މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

ކަޅައިދޫ މިއަދު ކުޅުނުމެޗުން ބަލިވެއްޖެ



ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ކުލަބުވެލެންސިޔާއެވެ. ލ.ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމު ކުޅުނު މިމެޗުން ކަޅައިދޫ ބަލިވެފައިވަނީ 3-1 އިންނެވެ.ކަޅައިދޫގެ ގޯލް ޖަހާފައިވަނީ89 ވަނަ މިނެޓުގައި ޒިޔާދެވެ.ކުލަބުވެލެންސިޔާއިން މިމެޗުގައި ކަޅައިދޫޓީމުގެ ގޯލް ހުޅުވާލީ މެޗުގެ ފުރަތަމަ ހާފުގެއިތުރުވަގުތުގެ ފަހުމިނެޓުގައެވެ.
.މެޗުގެ 47 ވަނަ މިނެޓުގައި ޖެހި މިގޯލާއެކް މެޗުގެ ދެވަނަހާފާކުރިމަތި ލީކަޅައިދޫ ޓީމުން ބަދަލަކާއެކުއެވެ.ވެލެންސިޔާއިން ކަޅައިދޫ ކޮޅަށް ދެވަނަ ގޯލް ވައްދާލީ މެޗުގެ 52 ވަނަ މިނެޓުގައެވެ.ވެލެންސިޔާގެ ފަހު ގޯލް ޖަހާފައިވަނީ 68 ވަނަ މިނެޓުގައެވެ.މިއަދުގެމެޗަށްފަހު ވެލެންސިޔާ ވަނީ 14ޕޮއިންޓާއެކު ޓޭބަލްގެ ތިންވަނައަށް އަރާފައެވެ.އަދި މިނަތީއްޖާގެ ސަބަބުން ކަޅައިދޫ ވަނީ މިލީގުގައިކުރިޔަށް ދިއުމަށް އިތުރުމަސައްކަތް ތަކެއްކުރާންޖެހިފައެވެ.


އިތުރު ތަފްސީލް

މާމެންދޫގެ ތަރަށްގީއަށް މިސަރުކާރުން ވަނީއިހުމާލުވެފައި 1


ހައްދުންމަތީގެ ރަށްތަކުގެ ތެރެއިން ބިންފުރިފައިވާ ރަށަކީ މާމެންދޫއެވެ. މާމެންދޫގެ ބިމުން އިތުރަށް ގޯތި ދޫކުރެވެން ނެއްއިރު ރަށުގެ ހޭޅިފަށް ގިރަމުންގޮސް މީހުން ދިރިއުޅޭ ސަރަހައްދާއި ވަރަށް ކައިރިޔަށް ރަށުގެ އެކިދިމާލުން ވަނީ ގިރާލާފައެވެ.ރަށް ގިރުމުގެ މައްސަލައްކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ.މާމެންދޫގެ ރަށްގިރުމުގެ މައްސަލަތައް ބޮޑުވެގެން ގޮސްފައިވަނީމީގެ 30 އަހަރުގެ ކުރީންސުރެފެށިގެންނެވެ. މިމައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާއިރު

