެގެން ކޯޓުގައި ހުރި ގޮޑިތަށް ނެރެ ރަށުގެ ފިނޯއްކޮޅުގައި ހުރި މަސްގުދަނަކަށްލާ ރަށްކާކުރިއެވެ. މިވަރުންވެސް އަލީމުހަށްމަދުގެ މަސައްކަތް ކުރިޔަށް ގެންދާތީ ޝަރީއަތް ބާއްވަން އޮތް ދުވަހުގެ ކުރީރޭ މާމެންދޫ ކޯޓަށް ނަޖިސްއަޅާ މުޅިކޯޓު ހަރާބުކޮށްލިއެވެ. މިކަންކަމަކީ ތޯތޯ ވާހަތަކެއްނޫނެވެ. ސާބިތުހެކި ހުރެގެން ލިޔެކިޔުމާއި ރޭކޯޑިން ފުލުސް އޮފީހަށް ހުށަހެޅުމުންވެސް އަބޫބަކުރުގެ މަތްޗަށް ޝަރީއަތް ހިންގާ އޭނާ ކުރިކުއްތަކަށް އަދަބު ދީފައެއްނުވެއެވެ. މީނާގެ މިއަމަލުތަކުގެ އެއްބައިވެރިޔާ ލ. މާމެންދޫ ނިއުސަން އާދަމް ސައީދުގެ މަތްޗަށް ހުކުމްކޮށް މީނާވަނީ އަރުވާލާފައެވެ.މިހިރީ މިސަރުކާރުގެ ހުރި އިންސާފުވެރި އަދުލުވެރިކަމެވެ.މިއީ ރަށުގެ ކަތީބު ރައްޔިތުންނާމެދު ކަންކޮށްފައިވާ އިންސާނިއްޔަތާހިލާފު އަމަލުތަކަށް މިސަރުކާރުން ދެއްވި އަދުލުވެރި ބަދަލެވެ.ގޮޑިއެއް މޭޒެއް މަސައްކަތެއްނެތި މުސާރަ ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވުމެވެ. ގާނޫނުގެ ވެރިކަން ހިންގޭވަރު މިވަރުން އެގޭ ދެއްތޯއެވެ

އިތުރު ތަފްސީލް

މާމެންދޫ ބަދަރު ހަދަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ބަޔަކު އެއްވެއްޖެ


މާމެންދޫގައި މިހާރު ހަދަމުންގެންދާ ބަދަރު ހެދުމުގެ މަސައްކަތް ހިގާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންގެ ތެރެއިން ބަޔަކު މިރޭގެ އިރާކޮޅުގައި ބަދަރުހެދުމުގެ މަސައްކަތް ވިލަރެސް ކުރާ އޮފީސް ދޮށަށް އެއްވެއްޖެއެވެ. އަދި ބަދަރުހެދުމުގެ މަސައްކަތް ހިގަމުންދަނީ ވަރަށް ދަށްފެންވަރެއްގައި ކަމުގެ ޝަކުވާތަކެއްލިބުމުން ބަދަރު ކޮމިޓީގެ ބައްދަލުވުމެއްވެސް މިރޭ ބާއްވާފައިވެއެވެ. މިބައްދަލުވުމަށްވެސް ހިތްހަމަ ނުޖެހިފައިތިބި ކޮމިޓީގެ ގިނަމެންބަރުން ހާޒިރު ނުވާކަމަށް ވެއެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި ބަދަރުގެ ކަންކަން މަޝްވަރާކުރުމެއްނެތި ކަތީބު އިބުރާހީމް ޝިޔާމް އަމިއްލައަށް ބައެއްކަން ކަން ނިންމުމުގެ ސަބަބުން މިހާރު ކޮމިޓީގެ މަސައްކަތާމެދު ސުވާލު

އުފެދިފައިވާކަމަށެވެ.މާމެންދޫގައި ހަދަމުންގެންދާ ބަދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓުރަކުޝަން ޕުރައިވެޓު ލިމިޓެޑާއެވެ. މައުލޫމާތުލިބިފައިވާގޮތުގައި ބަދަރުގައި ޖެހުމަށްޓަކައި ގެނެސްފައިހުރި ކޮންކުރީޓު ޝީޓުތައް ޖަހަމުންގެންދަނީ ކޮނެފައިވާ ތަނުގެ ތެރޭގައި އުސްކޮށްވެލިފުނި ޖެހުމަށްފަހުގައި އެވެލި ފުނީގެ ތެރެއަށް ކޮންކުރީޓު ޝީޓުތައް ތިރިކޮށް އެވެލިފުނީގެ ތެރެއަށް އެޝީޓުތަށް ފައްތައިގެންނެވެ. މިހާރު މިގޮތަށް 4ވަރަކަށް ކޮންކުރީޓު ޝީޓު ވަނީ ހަރުކޮށްފައެވެ(ޝީޓު ޕައިލްކުރުމުގެ ނަމުގައި )މިގޮތަށް ފައްތާ ޝީޓުތަކުގެ ސަބަބުން ބަދަރުގެ މަސައްކަތް ނުނިމެނީސް އެތަން ބޭނުން ނުކުރެވޭވަރަށް ހާލާކުވެ ތިލަވެގެން ދާނެކަމަށް ގިނަ އޮޑިވެރީން ދަނީ ބުނަމުންނެވެ.އަދި ކޮނެފައިވާ ސަރަހައްދުގެ ތެރޭގެ ފުންމިންވެސް ބޮޑުދިޔައިގައި 8 ފޫޓަށްވުރެ ތިލަކަމުގައި މިރޭ އެއްވި މީހުންގެ ތެރެއިން ބަޔަކު ބުނަމުން ގެންދިޔައެވެ.
މާމެންދޫ ބަދަރު ހެދުމުގެ މަސައްކަތް ކުރުމާ ހަވާލުވެފައިވާ އަމީން ކޮންސްޓުރަކުޝަންގެ ފަރާތުން އެއްވެސް ދިވެއްސަކު މިހަރުވެސް މަސައްކަތާ ހަވާލުވެގެން މާމެންދޫގައި ނެތެވެ. މިކަމާ ހަވާލުކޮށް އަމީންކޮންސްޓުރަކުޝަންގެ ފަރާތުން މާމެންދޫގެ ސައިޓުގައި ބައިތިއްބާފައިތިބީ ލަންކާ މީހުންނެވެ. ރަށުގެ މަސްދަރުތަކުން ހަބަރު ލިބޭގޮތުގައި މިތަނުގައި ހަވާލުވެހުރި އިސްމީހާ ދެންއެސައިޓުގައި ތިބި އަނެއްދެމީހުންނަށް ރަށުގެ ރައްޔިތުންނާވާހަދެއްކުންވެސް މަނާކޮށްފައިވާ ކަމަށެވެ. އިސްމީހެއްގެ ގޮތުގައި މިހުރި ކަލޭގެ މީހަކު ސިގެރޭޓެއް ދިއްކޮށްލުމުން އެމީހަކަށް ހެއްލޭކަމަށް ބަދަރު ކޮމިޓީގެ މެންބަރުން ތުހުމަތުކުރެއެވެ. އަދި މިހާރުމަސައްކަތް ކުރަމުންގެންދާ ފަރާތުގައި މިފަދަ ކަމެއްކުރުމުގެ ގާބިލްކަންނެތްކަން މިމެންބަރުވަނީ ފާހަގަކޮށްފައެވެ. މިރޭ ހިގާދިޔަ ކަންތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމުން އެގިފައިވަނީ ވީހާވެސް ހަރަދު ކުޑަކޮށް އަވަހަށް މިކަން ނިންމާލުމަށް މަސައްކަތް ކުރާފަރާތުން ބޭނުންވާކަމުގައެވެ.މިއީ ރާއްޖެތެރޭގައި ރައްޔިތުންނަށް އަރާފޭބުމުގެ ދަތިކަން ހައްލުކުރުމަށް ހަދަމުންގެންދާ ގިނަބަދަރުތައް ހަދާ އުސޫލެވެ.މާމެންދޫގެ ބަދަރުހެދުމަށް ހަމަޖެހިފައިވަނީ 750ފޫޓު ދިގު 250ފޫޓު ފުޅާ ބަދަރެއްގެ ގޮތުގައެވެ


