ލ.މާމެންދޫ އަކީ އާބާދީގައި ހާހަކަށްވުރެ ގިނަމީހުން ދިރިއުޅޭ ރަށެކެވެ.އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނަށްވީއިރު ޒުވާނުންގެ ގިނަބަޔަކު ވަނީ މަސްތުވާއެއްޗިއްސަށް ދޯޅުވެފައެވެ.މަސްތުވާ އެއްޗެތީގެ ޝިކާރައަކަށް ވެފައިވަނީ ހަމައެކަނި ފިރިހެނުންނޫންކަން މަސައްކަތެއްނުކޮށް އުޅޭ ފިރިންގިނަވުމުން ދޭހަވެއެވެ. ރަށުގައި މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަންކުރާ މަސްވެރިކަންކުރި މީހުން މިހާރު މަހަކަށް ނުދެއެވެ.މަހަކުއެއްފަހަރު މާލެ ދަތުރެއް ކޮށްލުމުން އަނބިދަރިންގެ ޙަރަދުތައްކުރާނެ ފައިސާ ލިބުނީއެވެ. މާލެއިން ގެންނަ މުދާކޮޅު(ހަކުރުކޮޅު)ވިއްކަން އަނބިމީހާ ނިކުމެ އުޅެނީ ވަރަށްބޮޑު ހިއްހަމަ ޖެހުމަކާ އެކުގައެވެ. ހިތާމަޔަކީ މިފަދަ ވިޔާނުދާ އެއްޗަކުން ފައިދާ ލިބިގަނެ ތިމާގެ ދަރިންގެ މުސްތަޤުބަލް ބަނަކޮށްލެވެނީ ދުނިޔެވީ ކުޑަކުޑަ އުފަލަކަށްޓަކައެވެ.މުޅިރަށުގެ ޒުވާން ޖީލު މިފަދަ ދެމަފިރިންގެ ޝިކާރައަކަށްވެ ކާލީއަޅަމުންދާ ޒުވާނުން މަގުތަކުން ރެއާދުވާލު ފެންނަ އިރުވެސް ކަމާބެހޭ ފަރާތަށް ކުރޭ އެއްވެސް ކަމެއް ހަމަނެތީ ހެއްޔެވެ. މަސްތުވާތަކެތި ބޭނުންކުރާ ބޮޑު އާބާދީއެއް މާމެންދޫގައި ދިރިއުޅޭ އިރު ހަކުރު ވިއްކާމީހުންގެ ދަރިން މާދަމާ އެބޭނުން ނުކުރާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އެވިއްކާފަރާތްތަކަށައެބައޮތްބާވައެވެ. އެހެންވެއްޖެނަމަ މިއަދު ތިޔަހޯދާ ފައިސާއިން ކުރާނެ އެއްވެސް މަންފާއެއް އަދި އާޙުރަތަށްލިބޭނެ މަންފާއެއްވެސް ނޯންނާނެއެވެ.
އެއްބަޔަކު ކޯޅާވާޓަރުން ކަރުހިއްކުންފިލުވާއިރު އަނެއްބަޔަކު ޑަންލޮޕުން ކަޅިމަތްޗަށް އަރުވަމުން ގެންދަނީއެވެ.މިހެންވުމުން
ރަށުގެ ތަރަށްގީއާއި އާޖީލުގެ ބޮޑެތި މަސްއޮޑިފަހަރުގައި މަސައްކަތްކުރުމަށް ގެންނަންޖެހޭނީ ބިދޭސީންނޫންބާއެވެ.ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ނަގާކިޔަން ތިބީ ކަމަވޮށިގެންވާމީހުން ކަމަށް ދައުވާކުރާ މީހުންގެ ދަރީންނެވެ.އެހެން ކަމަށްވާނަމަ މާދަމާގެ ހާލަތު ވަރަށް ސާފުކޮށް މިއޮތީފެންނާށެވެ
ވިގަނި-
އިތުރު ތަފްސީލް