މާމެންދޫގެ ތަރަށްޤީއާއި ކުރިއެރުމަށް މައުމޫނުޢަބުދުލް ގައްޔޫމުގެ ސަރކާރުންވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ.މާމެންދޫގެ ގިރާ ސަރަހައްދުގެ ގޮތުގައި އެންމެ ބޮޑަށްފާހަގަކުރެވެނީ ހުޅަނގުދެކުނު ތުނޑިއާއި އިރުމަތީ ފަރާތާއި ފުއްޓރު ފަރާތެވެ. އެސަރަޙައްދުން ބޮޑުބައެއް ގިރާލުމުގެ ސަބަބުން ވޭތުގވެދިޔަ10ވަރަކަށް އހއރު ގިނަރުއްތަކާއި ހޭޅިފަށް އެކީ ވަނީ ގޮސްފައެވެ. އަދި ރަށުގައި ހުރި ކާނީ ދެގަސްވަނީ މޫދަށްވެއްޓިފައެވެ.ގިރުމުގެ ސަބަބުން އެއްގަމުން ބޮޑު ބައެއް ދިއުމުގެ އިތުރުން ގިނައަދަދެއްގެ ރުއްތައްވެސް ވަނީ ވެއްޓިފައެވެ. ނަމަވެސް އަދުގެ ސަރުކާރުން މާމެންދޫގެ ހުރިހާ ކަމަކަށް އިހުމާލުވިފަދައިން މިކަމަކީވެސް ސަރުކާރު ހިންގަންތިބި ބައެއްގެ ލޮލުގައި އަޅައިގަތް ކަމަކަށް ނުވިއެވެ.ރަށު އޮފީހުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގައި އެދެވޭ މަސައްކަތްތަކެއް ކޮށްފައިވާކަން އެގޭކަށްނެތެވެ.ކަންމިހެން ހުރިއިރު ރަށުގެ ބަދަރުހެދުމުގެ މަސައްކަތް ފެށުމުން ސަރުކާރުން ވެފައިވާ އިހުމާލު ހަދާނުން ފޮހެވިގެންނުދާނެކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ.
މާމެންދޫ އަކީ ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ބޮޑުރަށަކަށް ވީއިރުވެސް ފުރާ ދުއްވާއެއްވެސް އުޅަދެއްނެތްރަށްރަށުގައި ސްވިމިންޕޫލްތައް ހެދިއިރު މާމެންދޫ ގޮސްފައިވަނީ ލިސްޓުގެ އެންމެ ފުލަށެވެ.މަސްވެރިކަންކުރުމުގައި އަންޒަމާނުއްސުރެ ދިރިއުޅުން ހަމަޖައްސަމުން ގެންގޮސްފައިވާ މާމެންދޫގެ ރައްޔިތުން ވޭތުވެދިޔަ 30އަހަރުގެ ހިތި ވެރިކަމުގައި އުފުލާފައިވާ ވޭނާ ހިތްދަތިކަމުގެތެރެއިން އިތުރު އުދަގުލަކާއި ކުރިމަވީ ރަށުގެ ތައުލީމަށް އަދުގެ ސަރުކާރުން ފަރުވާކުޑަކޮށްލުމުންނެވެ.
މިހާރަކަށް އައިސް ރައްޔިތުންނަށް ކޮށްދެވުނ ކަންކަމުގެ ކަލަ ގޮވަމުން ދުވާ މައުމޫނު މާމެންދޫގެ ތަރަށްގީއަށް ކޮށްދެއްވި ކަމެއް ވިދާޅުވާށެވެ. އެފަދަ އެއްވެސް ކަމެއް ކޮށެއްނުދެއްވައެވެ. ވީ އިރު އަނގަފޭކޮށްފައި ތިޔަކިޔާއެއްޗެއް ތަންކޮޅެއްފަސޭހައިން މޭރުންވާހެން ކިޔާބަލާށެވެ.މާމެންދޫގައި ކަރަންޓު ލާފައިވަނީ ރައްޔިތުން އަމިއްލަމަސައްކަތުންނެވެ. މާމެންދޫގައި 2002ވަނަ އަހަރާއި ހަމައަށް ސިއްހީޙިދުމތް( ޖަމާއަތުގެ ސިއްހީ އެހީތެރިޔަކު)ދިނީ އަމިއްލަގޭގައިހުރި ކޮޓަރިއެއްގައެވެ.އެއަށްފަހު މާމެންދޫ އޮފީހުގައިހުރި 8ފޫޓު 12 ފޫޓު ކޮޓަރި އެއްގައެވެ. މިއީ އަސާސީ ޙިދުމަތަކަށްވީއިރުވެސް އިންޖެކްޝަނެއް ޖަހަންޖެހުނަސް ކަނޑުފަތާފައި ހިތަދުއަށް ނޫނީ ގަމަށް އަދި މ.މުއްޔަށްވެސް ދާންޖެހުނެވެ.މިއީ ނަމޫނާ ސިއްޙީ ހިދުމަތް އެހެންނޫންތޯއެވެ.މިހާރުމާމެންދޫގައި ހެލްތުޕޯސްޓެއްވަނީ އަޅާފައެވެ. ބޭރުންބަލާލަން އިމާރާތުގެ ފުރިހަމަކަން ގޯހެއްނޫނެވެ. އެތެރެއިންދެނީ ގަމުރީޖަނަލް ހޮސްޕިޓަލަށް ދިއުމުގެ އޯޑަރެވެ.
މިސަރުކަރުން އަބަދުވެސް ދައުވާ ކުރަނީ މިގައުމުގެ އިސްލާމްދީން ދެމިއޮތުމުގެ ސިއްރަކީ މައުމޫނިޒަމްކަމުގައެވެ. ނަމަވެސް މާމެންދޫގައި އަދުގެ ސަރުކާރުން ހަދާފައިވާ އެއްވެސް މިސްކިތެއްނެތެވެ. މާމެންދޫ ރަށްޔިތުން ބުރަމަސައްކަތުން ހަދާފައިވާ ފިރިހެނުންގެމިސްކިތަކާއި އަންހެނުންނާއި ފިރިހެނުން ރޯނުވަށައި ފަންގިވިދެ ފަރަށްގޮސްގެން ބިނާކުރި އަންހެނުންގެ މިސްކިތަކީ މާމެންދޫގައި ހުރި ހަމައެކަނި ދެމިސްކިތެވެ.އިސްލާމްދީން ހިމާޔަތް ކުރެވޭނީ މިހާވަރަށެވެ.ނަމޫނާ ތަރަށްގީގެ އާއުސްމިންތަކަށްވާސިލް ވުމަށް މައުމޫނު ހޮވައިފިއްޔާ ދެންވާނެ ގޮތް ދެނވޮޑިގެންވާނީ މާﷲއެވެ.ހަމަޔަގީނުންވެސަ އަދި ފެންނާކަށްނެތެވެ
މާމެންދޫގެ ތައުލީމާމެދުވެސް މިސަރުކާރުންވަނީ ވަރަށްބޮޑަށް އިހުމާލްވެ އެކިގޮތްގޮތުން ދަތިކޮށްފައެވެ.މިހާރުމާމެންދޫގައި ގުރޭޑު 10 ކަށް ކިޔަވައިދެނީ ސަރުކާރުގެ ސިޔާސަތު ހަރުދަނާވެގެނެއްނޫނެވެ. މާމެންދޫގެ ހީވާގިމުރާލި ރައްޔިތުންގެ ދާއޮހުރުވައިގެންނެވެ. މާމެންދޫގައި ގުރޭޑު 8 އުފެއްދުމުގެ ހުއްދައަށްއެދުމުން އެޑިއުކޭޝަނުން ވިދާޅުވީ އެންޓުރެންސްޓެސްޓު ދެވޭނީ 300 ކުދިން ހަމަވާސުކޫލްތަކަށް ކަމަށާއިމާމެންދޫކުދިން ޖެހޭނީ ފޮނަދޫ ނޫނީ މާވަށު ސުކޫލަށް ޓެސްޓު ހަދަން ދާންކަމުގައެވެ. އެންމެފަހުން ކަނޑުފަތާފައި މާމެންދޫ ސުކޫލްގެ 30ކުއްޖަކު މާވަށަށް ގޮސް ޓެސްޓު ހެދުމުން އެޑިއުކޭޝަނުން ވިދާޅުވީ މާމެންދޫ ސުކޫލަކީ ރައްޔިތުންގެ ސުކޫލެއްކަމުން މާމެންދޫސުކޫލަށް ސާނަވީ ޓީޗަރުން ދެވެންނެތްކަމަށެވެ. މިފަދަ ދަތިކުރުމާއި ޖެއްސުންކުރުމުގެ ޖަވާބުތަކަށް މާމެންދޫ ރައްޔިތުން ޖަވާބު ދިނީ ވަރަށް ފުރިހަމައަށެވެ. ރައްޔިތުން އަމިއްލަ ޙަރަދުގައި ސުކޫލްގެ ދަރިވަރުން ސުކޫލަށް ފީދައްކައިގެން އިނގެރޭސި ޓީޗަކާއި ހެޑުމާސްޓަރަކު ހޯދިއެވެ. އަދިޖެހިގެން އައި އަހަރު ހަސަން ހަމީދުގެ ހެޑްމާސްޓަރުކަމުގައި ބިދޭސީ އިތުރު ޓީޗަރުން ހޯދައި ރައްޔިތުންގެ މަސައްކަތުން ކޮމާސް ސްޓްރީމަށް ރަނގަޅުފެންވަރަކަށް ކިޔަވައިދޭންފެށުނެވެ. ގުރޭޑު ނުވައެއްނިމި ދިހައެއް އުފެދުމުން ރައްޔިތުން މުސާރަދީގެން ގެންގުޅުނު 6 ޓީޗަރުންގެ ތެރެއިން ބަޔަކަށް ސަރުކާރުން މުސާރަދޭން ފެށިއެވެ. ޖެހިގެން އައިއަހަރުތަކުގައި މާމެންދޫގައި ޖީސީ އޯލެވެލްއަށް ކިޔަވައދި ދެމުން ގެންގޮސްފައިވަނީ މާމެންދޫގެ ރައްޔިތުންގެ ހިއްވަރާއި ފަންވަރުން ނޫންތޯއެވެ. ސުކޫލްގެ ބެލެނިވެރިންގެ މަސައްކަތު ދުވަސްތައްފާހަގކޮށްގެންނާއި ކާބޯތަކެތީގެ މައުރަޒުތައްބާއްވައިގެން ރުފިޔާހޯދައިގެންނާއި ސްކޫލްގެ ދަރިވަރުންގެ މަސައްކަތު ދުވަސްތަކުން ހޯދި ފައިސާއިން ސްކޫލްހިންގައި ރަށުގައި ގުރޭޑު ދިހަޔަކަށް ކިޔަވައި ދޭން ފެށުމުން އެކަން އަދުގެ ސަރުކާރުން މާމެންދޫގެ ތައުލީމަށް ގެނެސްދިން އިންގިލާބެކޭ ނުބުނެވޭނެއެވެ. ކުރިންދެންނެވު މަސައްކަތުގެ މޭސްތިރިންނަކީ މާމެންދޫގެ ރައްޔިތުންނެވެ. މާމެންދޫގެ ރައްޔިތުން ގޮވައިގެން އެކަން ހާސިލް ކުރުމުގައި ސާބިތުވެ ހުރީ ކުރީގެ ކަތީބު(ނެގުނު ކަތީބު)އަބޫބަކުރު ހުސައިންއެވެ.
މާމެންދޫގެ ތަރަށްގީގައި ސަރުކާރުންވެފައިވާ އިހުމާލުގެތެޜޭގައި ބޯފެނާއި ނަރުދަމާ ނިޒާމެއް ގާއިމް ނުކުރެވެމުގެ އިތުރުން މާމެންދޫގެ ރައްޔިތުންގެ އާމްދަނީ ހޯދުމަށް ކުރާ މައިގަނޑުމަސައްކަތް މަސްވެރިކަމަށްވެސް އެއްވެސް ވަރަކަށް ސަރުކާރުގެ ސަމާލުކަމެއް ދީފައިނުވެއެވެ.މީގެ ހެއްކަކަށް މިއަހަރުގެ ވޯޓާއި ދިމާކޮށް މާމެންދޫގައި ބަދަރު ހަދައިދެނީ މައުމޫނުގެ ހެޔޮފުޅުކަމުން ކަމަށް ވިސްނައިދޭން މަސައްކަތްކުރުމެވެ. ކޮންމެމީހަކަ ވެރިކަމުގައި ހުރިކަމުގައި ވިޔަސް މިފަދަ އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުވައިދޭން ޖެހޭނެއެވެ. ބޯހިޔާވަހަކަމާއި ޞިއްޙީ ޙިދުމަތާއި ކަރަންޓާއި ބޯފެނާއި ނަރުދަމާ ނިޒާމް ފަދަ ކަންކަމާއި ރައްޔިތުންނަށް ރަސްމީ ފަރާތްތަކުން ދޭންޖެހޭ ޙިދުމަތާއި ތައުލީމަކީ ފޯރުކޮށްދޭންޖެހޭ ކަންކަމެވެ.ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ



އިތުރު ތަފްސީލް

ހައްދުންމަތީގެ ޓީމެއް ދިވެހި ލީގުގެ ދެވަނަބުރަށް

ލ.ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާ މިހާރު އެވަނީ ދިރާގު ދިވެހި ލީގުގެ ގަދަ ހަޓީމުގެ ތެރޭގައި ހިމެނި ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދާފައެވެ. މިއީ މުޅި ހައްދުންމަތްޗަށް ލިބުނު ޝަރަފަކާއި ރީތި ކަމެކެވެ. ކަޅައި ދުއަކީ ލ. އަތޮޅުގައި އަބަދުވެސް މަތީ ފެންވަރުގެ ފުޓްބޯޅަ ކުޅޭ ތީމެކެވެ.މުޅި އަތޮޅުގައިވެސް ފާހަގަކުރެވޭ މޮޅެތި ކުޅުންތެރީން ނިސްބަތުން ގިނަ ރަށެކެވެ. އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށްފަހު މާލޭބުރަށް ކޮލިފަވެ ޒޯން ޗެމްޕިޔަންސް ލީގުގައި ތިނަދޫ ބަލިކޮށް ޗެމްޕިޔަންކަންވަނީ ހޯދާފައެވެ.އެހާތަނުން ދިވެހި ލީގުގައި ވާދަކުރުމަށް ޓީމު
މާލޭގައި ކޭމްޕުކުރިއިރު އަތޮޅުގެ އެއްވެސް ބަޔަކަށް ކަޅައިދޫ ޓީމުން މިހާރު ހޯދައިފައިވާ ކާމިޔާބާ ހަމަޔަށް ހިގައިދާނެކަމަށް ގިނަބަޔަކަށް ޤަބޫލްކުރެވިފައެއްނެތެވެ.
ދިރާގު ދިވެހި ލީގުގައި ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާއިން ފުރަތަމަ ކުޅުނީ ތިނަދޫއާއެވެ. މިމެޗުން މޮޅުވެ 3ޕޮއިންޓު ހޯދައި ހަމަޖެހިލިއެވެ. ތިނަދޫގެ މަތްޗަށް ހޯދުނު ކާމިޔާބާއެކު ދެންނުކުތީ މިދިޔައަހަރުވެސް ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ މާޒިޔާ އާއި ދެކޮޅަށެވެ. މިމެޗުވެސް 2 ލަނޑު 0 ލަޑުން ކާމިޔާބު ކޮށް ލީގުގައި އިތުރަށް ކުރިޔަށް ދިއުމަށް މަގުފަހި ކުރިއެވެ. މިގޮތުން ވެލެންސިޔާއާއި އެކުކުޅުނު މެޗު 1-1 އިން އެއްވަރުވުމުން 7 ޕޮއިންޓާއެކު ޓޭބަލްގެ 4ވަނައިގައި ހަމަޖެހި ލެވުނެވެ.ލީގުގައި ކަޅައިދޫ ދެންކުޅުނީ ވަރުގަދަ ނިއުރޭޑިއަންޓާއެވެ. މިމެޗު 5-3 އިން ކަޅައިދޫ ބަލިވިނަމަވެސް މެޗުގައި މޮޅުކުޅުމެއްދައްކައި މެޗުގެ ފަހު ދިހަމިނެޓުގައި 3 ގޯލް ޖަހައި ނިއުހާސްކޮށްލިއެވެ.ދެންވެސް މުބާރާތުގައި ކުލޭންޖެހުނީ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ކަޅައިދޫ މެޗާހަމައަށް އޮތް ވިކްޓްރީއެވެ. ގަދަފަދަ ވިކްޓަރީ ބަލިކޮށްގަދަ ހައެއް ކަށަވަރުކުރީ ވަރަށްގިނަ ބަޔަކަ ހައިރާންކޮށްލާފައެވެ.މިނތީއްޖާގެ ސަބަބުން ކަޅައިދޫވެގެން ދިޔައީ ބޮޑެތި ޓީމުތަކުންވެސް ޖެހިލުންވާފަދަ އަދި ލީގުގައި ވަރުގަދަ ފައިޓެއްދޭނެ ޓީމެއްގެ ގޮތުގައެވެ މިމެޗަށްފަހު ދިވެހިލީގުގެ ދެވަނަބުރަށް ދިޔަޓީމުތަކާއި ޓީމުތަކުގެ ތަރުތީބުވެސް މިއޮތީ އެނގިފައެވެ. 1 ވަނަ ޓީމުގެ ގޮތުގައި 16 ޕޮއިންޓާއެކު ދިޔައީ ވީބީއެވެ. 14 ޕޮއިންޓާއެކު 2 ވަނަ ޓީމުގެ ގޮތުގައި ވިކްޓްރީ ދިޔައިރު 12 ޕޮއިންޓް ހޯދައިގެން ދެން ދިޔައީ ނިއުރޭޑިއަންޓެވެ. ވެލެންސިއާ ދެވަނަ ބުރަށް ދިޔައީ 11 ޕޮއިންޓް ހޯދައިގެންނެވެ. ވިޔަންސާ އާއި ކަޅައިދޫއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ގޮތުން ވިޔަންސާ އުޅެނީ ކަޅައިދޫއަށްވުރެ ކުރީގައެވެ.

އެހެންކަމުން ލީގުގެ ދެވަނަބުރުގެ ކުޅުން މިމަހުގެ 9 ވަނަ ދުވަހު ހަވީރު ފަށާނެއެވެ. ދެވަނަ ބުރު ފަށައިދޭނީ ވެލެންސިއާ އާއި ކަޅައިދޫއެވެ.

.