އިތުރު ތަފްސީލް

ހާލަތު ބަދަލުކުރަންވީ ވަގުތު ޖެހިއްޖެ


ދިރިއުޅުމުގައި އެންމެން މިދަނީ އެއް އަމާޒަކާ ދިމައަށް މިސްރާބު ޖަހަމުންނެވެ. ދުނިޔެވީ ތަރަށްގީ އަކީ ހަމަ ކޮންމެ ރައްވެއްސަކުވެސް އެދޭނެ ކަމެކެވެ. ރއށެއްގައިނަމަ އެރަށެއްގެ ރަށްވެހީންނެވެ. ގައުމެއްގައިނަމަ އެގައުމެއްގެ ރަށްވެހީންނެވެ. މާމެންދޫގައި މިރޫހު މީގެ ގާތްގަޑަކަށް ދިހަވަރަކަށް އހަރުގެ ކުރީން ވަރަށް ރަގަޅުކަމުގައި ދެންނެވިދާނެއެވެ. އެހެންނަމަވެސް މިހާރު މިކަން މިވަނީ މުޅީން އެހެން ގޮތަކަށް ބަދަލުވެފައެވެ. ރަށުގެ އުމްރާނީ ތަރަށްގީއަކީ ބަޔަކު ކޮށްދިނުމުން ނޫނީ ނުވާނެ ކަމެއްކަމުގައި ދެކިގެންނެވެ. މިއަދާ ހަމައަށްވެސް މިކަން ކޮންމެވެސް ވަރަކަށް މާމެންދޫގެ ރަށްޔިތުންނަށް ތުރާލަކަށް ވެފައިވާތީއެވެ.

ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލުވުމުގެ ވަގުތު އައިސް ޖެހިފައެވެ. ރަށުގައި ކުރާންހުރި މުހިއްމު މަސައްކަތަށާއި އާންމުދަނީ ހޯދުމަށް ކުރެވުނު މަސްވެރިކަމަށް ހިޔަނި އެޅުނީ ރަށުގެ ލަފާފުރުމުގެ ދަތިކަމުގެ ސަބަބުންނެވެ.ނަމަވެސް މިކަމުގެ ހައްލުކޮންމެވެސް ސިފައެއްގައި ފެނުމުގެ އުފާވެރިކަން ލިބެމުންދާއިރު ހަށިފޮޅާލުމަށްފަހު ތަރަށްގީގެ އާއުސްމިނަކަށް ގެންދެވޭ ތޮ ބެލިދާނެއެވެ. މީގެ ކުރީން ދަތުރުވެރީންނާއި އަވަށްޓެރީން މާމެންދޫ ހަބެއްގެ ގޮތުގައި ބޭނުންކުރިއެވެ. އަށްޑު ހުވަދޫ ބޯޓު ފަހަރުން ހުޅަނގުމޫސުމުގައި މާލެއަށް މަލެއިން އެވެރީންގެ ރަށަށް ކުރި ހިތްދަތި ދަތުރުގައި މާމެންދޫގެ ބަދަރަކީ އެމީހުންގެ މުހިއްމު އެހީތެރިއެކެވެ. ރަށުގައި ރަނގަޅުބަދަރެއްނެތި ލަފާފުރުން ނުހަނު ދަތިކަމުގައި ވީއިރުވެސް އެވެރީން މާމެންދޫގައި ބަދަރުކޮށް ފެނާއި ކާބޯތަކެތި އެރުވުމަށް ބޭނުން ކުރީ މާމެންދޫއެވެ. ކައިރިރަށްރަށުގެ އަހުލުވެރީން އީދާއި ރޯދައަށް ވިޔަފާރިކުރުމަށް މާމެންދޫގެ ފިހާރަތަކަށް ވަދެތެވެ. އަދި އެމީހުންނަށް ނުހަނު ގަދަރުވެރި މެހެމާންދާރީއެއް އަބަދުވެސް މާމެންދޫގެ ރަށްޔިތުން ދޭތީ މިއަދުވެސް އެވެރިންނާ ގާތް ރަހުމަތްތެރިކަމެއް އޮވެއެވެ. މިއީ މާމެންދޫގެ ވިޔަފާރި އަދި އިޖުތިމާއީ ތަރަށްގީއަށް މިހާރުވެސް މުހިއްމުބަޔަކު ކަން ދަނެގެން ކުރިޔަށްވުރެ ރަށުގެ ހިތުމަތުގެ ފެންވަރު ރަގަޅުކުރުމަކީ ރަށްވެހީންގެ ވާޖިބެކެވެ. ރަށަކީ މަސްވެރިރަށަކަށް ވީއިރު މަސްވެރީން ކުރި ހިތި އަދި ނާޒުކު މަސައްކަތުގައި އާހިއްވަރަކާއި ޖޯޝެއްގެނުވާންވީ ދަޑިވަޅަކީ މުޅިގައުމުވެސް ބަދަލަކަށް އެދޭ ދަޑިވަޅަކަށް ވުމީ ރަށގަޅު އިއްތިފާގެކެވެ. ދުރުރަށްރަށުން ދަރުހިވައިގެން މަސްކެއްކި ހީވަގީ މުރާލި މަސްވެރީން އެމީހުންގެ މަސައްކަތް މެކުހަންޖަހަންވީ ވަގުތު އައިސްޖެހިއްނެއެވެ. މީގެ ކުރީން މާމެންދޫ ހޯދައިފައިވާ ވިޔަފާރީކުރިއެރުމާއި މަސައްކަތުގެ ހުނއރު އިތުރަށް ފުޅާކުރުމުގެ ވަގުތު ތަކުރާރުކޮށް ދެކުނުގެ ދަތުރުވެރީންގެ ސަމާލުކަން އިތުރަށް ހޯދުމުގެ ވަގުތު އަނެއްކާވެސް ފެންނަނީ ވަރަށްކައިރީންނެވެ. ފަހަރެއްގައިވެސް ވަކި ބަޔަކުގެ ބޮލަށް މިފަދަ ކަންކަމުގެ ފޫޅު ކެޑުމެއްނެތި އެމީހަކު ހުރިދިމާއަކުން އެމީހެއްގެ ޒިންމާ އެމީހަކު ނަގާށެވެ. އޭރުން މިހާރަށްވުރެ ތަރަށްގިވެފައިވާ މާމެންދޫއެއް ފެނިދާނެއެވެ.ވޭތުވެދިޔަ ތިރީސްއަހަރު ވެރިކަމުގެ ފަރާތުން އޮބިއަޅާފައިވާ މާމެންދޫގެ ކުރިއެރުން ހަށިފޮޅާލާފައިވާ ގޮތުގައި ދަށްކައި ދޭށެވެ. ވެތުވެދިޔަ ދިގު ތާރީހުގައި ނުކުރެވުނު ކަމެއްއަލަކުން ނުކޮށްދެވޭނެއެވެ. އެފުރުޞަތު ދެން ނުދޭށެވެ. މާމެންދޫގެ ކުރިމަގަށްޓައެވެ. ގައުމުގެ ކުރިމަގަށްޓަކައެވެ.


އިތުރު ތަފްސީލް

ގޯތިގެދޮރުގެ ދަތިކަމަށް ހައްލެއްނެތް



އާބާދީގައި 1200އެއްހާ މީހުން ދިރިއުޅެމުން ގެންދާ ހައްދުންމަތީ މާމެންދޫ އަކީ ދިގުމިނުގައި 1000މީޓަރު ފުޅާމިނުގައި 350މީޓަރު ހުންނަ ރަށެކެވެ. މިރަށުގެ އާބާދީ އަށް އެކަށީގެންވާވަރަށް ގޯތި ދޫކުރެވެން ނެތްއިރު މިހާރުވެސް މިރަށުގައި މީހުން ދިރިނުއުޅޭ ފަޅުގޯތީގެ ގޮތުގައި 54 ގޯތި އޮތް އިރު މީގެ ތެރެއިން މީހުން ދިރި އުޅެވޭ ފެންވަރަށް އިމާރާތެއް ހެދިފައިވަނީ 9 ގޯތްޗެއްގައެވެ. ބަކީ ހުރިގޯތިތަކުގެ ހަމައެކަނި ވަށާފާރު ރާނާފައިހުރިތަންތަނާއި އެއްވެސް ވަރަކަށް އެފަދަ މަސައްކަތެއްނުކޮށް އިންވަކިކޮށްލާފައި ހުރި ގޯތިތަށްވެސް އެބަހުއްޓެވެ. 2005ވަނަ އަހަރާއި ހަމައަށް މާމެންދޫއިން ގޯތްޗަށް އެދި ގޯތި ނުލިބޭ ފަންސާހަށްވުރެ ގިނަ އާއިލާތަށް ތިބިއިރު މިހާރު އެއަދަދު ތިންގުނައަށް އަރާފާނެ ކަމަށް ލަފާކުރެވެއެވެ

މާމެންދޫގައި ހުރި ފަޅުގޯތިތަށް ނެގުމުގެ ވާހަކައކީ އަބަދުވެސް ރ.ކ ކޮމީޓީގައި ދެކެވޭ ވާހަކައެކެވެ ނަމަވެސް މިހާތަނަށް އެއްވެސް އަމަލީ ސިފައެއް މިކަމަށް ގެނެވިފައިނުވާއިރު މިވަގުތު މުޅީން އަލަށް ޒަވާޖީ ހަޔާތެއް ފަށާ މަމެންދޫގެ ޒުވާނުންނާއި މިހާރުވެސް ކައިވެނިކޮށްގެން ދިރިއުޅެމުންގެންދާ ގޯތި ގެދޮރު ނެތް އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ އެއްވެސް މަޝްރޫއެއްނެތެވެ. މިހާރުވެސް ކައިވެނީގެ ގޮތުން ގުޅިފައިވާ ގިނަދެމަފިރިން ދިރިއުޅެނީ އެމީހުންގެ މައިންބަފައިންގެ ހިޔާވަހިކަމުގައި ކުޑަކޮޓަރިގަނޑެއްގައެވެ. ބައެއްއާއިލާތަށް އެކުވެރިކަމާއެކު ދިރިއުޅުނުނަމަވެސް ގިނައާއިލާތަކުގައި އެކުވެރިކަންނެތި އިޖުތިމާއީ ބޮޑެތިމައްސަލަތަކަކަށްވެ އެއްގޭތެރޭގައި ވަކީން ކައްކައި ކައިބޮއެ ހަދަނީ މަދެއްކޮށެއްނޫނެވެ.ނަމަވެސް މިކަމަކީ ސަރުކާރު ސަމާލުކަމަށް އައިސްފައިވާ ކަމެއްނޫނެނެވެ. އަދި މާމެންދޫ އޮފީހުންވެސް މިކަމާމެދު އެއްވެސްވިސްނުމެއް ނުގެންގުޅެއެވެ.މާމެންދޫގައި ގޯތި ލިބުމާއި ދިރިއުޅުމުގެ ހުރިދަތިކަން މިހާރު ހުންނެވި ކަތީބު އިބުރާހީމް ޝިޔާމް އަށްވެސް ހަމަޔަގީނުންވެސް ތަހައްމަލްކުރެވިފައިވާނެއެވެ. އޭނާއަކީވެސް އަމިއްލަ ގޯތްޗެއް ދިރިއުޅުމަށް ލިބިފައިނުވާ އަދި މައިންބަފައިން ކައިރީ ދިރިއުޅެން ޖެހިފައިވާ މީހެކެވެ. ކަތީބު އާއިލާއަކީ ތަނަވަސް އާއިލާއަކަށްވެފައި މާމެންދޫގެ އެހެން ރައްޔިތުންނަށް ލިބިފައިވާ ގޯތީގެ ދެގޯތްޗަށްވުރެ ބޮޑު ތަނަކަށް އެގެ ވުމުން ކަތީބަށް ކޮންމެވެސް ވަރެއްގެ ހިތްހަމޖެހުމެއް އޮވެދާނެ ތޯތްޗެކެވެ.ނަމަވެސް ރަށުގެ ގިނަ ޒުވާން އާއިލާތަށް އެމީހުންގެ ދަރީންނާއެކު އުޅެމުންގެންދާ ހިތްދަތި ދިރިއުޅުން ފަސޭހަވުމަށް އެމީހުން އަބަދުވެސް އެދޭނެއެވެ. ރަށުން ގޯތި ނަގާފައި ވަށާފާރު ރާނާ ދޮރާށީ ލާފައި ބޮޑު ތަޅުއެޅުވުމުން އެބިމަކީ އެމީހެއްގެ ތަރިކަ މުދަލަކަށް ނުވާނެއެވެ. އެއީ ބަންޑާރަ ގޯތިތަކެކެވެ. އެމީހުންނަކީ މާލޭގައި ދިރިއުޅޭ އާއިލާތަކަކަށްވެ ރަށުގައި "ބޮޑުތަޅުއަޅުވާފައިވާ"ގޯތިތަށް މިނޫން ކޮންމެވެސް ރަނގަޅުގޮތަކަށް ބޭނުން ކުރެވޭ ތަދުބީރެއް މިއަދު މިވަނީ ހޯދަންވެފައެވެ. އެހެންނޫނީ ރަށުގެ އިޖުތިމާއީ ފޭރާން ދުވަހުން ދުވަހަށް ވީދި އޭގައި ބަހެދި އެބާތކުން އިތުރު ވެންދެނިވި ކަންތައްތަކެއް ކުރިމަތިވެދާނެއެވެ. މަސްތުވަތަކެތި މުޅިރަށުގައި ވަކިހިފާފައި މިވާވަރުން މިހާރުވެސް މުޅިމާމެންދޫ ނާމާންކަމަށް ހުށަހެޅިފައިވާކަން މާމެންދޫގެ ކޮންމެބޭފުޅަކުވެސް ދަންނާނެއެވެ. ވީއިރު ކޮންމެގޮތެއް ވަރިހަމަކޮށ ނުލަށްވާ އޭނަހުއްޓަސް މީނަހުއްޓަސް ހަމަވާނީ އެއްގޮތޭ ނުބުނެ ބަދަލުގެނެސްގެންވެސް ހައްލެއްލިބޭތޯ ބައްލަވާށެވެ. މާމެންދޫގެ ރައްޔިތުންނަކީ ހިއްވަރުގަދަ އަދި ކެރޭބަޔެކެވެ


އިތުރު ތަފްސީލް

ދެން ރައްޔިތުންނާ ސަކަރާތްޖައްސަވަން ނުހައްދަވާ

(ހާމަ ނޫސް)

މައުމޫނު މެދުނުކެނޑި ރާއްޖެތެރެއަށް އެކުރައްވާ ދަތުރުތައް އެކުރައްވަނީ ރައްޔިތުންދެކެވާ ލޯތްބެއްގެ ބޮޑުކަމުން ހެއްޔެވެ. ނޫނީ އޮންނަ އަމިއްލަފުޅު އެދުމެއްގެ ބޮޑުކަމުންހެއްޔެވެ. ކޮންމެ ރިޔާސީ ދައުރެއްގެ ފަހުކޮޅަށް އަޅާލުމުން ތިންއިރުކާ ބޭހެއްހެން ދެފައިއެއްތާނުޖަހާ ކުރުކާލިކެނޑޭގޮތްވަނީ ރައްޔިތުންތިބިކަން ހިފާއިރުކޭތައެއްގެ މިސާލުގައި ހަނދާންވާތީހެއްޔެވެ. ވެރިކަމާ ބަގުޑިބެއްދިޔަސް އެވަރުފުކެއް ބޮޑެވެ. "ތިޔައީ ޒަޢީމެ ލޮބުވެތި މިދިވެހި ޤައުމު ފަޚުރުވެރިވާ" ކަން އެނގެނީވެސް އިންތިޚާބު ގައިދޮށްވީމާހެއްޔެވެ.
އިތުރު ތަފްސީލް.