އިތުރު ތަފްސީލް

މާމެންދޫގެ އުންމީދާ ގުޅިފައިވާ ކުޅުންތެރިޔާ

ފޮޓޯގެ މެދުގައި ޔޫސުފު ރަމީޒު ކަޅައިދޫ އާއި ވީ.ބީ ބައްދަލުކުރި މެޗުގައި
ހައްދުންމަތީ މާމެންދޫގެ އުންމީދާއި ގުޅިފައިވާ އެއްކުޅުންތެރިޔަކީ މާމެންދޫ އައްސޭރި ......
ޔޫސުފު ރަމީޒެވެ. މާމެންދޫ ކޯޓުގައި ވަޒީފާ އަދާކުރަމުންގެންދާ މިކުޅުންތެރިޔާ ވަނީ ލ.ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމުން ޖާގަހޯދައި މުބާރާތުގައި ރާއްޖޭގެ ބޮޑެތި ޓީމުތަކާ ވާދަވެރި ކުޅުމެއް ކުޅެފައެވެ.ޔޫސުފު ރަމީޒު ދިރާގު ދިވެހި ލީގުގައި ފުރަތަމަ މެޗަކުން ފެނިފައިވަނީ ނިއުރޭޓިއަންޓާއި ލ.ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާ ވާދަކުރިމެޗުގައެވެ. އެއަށްފަހު ކަޅައިދޫ ކުޅުނު ހުރިހާ މެޗެއްގައި ޔޫސުފު ރަމީޒު ވަނީ ކުޅެފައެވެ. ޔޫސުފު ރަމީޒަކީ ޒުވާން އުންމީދީ ކުޅުންތެރިއެކެވެ. މާމެންދޫގެ ކުޅުންތެރިންނަށް މިފެންވަރުގައި ކުޅުމުގެ ފުރުޞަތު މީގެ ކުރިންވެސް މިފަދަ ފުރުޞަތުތައްލިބި މާލެ އައިސްވަނީ ކުޅެފައެވެ. މިގޮތުން ތ.ވޭމަންޑޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމުގައި ކުރިން ކުލޭފައިވާކުޅުންތެރިޔަކީ ލ. މާމެންދޫ ބޯޅަދަނޑުގޭ އަލީރަޝީދެވެ. މީގެ އިތުރުން ގުލްހަޒާރުގޭ މުހައްމަދު އަހުމަދަށާއި ހިކި ފިނިފެންމާގޭ އައްބާސް ފާހަގަ ކުރެވެއެވެ. ޔޫސުފު ރަމީ ޒު ހިއްވަރު ކޮށްލައިފިނަމަ ބޮޑެތި ކުލަބުތަކުން އިތުރު ފުރުޞަތު ލިބުމަކީ ވަރަށް ކައިރި ކަމެކެވެ. ސުކޫލް ދައުރުއްސުރެ ފުޓު ބޯޅަކުޅުމަށް ޝައުގު ހުންނަ އާއިލާއެއްގައި ކުޅިވަރުގެ ތެރޭގައިއުޅެފައިވާ ޔޫސުފު ރަމީޒު ވެގެން ދާނީ މާމެންދޫއަށާއި މުޅި ލ.އަތޮޅަށްވެސް ކާމިޔާބު ހޯދައިދޭނެ ކުޅުންތެރިޔަކަށެވެ.މިހާރު ޔޫސުފު ރަމީޒު ކުޅެމުންގެންދާ ކުލަބަކީހުރިހާ ގޮތަކުންވެސް މާމެންދޫގެ ފުޓުބޯޅައިގެ މުހިއްމު ބައިވެރިވުމެއް ލިބިފައިވާ ރަށެއްގެ ޓީމަކަށެވެ. މާމެންދުގައި މިހާރު ބޭނުން ކުރާ ފުޓްބޯޅަ ދަނޑަކީ ކަޅައިދޫ މީހުން މާމެންދޫއަށް ބަދަލުކުރުމުން އެމީހުން ހަދާފައިވާ ދަނޑެކެވެ.މިހެންވުމުން މާމެންދޫގެ ފުޓްބޯޅައާއި ކަޅައިދޫގެ ފުޓްބޯޅަ މިވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.



އިތުރު ތަފްސީލް

މައުމޫން ހަތަރު ޕުލެނެޓް މެދުގައި


މައުމޫނު؛ ހަތަރު ޕްލެނެޓްގެ މެދުގައި

ތަރިރުހަނދުގެ ދައުރުވުންތަކުން ދައްކާގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ޝައްކެއްނެތި މައުމޫން އަބްދުލް ގައްޔޫމަށް ކާމިޔާބު ވާނެކަމަށް ފަލަކީ އިލްމުވެރިޔާ އަދި އެމް އެސް ޑީ ޕީގެ ރައީސް ރީކޯ އިބްރާހިމް މަނިކު އެ ޕާޓީގެ ސިޔާސީ ފެންޑާގައި، މުޖައްރިބުކަމާއެކު ކަށަވަރުކޮށްދީފިއެވެ. ފަލަކީ ވިޔަ ދައްކާގޮތުން މިއަހަރުގެ އިންތިހާބު ކަމިޔާބު ކުރެވޭނީ ހަތަރު ޕްލެނެޓްގެ ބާރު ލިބިހުރި މީހަކަށް ކަމަށާއި އެ ބާރު ލިބިހުރި ހަމައެކަނި މީހަކީ ރައީސް މައުމޫނު ކަމަށް އޭނާ ބަޔާން ކުރެއެވެ. މިފަހަރުގެ އިންތިހަބުގައި ރައީސް މައުމޫނަށް ސީދާވަނި އަމަރުތައޯގަ އެވެ. އިދިކޮޅު ފަރާތްތަކަށް އުއްޕަނިއޯގަ އެވެ.

އަތްބެލުމާއި ފާލު ބެލުމާއި ނަކަތްރާހިބެލުމާއި އިރުވަރު ބެލުން ފަދަ ކަންކަމަކީ، ދިވެހިން ޒަމާންތަކެއް ވަންދެން އެމައްޗަށް ބަރޯސާވެ، ހިފަހައްޓަމުން އައި އާދަކަދައަކަށް ވީނަމަވެސް، ޒަމާންތައް ދައުރުވެ، އުނގެނޭ އިލްމާއި އެއާއި ގުޅިގެން އައި ވިސްނުންތައް ބަދަލުވެ، މިހާރު ނެތުމުގެ މަގުމަތީގައިވާ ފިކުރެކެވެ. ނަމަވެސް ސިޔާސީ މައިދާނަށް އައި މި ހަލަބޮލޮކަމުގެ ތެރެއިން އަނެއްކާ މި ފެންނަނީ މި ގަދީމީ ފިކުރު އަލުން ތެދުވެ ހިންދަމަލިތަނެވެ. ގައުމުގެ އެންމެ ވާދަވެރި ރޭސް ނިމޭ ރޮނގު ގުޅާލެވިފައިވަނީ ފަލަކުގެ ތަރިތަކާ އެވެ.

ސައިންސް ސާބިތުކޮށްދީފައިވަނީ ތަރި އިރު ހަނދު މިތަކެތީގެ ދައުރުވުމާ ދުނިޔޭގެ ހިނގުމާ ގުޅުންތަކެއް ވާކަމުގައެވެ. ދިޔަވަރު ބަދަލުވަނީ ހަނދާ އިރުގެ ދަމާބާރުގެ ސަބަބުންނެވެ. މީގެ އިތުރުން ފާހަގަކުރެވޭ އަނެއް ކަމަކީ ބައެއް މީހުންގެ ތަބީއަތާ މި ތަކެތީގެ ދައުރުވުމާ ގުޅިފައިވުމެވެ. ސިނކުނޑީގެ ބަލި މީހުން، ހަނދުވަރު އެންމެ ގަދަވާ ރޭތަކުގައި، ނުވަތަ ހަނދު އެންމެ ބޮޑުވާ ރޭތަކުގައި، ބަލި ވަކިން ބޮޑުވެދެއެވެ. މީގެ އިތުރުން މީހެއްގައި އާއްމުކޮށް ހުންނަ މިޒާޖު ކުއްލިއަކާ ބަދަލުވެ، އަނގަ ގަދަވެ، އޭނާގެ އުނދަގޫ އެހެން މީހުނަށް ބޮޑުވެ، މިފަދަ ކަންކަން ދިމާވުމުން އެފަދަ މީހާއަށް ނިސްބަތްކޮށް 'ހަނދުބޮޑުވުން' ބޭނުންކުރެވެއެވެ. މާނައަކީ މޮޔަވުމެވެ. މިހިރީ ހަމަ ގައިމުވެސް ހަނދާ އަހަރެމެންނާ ހުރި ގުޅުމެވެ.

އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި އިންތިހާބެއްގެ ނަތީޖާ ކަނޑައަޅާ ފަރާތަކީ ވޯޓުލާ ރައްޔިތުންނެވެ. ރައްޔިތުން ވޯޓު ކަރުދާސްކޮޅު ފޮށްޓަށް ވައްޓާލާއިރު ތަރިއަކަށް ހަނދަކަށް އިރަކަށް ނަކަތަކަށް ރާއްސަކަށް ނުބަލައެވެ.

އަދި ގުނެމުން މިދަނީ ހަނދުމަހުގެ ކުރިކޮޅެވެ. މިވާހަކަތައް މި ދެކެވެމުން ދަނީ ހަނދު އެހައި ބޮޑު ނުވާ އިރުއެވެ. ކުރިޔަށް އޮތީ މަހުގެ ސާދަ ފަނަރައެވެ. ވީމާ ހަނދުބޮޑުވުން އަދި ކުރިޔަށް އޮތީއެވެ.

:. ދިވެހި ރަދީފުން ނަގާފައި.
އުއްޕަނިއޯގަ: ނަކަތްރިންގެ އިސްތިލާހުގައި ނުބައި
އަމަރުތައޯގަ: ލާބަޔާއި ނަސްރު ލިބޭ އިރުވަރު.
އޯގަ: ނަކަތްތެރިންގެ އިސްތިލާހުގައި އިރުވަރު.

އިތުރު ތަފްސީލް

ޤާސިމް އިބުރާހީމް ޖުމްހޫރިޕާޓީއާއި ގުޅިއްޖެ

އަވަސްޙަބަރު
ޤާސިމް އިބުރާހީމް ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގެ އިސްލާހުކުރެވުނު ޤާނޫނު އަސާސީގެ ދަށުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަމަށް އދ.އަތޮޅުގެމެންބަރު ޤާސިމް އިބުރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ޤާނޫނު އަސާސީ ތަސްދީގުކުރުމާއި ގުޅިގެން ޓީވީ އެމުން ގެނެސްދެމުން ގެންދިޔަ ދިވެހިރާއްޖެ އާއުދަރެހަކަށް މިޕޮރުގުރާމްގައި ހީނާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ މިހާރު މިއަދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާފައިވާ ކަމަށާއި އެޕާޓީގެ ކޮންގުރެސްގައި މެންބަރުން އެގޮތަށް(ރައީސްކަމަށް ކުރިމަތި ލައްވާގޮތަށް) ނިންމަވައިފިނަމަ އެކަމަށް އިންކާރު ނުކުރަށްވާނެކަމަށެވެ.

އިތުރު ތަފްސީލް

މަޢުމޫނު ކެބިނެޓަށް އާ4މިނިސްޓަރުން މާދަމާ އައްޔަނުކުރާނެ

އަވަސްޙަބަރު

ވަހީއްދީން, ރަފީގް އަދި މުއިއްޒުވެސް އިސްތިއުފާ ހުށަހަޅުއްވައިފި

އިއްޔެ، 23:29

މައުމޫންގެ ކެބިނެޓުން ޔޫތް މިނިސްޓަރ ވަހީއްދީނާއި ހައުސިން މިނިސްޓަރ އިބްރާހިމް ރަފީގާއި ވަރަށްފަހުން ޖަސްޓިސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު މުއިއްޒު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

މިކަށް ރައީސް މައުމޫންވަނީ މިރޭ ކަށަވަރުވެސް ކޮށްދެއްވާފައެވެ. ޑީއާރުޕީގެ ރަނިންމޭޓް އިއުލާނު ކުރުމަށް މިރޭ ދަރުބާރުގޭގެ 25 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މި 3 ބޭފުޅުންގެ އިތުރުން ފިޝަރީޒް މިނިސްޓަރ ހުސައިން ހިލްމީވެސް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާ މާދަމާ އެބޭފުޅުންގެ އިސްތިއުފާ ގަބޫލް ކުރައްވާނެ ކަމުގައެވެ. އެބޭފުޅުން ކެބިނެޓާއި ވަކިވެވަޑައިގަންނަވަނީ އެބޭފުޅުން ހިންގަވާ އަމިއްލަ ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންވާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބުރާސްފަތިދުވަހު އާ ގާނޫން އަސާސީ ތަސްދީގް ކުރުމަށްފަހު ވަޒީރަކަށް އަމަލީގޮތުން އެއްވެސް ވިޔަފާރީގެ ހަރަކާތްތެރިވެ ބައިވެރިއެއް ނުވެވޭނެއެވެ

ޑީއާރުޕީގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ އެޓޯލްސް މިނިސްޓަރ އަލްފާޞިލް އަހުމަދު ތަސްމީނު ޢަލީ އެވެ.

މިރަސްމިއްޔާތުގައި މައުމޫނު ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުވޭފަދަ ރަނިންމޭޓެއް ގޮވައިގެން މިނިކުންނަނީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ.ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޤާސިމް އިބުރާހީމް ވާދަކުރަށްވާ ހާލަތެއްގައި ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ވިދާޅުވާން އެނގިވަޑައިގަންނަވާނީ ޤާސިމް ކުރިމަތި ލައްވާދުވަހަކުންކަމުގައި ވިދާޅުވިއެވެ

އިތުރު ތަފްސީލް

ފިޝަރީޒް މިނިސްޓަރު ހުސައިން ހިލްމީ ވެސް އިސްތިއުފާ ހުށަހަޅުއްވައިފި


ކުއްލިޙަބަރު

މިނިސްޓަރ އޮފު ފިޝަރީޒު ކަމުގެ މަޤާމުގައި ހުންނެވި އަލްފާޞިލް ހުޞައިން ހިލްމީ އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.އެމް ލައިވްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލްމީގެ އިސްތިއުފާ އަކީ އާޤާނޫނު އަސާސީއަށް ބުރާސްފަތިދުވަހު އަމަލުކުރަންފެށުމުން ވިޔަފާރީގެ މަސްލަހަތު އޮންނަފަރާތްތަކަށް މިނިސްޓަރުކަން ނުކުރެއްވޭތީ ދެއްވި އިސްތިއުފާއެކެވެ. ހިލްމީގެ އިތުރުން އިސްތިއުފާ ދެއްވާނެކަމަށް ކުރިން ވިދާޅުވެފައިވާ ވަހިއްދީނާއި ރަފީގުވެސް މާދަމާ އިސްތިއުފާ ހުށަހަޅުއްވާނެކަމަށް ރަށުތެރޭގައި ވާހަކަފެތުރެންވަނީ ފަށާފައެވެ.ބުރާސްފަތި ދުވަހުގެ ކުރިން މިދެ މިނިސްޓަރުން ވަކިގޮތެއް ނިންމާނެކަމަށް ވަރަށްބޮޑަށް ވަނީ ޔަޤީންކުރެވިފައެވެ.
އިތުރު ތަފުޞީލު އަންނަނީ

އިތުރު ތަފްސީލް

ދިވެހި

ބޭރުން އަންގާގޮތާ ހިލާފުވާނަމަ ފިޔަވަޅުއެޅިއަސް ހެޔޮކަމަށް އެއްބަސްވަޑައިގެން މައުމޫން ކުރައްވާފައިވާ ސޮއިތައް ހުންނާނެ : ޑރ ޝަހީދު

ބައިނަލް އަޤްވާމީ ފަރާތްތަކުން އަންގާގޮތާ ޚިލާފްވާނަމަ ދިވެހިރައްޖެއާމެދު ފިޔަވަޅު އެޅިއަސް ހެޔޮކަމަށް އެއްބަސްވެ ދިވެހިރާއްޖެއިން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ސޮއި ކުރައްވާފައިވާ ބައިނަލް އަޤްވާމީ އެއްބަސްވުންތައް ހުންނާނެ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ބައިނަލް އަޤްވާމީ ދުނިޔެއިން ރާއްޖޭގެ ކަންތައްތަކާ ނުބެހޭވެނެކަމަށް ދޭހަވާގޮތަކަށް ރައީސް މައުމޫނު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ އދ. މަޖިލިސް މިހާރު އެއޮތީ 1974 ވަނަ އަހަރު އޮތްގޮތަށްކަމަށް ރައީސް މައުމޫނަށް ހީފުޅު ކުރެއްވޭނަމަ އެއީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ.