އިތުރު ތަފްސީލް

ގާސިމް އިބުރާހީމަކީ ރައްޔިތުންގެ ހާދިމެއްކަން ސާބިތުކޮށްދީފި

ޤާސިމް އިބުރާހީމަކީ އަދިވެސް ރިފޯރމިސްޓެއްކަމުގައި ވަރަށް ސާބިތު ކަމާއެކު ގާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ މިރޭ 8 ސެޕުޓެމްބަރު2008 ދުވަހުގެރޭ ޓީވީ އެމުން ލައިވުކޮށް ފޮނުވްމުން ގެންދާ ސިޔާސަތު ޕޮރްގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.ގާސިމާ ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުން ބާރަތޭރައިގެ ހާދިސާއާއި ގުޅިގެން ޖަލުގައި ހައްޔަރުކުރެވުމުން މައާފުދެއްވުމަށް އެދި

ސިޓީ އެއްފޮނުވިކަމަށާއި ނަމަވެސް އެސިޓީގައި ވެފައިވާ ވައުދު އެއީ ވައުދެއްކަމަށް ގަބޫލްފުޅު ނުކުރަށްވާކަމަށް ވިދާޅުވިއެވެ.ސަބަބަކީ ސިޓީގައި ވިދާޅުވެފައިވާ ދެކަމެއް ރައީސް މައުމޫނު ފުއްދަވައި ނުދެއްވުމުން އޭގެ މާނައަކީ އޭނާއަށް އެކަނި ދެއްވި މައާފެއް ކަމަށް ގަބޫލްފުޅުނުކުރަށްވާކަމުގައި ވިދާޅުވިއެވެ.އަދި އެސިޓީއަކީ އެންދެރިމާގޭ އައްބާސް އިބުރާހީމް މައުމޫނު ރުހޭގޮތަށް ލިޔެދީފައިވާ ސިޓީއެއްކަމުގައި ވިދާޅުވަމުން މިހަކު އަނިޔާލިބެމުންދާއިރު އެކަމުންސަލާމަތްވުމަށާއި މަރަށް ބިރުން އެފަދަ ކުރިޓިކަލް ސިޓުއޭޝަނެއްގައި ކަންކުރާނެ ހުރިހާ ގޮތަކަށް ކަންކުރުމަށް މަޖުބޫރުވިކަމަށް ވިދާޅުވިއެވެ.ގާސިމް ޖުމްހޫރީމައިދާނަށް ގެންދެވީ އޭރުގެ އިންފޮމޭޝަންމިނިސްޓަރ ސަމަރޭ ކަމަށް ވިދާޅުވަމުން ކަމިޝަނަރ އޮފުޕޮލިސް އާދަމް ޒާހިރުއަށް ގުޅުއްވުމަށްފަހު އޭނަގެ ލަފާގެމަތީން މައުމޫނު އޯޑަރަށް މީހުންތައް ގެއަށް ފޮނުއްވާލުމަށް ކަމުގައި ވިދާޅުވެ އެއީ ރޭވިގެން ސަރުކާރުން އޭނާބަންދުކުރުމަށް ޖެހި މަޅިފަތްޗެއް ކަމަށް ވިދާޅުވިއެވެ .އަދި ގާސިމްގެ ވާހަކައިން އޭނާ ޑީއާރުޕީ އާއި ގުޅިވަޑައިގަތީ މިނިސްޓަރުކަންލިބުމަށްފަހުގައި ކަމަށް ދޭހަކޮށްދެއްވަމުން ގާސިމް ވިދާޅުވީ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ބަޖެޓަށް ފައިސާ ހޯދުމަށް ހުށަހެޅިފައިވާ ކަންކަން ނުކުރެވުމުން ކަމަށް ވަރަށް ކެރިވަޑައިގެން ވިދާޅުވިއެވެ.އަދި މައުމޫނުގެ ވެރިކަމުގައި މުޅީން ހުރީ ގޯސްތަކެއްނޫންކަމަށާއި ކޮންމެވެސްވަރަކަށް ކަންކަންކުރެވިފައިވާ ކަމަށް އެއްބަސްވެފައިވެއެވެ.އަދި ކޮންމެފަދަ ގޮތަކަށްވެސް ކަންކަން އެބުރުކަމުގައިވިޔަސް ވެރިކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަވާނެކަމަށެވެ.
ގާސިމާކުރެވުނު ސުވާލުތަކުން އެންމެ ފާހަގަ ކުރެވުނީ މިހާރު ދެއްވަމުން ގެންދަވާ އެހީ ދެއްވަނީ ވަކިފަރާތަކުން ޝަރުތުކޮށްފައި އޮވެގެން ކަމަށް ކުރެވުނު ސުވާލެވެ.މި ސުވާލަށް ގާސިމް އިންކާރުކުރެއްވިއެވެ. އަދި އެއީ ބަޔަކުމީހުން ރާވައިގެން ހަމަގަސްތުގައި ހަގީގަތް އޮޅުވާލުމަށް ދައްކާ ވަހަކަ ކަމުގައި ވިދޅުވިއެވެ.އޭނާނަގައިފައިވާ އެއްވެސް ލޯނަކާގުޅިގެން ނޫނީ ކުރާ ވިޔަފާރިޔަކާ ގުޅިގެން އެއްވެސް ފަރާތަކުން ވަކިކަމަކަށް ޝަރުތުކޮށްފައި ނުވާކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިދަޑީވަޅުގައި ފާޑުފާޑުގެ ހަގީގަތާ ހިލާފު ވަހަކަތައް ފަތުރަން މަސައްކަތޗ ކުރާނެކަމަށާއި ވިލާގެ ރިސޯޓުތަކުން ލިބޭ ސާވިސްޖާޖުވެސް ބާރާބަރަށް އޭގެ ހައްގުވެރިންނަށް ރަށްދުކުރަށްވާކަމުގައެވެ. އަދި އެއްވެސް ކެންޑިޑޭޓަކާއި ޒާތީ ގޮތުން ދިމާނުކުރަށްވާނެކަމަށް ވިދާޅުވިއެވެ. މިހާރު އަމަލުކުރެވެމުން ދާ ގާނޫނު އަސާސީއަކީ އިސްލާހުކުރެވިފައިވާ ގާނޫނު އަސާސީއެއްކަމަށާއި މައުމޫނު އަބުދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް ކުރިލެއްވޭނެތޯ ނުވަތަނޫންތޯ ކަނޑައަޅާނީ ގާނޫނު އަސާސީއިން އެކަމަށް ކަނޑައެޅިފައިވާ މުވަށްސަސައިން ކަމަށް ވިދާޅުވިއެވެ. ގާސިމްދެކެވަޑައިގަންނަވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން އޭނާއަށް ކާމިޔާބު ކުރެއްވޭނެއެވެ.



އިތުރު ތަފްސީލް

އިންތިހާބު ކާމިޔާބުކުރަން ވައުދެއްނުވަން! އެކަމު ހުވަފެން ހިއްސާކުރަން

ކޮށްދެވުނު ކަންކަމުގެ ވާހަކައިން ރައްޔިތުންގެ ވޯޓު ހޯއްދެވުމަށް ހުންނެވި މައުމޫނަށް ވޯޓު ދެއްވާ ރައްޔިތުންނޭވެ!މިގައުމު މިއޮތީ މައުމޫނަށްޓަކައެއްނޫނެވެ. މިގައުމުގެ ރައްޔިތުން މިގައުމުގައި އުޅެނިކޮށް އުފަންވިމީހެކެވެ. ވީއިރު މައުމޫނު ނެތަސް ގައުމުގެ ރައްޔިތުން ގައުމު ހިންގާނެތެވެ. ގައުމު ދެމިއޮންނާނެއެވެ. އާޖީލްޖެ ޒުވާނުންނާއެކުގަމެއެވެ. އިސްލާމްދީންވެސް އޮންނާނެއެވެ. މައުމޫނުގެ ވެރިކަމުގެ ކުރިން މިގައުމުގެ މީހުން އިސްލާމް ދީނަށް އުޅޭތާ އެތަށް ސަތޭކަ އަހަރެއް ވެއްޖެއެވެ.އަދިވެސް މިގައުމުން އެހެންދީނަކަށް ފުރުޞަތެއްނުދޭނެއެވެ

ވެރިކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންތެރެއިން ގާސިމް އިބުރާހީމް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ރައްޔިތުންނާ ބައްދަލުކޮށ ހެދިގޮޑުދަށުގައި އޭނާގެ ވެރިކަމެއްގައި ކޮށްދޭނެކަމަށް ވިދާޅުވިކަންކަމަކީ މިހިނދުން ރައްޔިތުން ބޭނުންވެފައިވާ ކަންކަމެވެ. ގާސިމް ރިފޯރމިސްޓު ހެދުމުގައި ފުރަތަމަ ފެނިފައިވަނީ 2003 ވަނަ އަހަރުގައެވެ. އެއަށްފަހު13،12 ހާދިސާ އާއި ގުޅިގެން ޖަލަށްލެވުމުން ޖަލުން ސަލާމަތް ވެވުމުން ދެންފެނިގެން ދިޔައީ 30 އަހަރުގެ ހުދުމުހުތާރުވެރިކަމެއް ދަމަހައްޓަން މިނިސްޓރުކަމާ ހަވާލުވެވަޑައިގަތްތަނެވެ. މައުމޫނުގެ ވެރިކަން ދެމެހެޓުމަށް އުޅުމުގެ ތެރޭގައި މުޅިގައުމުގެ އިގުތިޞާދު ފުޑުފުޑުވެގެން ދިޔައީ ގާސިމްގެ މާލީ ސިޔާސަތު ދޯހަޅިވުމުންނެވެ. ސަރުކާރުގައި އުޅުއްވިއިރު ރައްޔިތުންނަށްވުރެ އަމިއްލަމަސްލަހތު ކުރިޔަށް ނެރުނުކަން ދިމާޔަށް ފެންނަށް އެބަހުއްޓެވެ. ގޭހުގެ ވިޔަފާރިޔަށް މާލެއިން ބިމަށް ހޯދައި އިތުރު ރިސޯތަކާއި ކޮލެޖެއް އަމިއްލައަށް ހަދައި ސަރުކާރުގެ ބައެއް މަޝްރޫއުތަށް އަމިއްލަމަސްލަހަތަށް ފަހަށް ޖައްސާލިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މާލީގޮތުން ގައުމު އިދަޖެހުމުން މާލީ ވަޒީރުކަމުން އިސްތިއުފާ ދިނުމަށްފހު ކުރީގެ ރިފޯރމިސްޓު ހެދުން އަޅައި ގައުމުގެ ވެރިކަމަށް ހޮވިއްޖެނަމަ ޓެކުސްނަންގަވާނެކަމަށް ވިދާޅު ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ފެއްޓެވިއެވެ. ހުޅުމާލޭގައި އަހަރަކު 1000 ފުލެޓު އެޅުމަށް ގާސިމް ބޭނުންފުޅުވާ އިރުރިވޯލްވިން ފަންޑެއް 3 އަހަރުތެރޭގައި 1.5މިލިޔަނަށް ގެންދަވައި ލުއިލޯނު ދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ ކުރިން ގާސިމް ވެފައިވަނީ ރައްޔިތުންނަށް ޙިދުމަތްކުރުމުގައި ވަރަށް މަތީ ދަރަޖައަކަށް ރައްޔިތުންގެ ލޯބި ހޯއްދވާފައެވެ. މިގައުމުގެ ރައްޔިތުންނަށް އެންމެދަތިވެފައިވާ ސިއްހީ ހިދުމަތާ ތައުލީމަށް ވަރަށް ބޮޑު އިންވެސްޓެއް އަބަދުވެސް ކުރަށްވަމުންގެންދެވީ ފަހަރުގައި ވެރިކަމަށް ކުރިމަތި ލުމަށް މީގެ އަހަރުތަކެއްކުރީންސުރެވެސް ރޭވިފައި ވާތީކަންނޭންގެއެވެ.ގާސިމަކީ ކުޅަދާނަ ކަންކަން ކުރެވޭ މީހެއްކަން އޭނާ ސާބިތުކޮށްދީފައިވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި ދެއްކެވި ހިކުމަތު އަމަލުންނެވެ. ވެރިކަމަށް އައުމުން އެރޫހުގައި ވިދާޅުވި އިސްލާހީ ބަދަލުގެނެސް ދެއްވައިފިނަމަ ގާސިމަށްވުރެ މިވަގުތަށް ކަމުދާ މީހަކުނެތްކަމަށް ގިނަބަޔަކު ގަބޫލުކުރެތެވެ.ފަހުގެ ނިންމުން ނިންމާނީ ވޯޓުލާ ރައްޔިތުންނެވެ.ނުނިމޭ


އިތުރު ތަފްސީލް

އިންތިހާބު ކާމިޔާބުކުރަން ވައުދެއްނުވަން! އެކަމު ހުވަފެން ހިއްސާކުރަން


މިއަހަރުގެ ރިޔާސީ ވައުދުގެ ފޯރި އެންމެ ގަދަދުވަސް ވަރަށް އެޅުނީއެވެ. ގިނަވައުދު ތަކަކާއި ކުރާނެ އަދި ކޮށްދޭނެ ކަންކަމުގެ ވާހަކަ އެކިމީހުން ގޮވަވުން ކިޔަމުން ގެންދާއިރު ކުރެވޭނީ ކޮންކަމެއްތޯ ނުކުރެވޭނީ ކޮންކަމެއްތޯ ދެނެވޮޑިވެންވާނީ ހެއްދެވި ކަލާނގެއެވެ.ކޮންމެ ކެންޑީޑޭޓަކުވެސް އަނެއް ކެންޑިޑޭޓަށްވުރެ ފުރިހަމަ ބަލާޣާތްތެރި ހުށަހެޅުމެއް ހުށަހެޅޭތޯ
ރިޔާސީ އިންތިހާބު އައިސް ބޯމަތިވެއްޖެއެވެ. ވައުދުފުއްދައިދެވޭނީ ކޮން ކެންޑިޑޭޓަކަށްތޯ މިއީ ބޮޑުސުވާލެވެ. ނޭންގޭ ކަމަކީ ހޮވޭނީ ކާކުކަމާއި ހޮވިގެން ދެންކަންތައްކުރަށްވާނީ ކިހިނެއްކަމެވެ.މިއީ ދިވެހި ތާރީހުގައިވެސް ހުޅުވާލެވިފައިވާ ގޮތެއްގައި ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިހާބެވެ.1998 ވަނަ އަހަރުގެ ފުރިހަމަ "ނަމޫނާ"ޤާނޫނު އަސާސީގެ ދަށުން ރައީސްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވުނުނަމަވެސް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓަކު ރައްޔިތުންގެ ކުރިމަތީގައި ފާހަގަ ޖެހުމުގެ ފުރުޞަތު ލިބިގެންގޮސްފައެއްނުވެއެވެ.