”ރައީސް މައުމޫނާއި ދިވެހިސަރުކާރަށް ހީފުޅު ވަނީތޯ އަދިވެސް އދ އޮތީ 1974 ގައިވެސް އޮތްގޮތަށްކަމަށް. އެހެން ހީފުޅުވަނަމަ އެއީ ކުށްހީއެއް“ ޑރ ޝަހީދު ވިދާޅުވިއެވެ.

ސަރުކާރުން އަމިއްލައަށް ވަކިވެވަޑައިގެންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މީގެ ހަތަރު އަހަރު ކުރިންވެސް ފޭލްވި ކަމަށާއި ފޭލްވެގެން ދިޔައީ އޭރުގެ ފޮރިން މިނިސްޓަރ ފަތުހުﷲ ޖަމީލު ނެރުއްވި ނޫސްބަޔާނެއްގެ ސަބަބުން ކަމަށެވެ.

”އެފަހަރުވެސް ނެރުނީ ރާއްޖޭގެ ކަންތައްތަކަކާ ބޭރު މީހުންނަކަށް ނުބެހޭވޭނެޔޭ. ތިމަންނަމެން ކަންތައް ކުރާނެ ގޮތް އެނގޭނީ ތިމަންނާމެންނަށޭ. އެފަހަރު އެގޮތަށް އެނޫސްބަޔާންނެރެގެން ދިމާވި ކަންތައްތައް ފޫބައްދަން ޖެހުނީވެސް އިތުރު އެއްބަސްވުންތަކެއްގައި ސޮއިކޮށްގެން“ ޝަހީދު ވިދާޅުވިއެވެ.

ފުރަތަމަ ބާރަތޭރައަށްފަހު ރާއްޖެ ބޭރުދުނިޔޭގެ ކުރިމަތީގައި ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކުރުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ޑރ. ޝަހީދު ވިދާޅުވީ ބައިނަލް އަޤްވާމީ މުއާހަދާތަކުގައި ދިވެހިސަރުކާރުން ވަނި ސޮއިކޮށްފައި ކަމަށާއި އޭގެތެރޭގައި އެޤައުމެއްގައި ކަންތައްތައް ކުރާގޮތުން ފާޑުކިޔުމާއި ފިޔަވަޅު އެޅުމަށް އެއްބަސްވެފައިވާ މުއާހަދާތައްވެސް ހިމެނޭ ކަމަށެވެ.

”އެއިން އެއް މުއާހަދާއަކީ 1991ގައި ސޮއިކުރެއްވި ކޮމަންވެލްތު ސަމިޓުން ފާސްވެފައިވާ ހަރާރޭ އުސޫލުތައް. އެއުސޫލުތަކުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމެއް މިނިވަން މުސްތަޤިއްލު ޝަރުއީ ނިޒާމެއް އޮތުން. އެފަދަ ނިޒާމެއް ނެތިއްޔާ ފާޑުވެސް ކިޔޭނެ. ބެހެންވެސް ބެހެވޭނެ. އަދި ފިޔަވަޅުވެސް އެޅޭނެ. މިދައްކަނިކީ އެމީހުން ބުނާހާކަމެއް ކުރަން ޖެހެނެއެކޭ ނޫން. އެއްބަސްވެ ސޮއިކޮށްފައިވާ ކަންތައްތައް.“ ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ހަރާރޭ އުސޫލުތަކާ ޚިލާފްވާ ޤައުމުތަކަށް ފިޔަވަޅު އެޅުމަށް 1995 ގައި ފާސްކޮށްފައިވާ މިލްބްރޫކް އެކްޝަން ޕްރޮގްރާމުގައިވެސް ރާއްޖެއިން ސޮއިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އދ ގައި ހިމެނޭ ޤައުމުތަކަށް ޑިމޮކްރަސީ ގެނައުމުގެ އެއްބަސްވުމުގެ ދަށުން އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ފާސްކުރި އިންތިޚާބުތައް މިނިވަންކަމާއެކު ބާއްވަން ޖެހޭނެކަމަށް ފާސްކުރި ފާސްކުރުމުގައިވެސް ރާއްޖެއިން ސޮއިކޮށްފައިވާކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ މިފަދަ ބައިނަލްއަޤްވާމީ އެތައް މުއާހަދާއަކާއި ޤާނޫނެއްގައި ރާއްޖެއިން ބައިވެރިވެ ރައީސް މައުމޫނު ސޮއިކުރައްވާފައިވާކަމަށާއި އެހެންކަމުން ބޭރު ދުނިޔެއަށް ރާއްޖެއާ ބެހެވޭނެ ކަމަށެވެ.

ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. ޝަހީދު ވިދާޅުވީ, މައުމޫނު ދާދިފަހުން އެވިދާޅުވި އެއްޗަކަށް ބޭރު ދުނިޔެއިން އަދި އެއްވެސް އެއްޗެކޭ ނުކިޔަނީ އެއީ އެހާ ކޫސަނި ބަޔަކަށް ނުވާތީ ކަމަށެވެ.

”އެއީ އެހާ ކޫސަނި ބައެއް ނޫން. ހަމަ އެއްޗެއް ބުނާއިރަށް ތެޅިއެއް ނުގަންނާނެ. ކަންތައްތައް ކުރާނީ. މިމަހު 7 ގައި ޤާނޫނު އަސާސީ ތަސްދީޤް ކުރައްވަން ނިންމެވީވެސް އެހެންވެ. ކޮންމެ ފަދަ އެއްޗެއް ވިދާޅުވެފައިވެސް ކަންކުރަން ޖެހިވަޑައިގަންނަވާނެ“ ޝަހީދު ވިދާޅުވިއެވެ

jazeera.