"ނޫ"ޤާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނަންތަކުގެ ތެރެއިން މަޖިލީހުން ފާސްވާނަމެއް ފެންނަނުފެންނަ ވޯޓަށް ރައްޔިތުން ކުޑަކާފު ބޮޑުކާފު ޖެހުމަށް ހުށަހެޅެނީއެވެ2003ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަށްވަނީ ވެރިކަމުގެ ބާރުންނެވެ. އެކަމާ ހަޖޫކިޔައި އަގައިން ބުނިމީހަކުވެއްޖެއްޖެއްޔާ ގަދަފަދަ ވެގެންވާ "އަޒާބު" ޖަލުގެ ތޭރިތަކުގެތެރެއިން ލިބެއެވެ.ސިޔާސަތަށް ފާޑުކިޔައިފި މީހަކު ހަމަހޭގައިހުއްޓައި ދޫކޮށެއްނުލާނެއެވެ. 2003ވަނައަހަރުގެ ސެޕުޓެމްބަރ19،20 ވެގެންދިޔައީ މިދެންނެވުނު މިނިވަންކަން ތޮށި ފަޅާލައިފައި ބޭރަށް ނިކުތް ހާދިސާ މިގައުމާކުރިމަތިވި ދުވަހަށެވެ. އެއަށް ފަހު ވަރަށް ގިނަ ބައެއްގެ ބުރަމަސައްކަތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ވެރިކަމުގެ ކިއްލާއަށް ހިތުހުރި އެއްޗެއްބުނުމުގެ ފުރުޞަތު ހުޅުވުނެވެ. ނަތީއްޖާ އަކީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ޗަރުކޭސްކުޅިވަރަކަށްވެ މުޅިގައުމު ސިޔާސީ ވެގެން ދިއުމެވެ.އޯ މައުލޫއިން ބޭރަށްދެވިއްޖެތާއެވެ. އެތެރެއަށް ވަދެވޭތޯ ބަލާނަމެވެ. ރިޔާސީ ވައުދުގެ އެންމެކުރީގައިވަނީ ބޯހިޔާވަހިކަމާއި ސިއްހީ ޙިދުމަތާއި ބޯފެނާއި ނަރުދަމާނިޒާމްގެ އިތުރުން މިގައުމަށް އައިސްފައިވާ މަސްތުވާތަކެތީގެ ސުނާމީގެ ވާހަކައެވެ.ރިޔާސީ ރޭހުގައި ތިބި ކެންޑީޑޭޓުންގެ މެނިފެސްޓޯތަށް މިހާތަނުން މުހިއްމުވާނެކަމަށް ފެނެއެވެ.އެންމެ ފުރަތަމަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މއ.ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ގައްޔޫމެވެ.
މއ. ކިބިގަސްދޮށުގެ މައުމޫ އަބުދުލްގައްޔޫމު ވޭތުވެދިޔަ 30 އަހަރު މިގައުމުގެ ވެރިކަން ކުރެއްވީ ވަރަށް އިންސާފުންނޯލައެވެ.މައުމޫނުވިދާޅުވަނީ ރިޔާސީ ރޭހުގައި ދެންތިބި ހުރިހާ ކެންޑިޑޭޓުންނަކީވެސް އިތުރުފުޅުހައްދަވާ ރައްޔިތުންނަށް އޮޅުވާލާ ކެންޑިޑޭޓުން ކަމުގައެވެ. އަދި ވެރިކަންކުރުމުގެ ޝަރުތުހަމަވިޔަސް އެރޮގުން އެއްވެސް ހިދުމަތެއް ރައްޔިތުންނަށް އެބޭފުޅުން ކޮށްދީފައިނުވާނެކަމަށެވެ. މިގައުމުގެ އިސްލާމްދީން އޮޔާދަނިކޮށް ގެނެސްދެއްވީ ތިމަންނާކަމުގައި މައުމޫނު ފަޙުރުވެރިކަމާއެކު ރިޔާސީ ސުވާލާއި ޖަވާބު ޝެޝަންގައި ވިދާޅުވިއިރު މިގައުމުގައި ފާހިޝް ކަންކަން ހައްދުފަހަނައަޅައި ވައްކަމާއި ފޭރުމާއި މީހުންމެރުމާއި ޒިނޭކުރުމާއި،ހަށިވިއްކުމާއި،ޒުވާނުންގެ އާބާދީގެ 80 އިންސައްތަ ޒުވާނުން މަސްތުވުމަކީ ޒަމާނާއި ތަނަށް އައި ތަރަށްގީކަމުގައި ވިދާޅުވެ ވަރަށް ސާފުބަހުން ދީން އަށްޑަނައަކަށް ހެއްދެވިއެވެ. މައުމޫނު ވެރިކަމާ ހަވާލުވިއިރު މިގައުމުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ކޮށްފައިވަނީ އަތުގެ އިގިލިތަކުން ގުނާލެވޭހާ މަދުބަޔަކުކަން އެދުރުކަލޭފާނަށް އެގޭހެއްޔެވެ.އެހެންނަމަވެސް މިއަދުގެ ހާލަތު އެހެންތޯއެވެ.

މިދެންނެވިކަންކަން އާއުސްމިންތަކަކަށް ގެންދެވުމަށް ފޫގަޅައި ކަމަރުބަދެގެން ނިކުމެ ހުރި މައުމޫނު ވިދާޅުވާގޮތުންނަމަ އޭނާ ވައުދެއްނުވަމެވެ. އޭނާގެ ހުވަފެންތަކެއް ހުރީތީ ހަގީގަތަކަށް ހެދޭތޯ ރަށްޔިތުންނާ އެހުވަފެންތަށް ހިއްސާކޮށްލަނީއެވެ.މިގޮތުން ހުޅުމާލޭ ބުރިޖެއް އެޅުމަކީވެސް މައުމޫނުގެ ހުވަފެނެކެވެ. ރާއްޖޭގެ ހަތަރު ސަރަހަށްދެއްގައި އާބަންސެންޓަރުތަށްހެދުންވެސް ހުވަފެނެކެވެ.ހުޅުމާލޭގައި ފުލެޓު އެޅުމަކީ ދޮގުވައުދެކެވެ.އެކަމު 1500 ފުލެޓު އެޅުމަކީ މައުމޫނުގެ ހުވަފެނެކެވެ.ރާބުއިމީހެކޭ އެތެރެކުރިމީހެކޭ އެގުދަށްކުރިމީޙެކޭ އެއްވަރުކަމަށް ފަތުވަނެރެގެން އަރުވާލެވުމުން ހުކުމް ތަންފީޒުކުރުމަށް ފަހު މާލެއައިސް ޓުރާންސްޕޯރޓު މިނިސްޓަރުކަމުގައި ހުރެފައި ވެރިކަމާ ހަވާލުވެ ރާއެތެރެކުރުމުގެ ހުއްދަބާތިލްނުކޮށް އެކަން އާއުސްމިންތަކަކަށް ގެންދެވުނީ ހުވަފެނުގައެވެ.ރިޔާސީ ވައުދުކުރަށްވާ މައުމޫނު ވިދާޅުވާގޮތުން ދުވަހަކުވެސް ރަށްފުށުގެ މީހުންނަކަށް ސިޓީތަކުގައި އުޅޭމީހުންނަށް ދެވޭ ޙިދުމަތްދިނުމަކީ ކޮށްގެންވާނެކަމެއްނޫންކަމަށާއި އެކަކަށްވެސް އެކަންނުކުރެވޭނެއެވެ.ތިރީސްއަހަރުވެރިކަމަށް ވެފައިވާއިރު މިރާއްޖޭގެ އާބާދީގެ ބޮޑުބަޔަކު ތިބީ މިގައުމަށް ލިބޭ ނަފާއިން އެކަހެރިކޮށްފައެވެ.އާއިލީވެރިކަން ކުރަން ބޭނުންނުވާ މައުމޫނު ކެބިނެޓުގެ އަދި އެހެންވެސް މަގާމެއްގައި ނުހައްގުން އާއިލާމީހަކުނެތެވެ.އެކަމު ޅިޔަނު އިލްޔާސް ކިޔަވާވިދާޅުވި ދާއިރާއެއް މައުމޫނަކަށް އެނގިވަޑައެއްނުގަތެވެ. ޅިޔަނު އައްބާސް ކިޔެވީ ކޮންޔުނިވަސިޓީއަކުންތޯއެވެ.ދަރިންގެ ރަށްޓެހީންނާއި މައުމޫނުގެ އެކުވެރިން ތިބީ މަތިފަޑީގައި ވެޑުވާފައެވެ.ތީމުގޭ ޙަރަދު ބޮޑުވަނީ ނިކަމެތި ރައްޔިތުންގެ ހައްގުތަށް ގިނަކަމުން އެމީހުންގެ އިހުސާސްތަށް ބަރުދާސްތު ކުރާށެވެ.ސިއްހީ ޙިދުމަތްދޭ ތަންތަނުގެ ނަންބޯޑު ބަދަލުކުރަނީ ރަށްޔިތުން ސަލާން ނުޖަހާތޯއެވެ. ވިހާމަރުވާރޭޓު މަތިވެ ދަށްވަނީ މައުމޫނުގެ ހުށިޔާރުކަމުން ކަމަށްވާނަމަ ދެން އިތުރަށް ކިޔާނެ އެއްޗެއް ނެތެއްނޫންތޯއެވެ.ހެއްދެވިހާލިގުވަންތަﷲ ސުބުހާނަހޫ ވަތައާލާގެ އިރާދަފުޅާ މިންވަރުފުޅު ކޮބައިކަން ވެރިކަމުގެ ދަހިވެތިކަމުގައި ނުވެސްދެނަހުއްޓެވެ.

މީގެ ހަތަރުހަރުކުރިން ސުނާމީގައި ހާލުގައި ޖެހުނުމީހުންގެ ބޯހިޔާވަހިކަން ކޮބައިތޯއެވެ. މިހާރު ރާއްޖޭގައި ހުރި ސަރުކާރު ސުކޫލްތަކުގެ އަދަދު ގިނަވެގެން އެކަލަ ތިޔަގޮވަނީ އެއީ މައުމޫނުގެ ކުޅަދާނަކަމުން ވީކަމެއްކަމުގައި ހީކުރަނީ ހެއްޔެވެ. ރަށްރަށުގެ ރައްޔިތުން އަމިއްލައަކަށް ދަރިންނަށް ތައުލީމުދިނުމަށް ބޭރުން ޓީޗަރުން ގެނެސްގެން ކިޔައިދީގެން ގުރޭޑު 8 އަދި 10 އުފެއްދި ކިތަށް ސުކޫލު ހުރިކަން އެގިވަޑައިނުގަތީތޯއެވެ.ރައްޔިތުން ދަލާ ލޭ އޮހުރުވައިގެން މިކަންކުރީމާ އެތަންތަން ސަރުކާރުން ހިންގާތަނަކަށް ހެއްދެވުމުން އެއޮތީވާ ތައުލީމީ ސިޔާސަތެކެވެ. އަތޮޅުތަކުގައި ހުރި ތައުލީމީ މަރުކަޒުތަކާއި އަތޮޅުމަދަރުސާތަކަކީ ބޭރުގެ އެކިކަރަތަކުން ވެދެއްވި ދީލަތި އެހީކަން ރައްޔިތުންނަށް ވަންހަނާކުރަށް ހާދަހުށިޔާރެވެ. ރެޑުބާނާ ސުކޫލްތަކަކީ ކޮންއެއްޗެއްތޯއެވެ. ދާދިފަހަކާ ޖެހެންދެންވެސް ރަށްރަށުގައި ހުކުރުކުރީ ރައްޔިތުންގެ ބުރަމަސައްކަތުން ހަދާފައިވާ މިސްކިތްތަކުގައެވެ. އެތަންތަނުގައިލާން އަހަރަކުއެއްފަހަރު ކުލަދަޅެއްފޮނުއްވީމާ ސަރުކާރުން (ވެރިކަމުގެ ފަރާތުން) ހެދިތަނަކަށް އެތަންވޭހެއްޔެވެ.ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކަރަންޓުދެނީ ރައްޔިތުންގެ އިންޖީނުގެތަކުންނެވެ.އޮފީސް ހިންގާނެ ސަރުކާރުގެ އިމާރާތެއްނެތިގެން މިހާރުވެސް ކިތައްމެރަށެއްގައި އެހެރަގެން އިމާރާތް ކުރަނީ ކޮންތަންތަނެއްހެއްޔެވެ.ރަނގަޅުބޯފެނުގެ ޙިދުމަތެއްނުލިބޭއިރު ފާޙާނާ ނަރުދަމާ ނިޒާމެއް ހަދާދެވުނީ ކޮންރަށެއްގައި ތޯއެވެ.މިވަރުންވެސް ވައުދުނުވެ ހުފަފެންދައްކާށެވެ.

އިތުރު ތަފްސީލް

އިބުރާގެ މާމެންދޫ ކެމްޕެއިން ވަރަށް ކާމިޔާބު

ހައްދުންމަތީ މާމެންދޫއިން ލ.އަތޮޅުގައި އިބުރާފެށި ކެމްޕެއިން ޖަލްސާ ރޭ މާމެންދޫ ސުކޫލުގައި ކާމިޔާބު ކަމާއެކު ނިންމަވާލެއްވިއެވެ. މިޖަލްސާގައި އިބުރާ ދެއްކެވި ވާހަކަފުޅުގައި ވެރިކަމަށް ކުރިމަތިލާން ޖެހުނު ސަބަބު ވިދާޅުވެދެއްވަމުން 2004 ވަނަ އަހަރު އުފެދުނު އިސްލާހީ ހަރަކާތުގެ ސަބަބުން ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ތަނަވަސް ދިރިއުޅުމެއް އުޅެވޭނީ މިރާއްޖޭގައިޤާނޫނުގެ ވެރިކަން ހިންގިގެން