އިތުރު ތަފްސީލް

މިހާރު އަންނަމުންދާ ބަދަލުތަކަށް ދުރުމި އަޅާއިރު

ހައްދުންމަތީ މާމެންދޫއަކީ އަތޮޅުގެ ނިސްބަތުން މަސްވެރިކަމަށް މަޝްހޫރުރަށެކެވެ. މާމެންދޫގައި މަހަށްފުރާ 26 ދޯނި ދުއްވި ދުވަސްވަރެއް އައެވެ. ނުވަދިހައިގެ އަހަރުތަކުގައި މާމެންދޫގައި މަހަށްދުއްވި ދޯނިފަހަރުތައް މަދުވާން ޖެހުނީ ކިއްވެތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައިދެކެމެވެ.މަހަށްފުރާ ދޯނި ފަހަރުގެ އިތުރުން ކޮންމެ އޮޑިވެރިޔަކު ކުޑަބޮށްކުރައެއް ގެންގުޅުނެވެ. އިންޖީނު އެޅި ކުދި ދޯނިފަހަރުވެސް އަހަރެމެން ހަދާންވާފެށީއްސުރެ 3 ނޫނީ 4 ދޯނި ގެންގުޅުނެވެ. ނަމަވެސް މިއަދު މަހަށްފުރާ އޮތީ ހަދޯންޏެވެ. އަދި ކުދި ބޮށްކުރާ ފަހަރުވެސް އެހާމެމަދެވެ. ނަމަވެސް ކުދި ބޮށްކުރާ ފަހަރުގެ ބޭނުމަށް ޑިންގީތައް ވަނީ އުފައްދާފައެވެ.ފައިބަރުން އުފައްދާފައިވާ ކުދި ޑިންގީ ތަކުގެ އިތުރުން ކުދި ލޯންޗުފަހަރު އުފައްދާ އެތަކެތި މުޅި ލ. އަތޮޅުގައި ދަތުރު ކުރާކަން ފާހަގަކުރެވެއެވެ
ދެން އޮތީ މަސްވެރި ދޯނި ފަހަރު މަދުވީ ކީއްވެބާއެވެ. އުފެދޭ ސުވާލެވެ. އެއީ ޖަވާބު ވަރަށް ފަސޭހަ ސުވާލެކެވެ. މާމެންދޫ އަކީ ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް ބޯޑު ރަށެކެވެ. ނުވަދިހައިގެ ކުރީ ކޮޅު މާމެންދޫއަށް ތަޢާރަފުވި އާޖީލުގެ ފައިބަރު ދޯނި ފަހަރު ވެގެން ދިޔައީ މާމެންދޫގެ ފަޅަށް އެއްގޮތަކަށްވެސް ވެއްދޭ ދޯނިފަހަރަކަށްނޫނެވެ. ނަތީއްޖާ އަކީ ބޯޑެތި ފައިބަރު ދޯނި ފަހަރު ރަށު ފަޅުން ބޭރުގައި މާސިންގާ ކަނޑުގައި އަޅާފައި ރަށަށް ފައިބާން ޖެހުމުން ކުރިން ގެންގުޅުނު ކުދި ދޯނިފަހަރުގައި މަސްވެރިކަމުގައި އުޅުނު މަދު މީސްކޮޅަށް ބޮޑެތި ދޯނިފަހަރު ބެލެހެއްޓުން ދަތިވެ ކުދި ދޯނިފަހަރުތައް ރަށުގެ ކައިރިރަށްރަށަށް ދުއްވަން ގެންދިއުމެވެ. ބައެއް ދޯނި ފަހަރު ވިއްކާލުމެވެ. ކުރިން ދެންނެވުނު ފައިބަރު ދޯނި ފަހަރުގައި ވިހި ފަންސަވީސް މީހުންނަށް މަހަށް ދެވެއެވެ. ކުރީގެ ކުދި ދޯނި ފަހަރުގައި މަސްވެރިކަމުގައި ދުއްވެނީ އެއްދުވަހުއެވެ. އަދި ދޯނީގައި ކައްކައި ކައި ހެދުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އާޖީލުގެ ބޮޑެތި އުޅަނދު ފަހަރުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި މަސްވެރިކަން ހުރިކަމުގައި ވިޔަސް އެތަނަކަށް ގޮސް މަސްވެރިކަމުގައި އުޅެލުމުގެ ޤާބިލްކަން ލިބިފައިވެއެވެ.ދޯނި ފަހަރުގައި ދަތިވާ މާކަ ގިނަ ކަންކަމެއްނުހުރެއެވެ.ފެންވެރުމާއި ނިދުމާއި ކެއިންބުއިމުގެހުރިހާ ކަމެއް ރަށުގައި ކުރެވެންހުންނަ ފެންވަރަށް ކުރެވެން ހުރެއެވެ.
ކުރިން ދެނެވުނު ހުރިހާ ފަސޭހަތަކަކާއެކު އާޖީޅުގެ ބޮޑެތި ދޯނިފަހަރުގައި މުޅީންކަހަލަ ގޮތަކަށް ތިބީ ޅަޒުވާނުންނެވެ. ޒުވާން ކެއުޅުންނެވެ.ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމެއް މިހާރު ފެންނަމުންދާކަން އެމް.އެލް އަށް ފާހަގަ ކުރެވުނެވެ. އެއީ ދޯނި ފަހަރުގެ ކެޔުޅުކަން ކޮށްފައިވާ ޒުވާންކެޔޮޅުން މާލޭގެ ކުލީ ދޯނި ފަހަރުތަކަށް ބަދަލުވާންފެށުމެވެ. މިގޮތުން ފާހަގަކުރެވޭ ކެޔުޅުންނަކީ ރަށު ނަމުންނަމަ (ވަޑޭ)ޔޫސުފުހުސައިންއާއި މޫސާފުޅެވެ. އަދި ކައްޕި ޙާލިދާއި ރިޔާޒުވެސް ފާހަގަކުރެވުނީ މާމެންދޫގައި ވަރަށް ޖޯޝާއެކު މަސްވެރިކަން ކޮށްފައިވާ ފުންނާބު އުސްފަރާތްތަކުގެ ގޮތުގައެވެ. މިމީހުން މަސްވެރިކަމާ ދުރަށްގޮސް ކުލީ ދޯނިފަހަރު މުދާއުފުލާ ބޮޑެތި ދޯނިފަހަރަށް ބަދަލުވުމުގެ ފަހަތުގައިވަނީ ރަށަށް އެކަށީގެންވާވަރަށް މަސް ނުބޭނުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ދަރީން ސްކޫލަށް ވައްދައިގެން މާލޭގައި އުޅެން ޖެހުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުން ކުޅަދާނަ ކެއުޅުންނާއި މަސްވެރިން އުފެދުމަށް ކޮންމެވެސްވަރެއްގެ ހީނަރުކަމެއް ލިބޭނެއެވެ. މިއީ ކުރިމަގަށްޓަކައި އިތުރަށް ވިސްނުން ބަހަށްޓަންޖެހޭ ކަމެކެވެ

އިތުރު ތަފްސީލް

މިގައުމުގެ ރައްޔިތުންނަށް މިހާރަށްވުރެ ދުޅަހެޔޮކޮށް އުޅެވެންވާނެއެވެ.

ދުނިޔޭގެ އިޤްތިޞާދީ ޙާލަތު ދަށަށްދާ ވަރަކަށް ދިވެހިރާއްޖެވެސް އެކަން ޙިއްޞާކުރަން ޖެހޭނެއެވެ. އަމުދުން ދިވެހިރާއްޖޭގައި އެއްވެސް އުފެއްދުންތެރިކަމެއް ނެތީމައެވެ. ހުރިހާ އެއްޗެއް ބޭރުން އެތެރެކުރަން ޖެހިފައިވާތީއެވެ. މިއީ އަދުގެ ސަރުކާރުން އަބަދުމެ ދައްކާވާހަކައެވެ.މިދަތިކަމާއި ތަދުކަން ދެނަޒަރަކުން ބެލިދާނެއެވެ. އެއްނަޒަރަކީ، ޕްރައިވެޓްސެކްޓަރެވެ. ނުވަތަ ޢާއްމު ރައްޔިތުންގެ ޙާލަތެވެ. އަނެއް ނަޒަރަކީ، ގަވަރމެންޓް ސެކްޓަރެވެ. ނުވަތަ ސަރުކާރުގެ ޙާލަތެވެ.