ކަމަށް ފެންނާތީ ކަމަށްވިދާޅުވިއެވެ. އިބުރާހީމް އިސްމާއިލްގެ ވާހަކަފުޅުގައި ކުރިޔަށް އޮތް ފަސްއަހަރަށް ރަށްޔިތުން އިބުރާ ހޮއްވަވައިފިނަމަ ވެރިކަން ކުރަށްވާނީ 5 އަހަރުދުވަހު ކަމަށް ވިދާޅުވިއެވެ. އަދި ފަސްއަހަރު ވެރިކަންކުރެވޭއިރު މިގައުމުގައި ގާނޫނުގެ ވރިކަން ހިންގުމަށް ގާނޫނުތައްހެދި ގާނޫނީ ގޮތުން އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރެވުމުން ރައްޔިތުންގެ މެދުގައި އަދުލުއިންސާފު ގާއިމްވެގެން ދާނެކަމަށާއި އަދުކުއިންސާފު ގާއިމް ކުރެވުމުން ދެންމިގައުމުގެ ވެރިކަން ކުރާން ކުރިމަތިލާ ކޮންމެ މިހަކުވެސް މިގައުމު ހިންގާނީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަވާނެ ގޮތަށް ކަމުގައެވެ. މިއަންނަ އިންތިހާބުގައި ހޮވިއްޖެނަމަ ދެންއިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އިބުރާ ވަރަށް ފާޅުކަން ބޮޑުކޮށް ވިދާޅުވެދެއްވިއެވެ. އިބުރާގެ ވާހަކައިގައި ރަށަށް އެރިއިރު ދިމާވި ހާދިސާއަށް އިޝާރާތްކުރަށްވާ ވިދާޅުވީ މިރަށު އަތިރިމަތިން ދެއުޅިއެއްނުވާ މީހަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.މިޖަލްސާއަށް ވަރަށް ގިނަބަޔަކު ހާޒިރުވިކަން ފާހަގަކުރެވުނެވެ.ރަށުގެ މަސްވެރިންގެ ތެރެއިން ގިނަބަޔަކުވެސް މަހަށްފުރީ މިޖަލްސާނިމުމަށްފަހުގައެވެ


އިތުރު ތަފްސީލް

އަވަސްހަބަރު



ސޯސަލް ލިބަރަލްޕާޓީގެ ރިޔާސީ ކެންޑިޑޭޓު މއ.ބޯގަންވިލާ އިބުރާހީމް އިސްމާއީލްގެ ކެމްޕެއިން ލ.މާމެންދޫގައި ކުރިޔަށް އެބަދެއެވެ.މިއަދު ހަވީރު މާމެންދޫއަށް ވަޑައިގެން ރޯދަވީއްލެވުމަށްފަހު މިހާރު މިރޭ ނުވައެޖެހިއިރު މާމެންދޫ ސުކޫލްގައި އިބުރާގެ ކެމްޕެއިންޖަލްސާ ކުރިޔަށް އެބަދެއެވެ.މިޖަލްސާއަށް މާމެންދޫގެ 150އެއްހާ މީހުން ހާޒިރުވިއެވެ.މާމެންދޫގައި އިބުރާއަށް ވަރަށްބޮޑު ތަރުހީބެއްއެބައޮތްކަމަށް މާމެންދޫލައިވަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ މާމެންދޫގައި މިފަހަރުގެ ރިޔާސީރޭހުގެ ވާދަވެރިންކުރެ ފުރަތަމަ ރައްޔިތުންނާބައްދަލުކުރަށްވާ ކެންޑިޑޭޓެވެ.އިބުރާހީމް އިސްމާއިލްގެ ބައްޕަ ބޯގަންވިލާ އިސްމާއިލް ނަސީރު (ނަސީރުބޭ) ވަނީ ލ.އަތޮޅުގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ޒަމާންތަކެއް ވަންދެން ކުރަށްވާފައިވާ ބޭފުޅެކެވެ.މިހެންވުމުން ލ.އަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު ލޯތްބަކާއި އިހުތިރާމެއް އިބުރާއަށް ލިބިވަޑައިގަންނަވާނެކަމަށް ފެނެއެވެ.

މިހާރުވެސް މާމެންދޫ ސުކޫލުގައި ހިނގަމުންދާ އިބުރާގެ ކެމްޕެއިންޖަލްސާ އަޑުއެހުމަށްޓަކައި ގިނައަދަދެއްގެ ޒުވާނުން ގޯތިތެރޭގައާއި ބޭރުފާރު ކައިރީ ހަރަކާތްތެރިވަމުން އެބަދެއެވެ. މިއަދު މާމެންދޫ އަށް އިބުރާ ވަޑައިގަތުމުން ބަދަރުމަތިގައި ކޮންމެވެސްވަރެއްގެ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އެއީ މާމެންދޫގައި ކަތީބު ކަމުގައި ހުރި އިބުރާހީމްޝިޔާމްގެ ބައްޕަ އަބުދުއްރަހުމާނު މޫސާ އާއި އިބުރާ އާއި ދެމެދު ކުރެވުނު ސުވާލެއްގެ ފަހުގައި ކުޑަކޮށް ހޫނުވާގޮތޗވެ ބަހުގެ ހަމަލާ ރަށްދުވެގެންދިޔައެވެ.މިއަބުދުއްރަހުމާނު މޫސާ އަކީ މައުމޫނުގެ ވެރިކަން ޕްރޮމޯޓުކުރުމުގައި ރަށުގައި އަރާހުރި މީހެކެވެ


އިތުރު ތަފްސީލް

ޤާސިމް އިބުރާހީމް އަކީ އައްޑޫ މީހެއްތަ؟


ޤާސިމް އިބުރާހީމް އަކީ އައްޑޫއަށް ނިސްބަތްވާ މީހެކޭ ބުނުމުން އެކަންގަބޫލް ކުރާނީ ކިތައްމީހުން ބާވައެވެ.ހަމަގައިމުވެސް މާމިގިލީގެ ރައްޔިތުންގެ ފަހުރުވެރި ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމަހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ވިލާގެ ކުރީގެ

ޗެއާމަން އެއީ އަށްޑޫ މީހެއްކަން އެގޭނީ އަށްޑޫގައިވާ އޭނާގެ އާއިލާގެ މީހުންނަށް އެކަންޏެއްނޫނެވެ.ގާސިމްގެ އާއިލާގެ (އަށްޑޫގައިތިބި)މީހުންނާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ބަހަށްޓަވާކަމަށް ގާސިމް އިބުރާހީމް ދެކޮޅެއްނުހައްދަވާނެއެވެ. މ. މާފަންނުވިލާޤާސިމް އިބުރާހީމް އަކީ އައްޑުއަތޮޅު ހިތަދޫ އާދަމްކެޔުޅާގެ މޫސާތަކުރުފާނުންގެ މުހައްމަދުގެ އިބުރާހީމްގެ ދަރިއެކެވެ.މިދެންނެވި އާދަމްކެޔުޅާގެ އަލިތަކުރުފާނުންގެ އާއިލާގެ ގިނަބަޔަކު ވިމަގުތުވެސް ހިތަދޫގައި އެބަތިއްބެވެ.މޮހުދުފުތާއާއި ހަސަންލަބީބުގެ އިތުރުން ހިތަދޫގެ އެންމެ ބޮޑު އެއްއާއިލާއަކީ މިއާއިލާއެވެ.ޤާސިމަގެ މަންމަޔަކީ މާމިގިލީ މިހަކަށްވިޔަސް ބައްޕަގެ މުޅިއާއިލާއަކީ އައްޑު މީހުންނަށް ވުމުން އައްޑޫ އަތޮޅާއި ގާސިމާއި ވަރަށް ބޮޑަށް ގުޅިފައިވާކަން އެބައެގެއެވެ.މިވަގުތު ގާސިމް އިބުރާހީމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އަންނަރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވާނެ ކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާ އެއް ކެންޑިޑޭޓެވެ.ހަމަޔަގީނުންވެސް އައްޑޮއަތޮޅުގެ ސަޕޯޓަރުންނަށް ގާސިމް ރަނގަޅަށް އެގިގެން ނޫނީ އެމީހުންގެ ހުވަފެންތަކަށް ގާސިމް ނުވާނެއެވެ.މާމިގިލީ ރައްޔިތުންނެކޭ އެއްފަދައިން އައްޑުގެ ރައްޔިތުންވެސް ގާސިމާމެދު ފަޙުރުވެރިވާނެއެވެ


އިތުރު ތަފްސީލް
 
© All rights reserved by maamendhoo live 2008