ރައްޔިތުންގެ ޙާލަތުގެ މައްޗަށް ވާހަކަ ދައްކާއިރު، ދިވެހިރާއްޖޭގެ ޢާއްމު ޙާލަތު އިހުނާ ތަފާތުވެއްޖެޔެކޭ ބުނެވޭކަށްނެތެވެ. އުސޫލެއްގެ ގޮތުން ބަލާއިރު، ސިވިލް މުއައްޒަފުންގެ މުސާރަވެސް، އޭގެ ޒާތުގައި ދަށެއްނޫނެވެ.ވެގެން އުޅޭ ގޮތަކީ ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް ދިއުމުން މުވައްޒަފުންގެ މުސާރަ މާބޮޑަށް ކުޑަވެގެން ދިޔައީއެވެ. ކުރަންޖެހޭ ޙަރަދަށްވުރެ ލިބޭ އެއްޗެއްމަދުވީމައެވެ. މަސްވެރިކަމުގެ އަގުތައް ދަށަކަށް ނުދެއެވެ. މިގައުމުގައި ކުރަމުން އަންނަގޮތަކަށް ދަނޑުވެރިކަންކުރެތެވެ.ދަނޑުވެރިކަމަށް ހީނަރުކަމެއް ނާދެއެވެ. ޓުއަރިސްޓުން އަންނަލެއް މަދެއްނޫނެވެ. ވިޔަފާރިވެރިންނަށް ބޭރު ފައިސާ ލިބެއެވެ. ވިޔަފާރިއަށް އިތުރު ހީނަރުކަމެއް ނާދެއެވެ. މިކަމާމެދު ސާރވޭއެއް ހެދިޔަސް މައްސަލައެއް ނެތެވެ. ހަމައެކަނި މިސާލެއްގެ ގޮތުން، ކުރީގައި ތިރީހަށް ސާޅީހަށް ވިއްކި، ބޮޑު ކަންނެލި ކިލޯ، މިހާރު ފަންސާހަށް ފަސްދޮޅަހަށް ވިއްކާ ވާހަކަ ބުނެލަންޖެހެއެވެ.

ދެންއޮތީ، ސަރުކާރުގެ ޙާލަތުގެ ވާހަކައެވެ. މިއަދު މިރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ހަމައެކަނި ބަޖެޓްގެ ދެކޮޅުނުޖެހުމެވެ. އެހެން އެއްވެސް މައްސަލައެއް ނެތެވެ. ބަޖެޓްގެ ދެކޮޅުނުޖެހުން ދިމާވީކީ، ފަހަރެއްގައިވެސް ސަރުކާރަށް ލިބެންވާ ފައިސާ ނުލިބިގެނެއް ނޫނެވެ. އެމައްސަލަ ނުކުތީ، ސަރުކާރުގެ އިސްރާފު ޚަރަދު ހައްދުފަހަނަޅައި ދިޔައީމައެވެ. ތީމުގެއާއި ރައީސް އޮފީހުގެ ޙަރަދާއި ވޯޓު ހޯދުމަށްކުރަން ޖެހުނު ޙަރަދުތައް އޮބިނޯންނަވަރުވީއެވެ. މައުމޫނުގެ އައުވާނުންނަށް ބައި އަޅަން ތީމުގެއަށް ބޯޑުވެލްފެއަރ ބަޖެޓެއް ފާސްކުރިއިރު،ސަރުކާރަށް ލިބޭ އާމްދަނީ އާއި، ބޭރުން އާދައިގެ ގޮތެއްގައި ލިބޭ އެހީތަކާ ގުޅުވައިގެން ބަޖެޓްލަފާ ކުރިނަމަ (ނުވަތަ ކުރާނަމަ) މިހެނަކުން ނުވީހެވެ. މެގަޕްރޮޖެކްޓްތަކޭ ކިޔައިގެން ނުވާވަރުގެ ކަންކަން ހިތަށް އަރުވައި، އެޔަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ބަޖެޓަށް ވެއްދީ، ހަމައެކަނި އެންމެ ބޭނުމެއްގައެވެ. ސަރުކާރުގެ ޗާލާކީ އަދި ބޭކާރު ޚަރަދުތައް ބަޖެޓަށް އިތުރު ކުރުމަށެވެ. އެހެންވާއިރު، ހޭވައްޓާލާފައި މެގަޕްރޮޖެކްޓްތައް ޙާޞިލްކުރާކަށް މަސައްކަތެއް ނުކުރެއެވެ. ޕްލޭން ނުކުރެވިގެން އުޅެއުޅެތިއްބާ، ތިޖޫރީގައި ހުރި ޑޮލަރު ކޮޅާއި ރުފިޔާކޮޅު ހުސްވެއްޖެއެވެ. އޭރު، ތިމާމެންގެ ބާރުފޯރާ މުއައްޒަފުންގެ މުސާރަ މިއޮތީ މުޅި ބަޖެޓް ހިފައިފައެވެ. މައްސަލަ ބޮޑުވީ ޓީޗަރުންގެ ހަޅުތާލާ ގުޅިގެންނެވެ. އެހިސާބުން އެންމެންނަށް ހީވީ، މައްސަލައަކީ ފިނޭންސް މިނިސްޓަރު ކަމުގައެވެ. ކަމުގެ ޙަޤީޤަތް އޮތްގޮތް އެކަކުވެސް ބަލާކަށް ނޫޅެއެވެ. އެކަމަކު، ސަރުކާރުގެ އޮފީސްތަކުން ލިބޭ ފައިސާ އާއި، އޮފީސްތަކުން ފަށާ އިޤްތިޞާދީ މަސައްކަތް، ބަޖެޓްގައި ހިމަނަނީ، ފިނޭހަކުން ނޫންކަން، އެއީ އެއޮފީސްތަކުގެ ކަމެއްކަން، ފިނޭހުން އަރަންޏާއި ޚަރަދު ބަޖެޓްގައި ހިމަނަނީ، އޮފީސްތަކުން ފޮނުވާ ގޮތަށްކަން، މިހާ ހޭލުންތެރި ޒަމާނެއްގައި އެންމެނަށްވެސް އެނގެންޖެހޭނެއެވެ.
މިހާރު މިބުނަނީ 20 ޕަސެންޓް ޚަރަދު ކުޑަކުރީމާވެސް 317 މިލިޔަން ރުފިޔާއިން ބަޖެޓް ދަރަނިވެރިވާ ކަމުގައެވެ. 20 ޕަސެންޓަކީ ލާޒިމު ރޭޓެއްނޫނެވެ. ލާޒިމީ ދަރަނި ހުސްކޮށްލުމެވެ. ސަރުކާރުގެ ޚަރަދުތައް 20 ޕަސެންޓް ކުޑަކުރީމާ، މަނިޓަރީގެ ރިޒާމް ދަށަށް ދާގޮތެއް ނުވިސްނެއެވެ. މިސާލަކަށް، މިއަހަރު ތީމުގޭ ބަޖެޓްގައި ބާކީއޮތް ޢަދަދަކީ 1 މިލިޔަން ރުފިޔާ ކަމަށް ވާއިރު އޭގެ ވިހި ޕަސެންޓް އުނިކޮއްލީމާ، މަނިޓަރީގައި ރައްކާކޮއްފައި ހުރި ފައިސާއިން އުނިވާންވީ ކީއްވެހެއްޔެވެ. އެއްވެސް ތަންކޮޅެއް ޚަރަދު ކުޑަކޮއްލި ކަމަކަށް އަހަންނަކަށް ނުފެނެއެވެ. ދެން ހަދަންވީ ގޮތަކީ، މިހާރު ބާކީ ރިޒާމްގައި އޮތް 257 މިލިއަން ޑޮލަރުން 317 މިލިއަން ރުފިޔާއަށްވާ 24.8 މިލިއަން ޑޮލަރު ނަގަންވީއެވެ. އޭރުންވެސް ބާކީ 232 މިލިއަން ޑޮލަރު އޮންނާނެއެވެ. މުޅީން ހުހެއް ނުވޭތާއެވެ. މިހާރު ތިޔައޮތީ ވިހި ޕަސެންޓޭ ކިޔާފާ 50 މިލިއަން ޑޮލަރު ނަގައިފައެވެ.

އިތުރު ތަފްސީލް

މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަރީފް އުމުރައް ޖަލަށް ހުކުންކޮއްފި

ދިވެހި
މަސްތުވާތަކެތީގެ މައްސައެއްގައި މާމެނދޫގެ ޖޫނިއާ ޑީލަރެއް އުމުރަށް ޖަލަށް ހުކުން ކޮއްފި....... އިތުރަށް ވިދާޅުވުމަށް

އިތުރު ތަފްސީލް
 
© All rights reserved by maamendhoo live 2008